Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް ވިމަންސް ރަން

މޯލްޑިވްސް ވިމަންސް ރަންގެ ތިންވަނަ އެޑިޝަން އޮގަސްޓް މަހު ހޯރަފުށީގައި

މީގެ ކުރިން ރަން ބާއްވާފައިވަނީ ހުޅުމާލޭގައި އަދި ޅ. ހިންނަވަރުގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 24 ޖުލައި 2019 | ބުދަ 12:18
ހުޅުމާލޭގައި ބޭއްވި ރަންގެ ތެރެއިން

ހުޅުމާލޭގައި ބޭއްވި ރަންގެ ތެރެއިން | ރާއްޖެއެމްވީ

މޯލްޑިވްސް ވިމަންސް ރަން 2019 ގެ ތިންވަނަ އެޑިޝަން އޮގަސްޓް މަހު ހއ. ހޯރަފުށީގައި ބާއްވަން ނިންމައިފިއެވެ.

މޯލްޑިވްސް ވިމަންސް ރަން އަކީ އެންރޭންޖް ކުންފުނީގެ ފަރާތުން ބާއްވާ ހަރަކާތެކެވެ. މީގެ ކުރިން އެންރޭންޖްގެ ފަރާތުން ވަނީ މި ރަންގެ ފުރަތަމަ އަދި ދެވަނަ އެޑިޝަން މިއަހަރުގެ މާރޗް މަހު ހުޅުމާލޭގައި އަދި ޖުލައި މަހު ޅ. ހިންނަވަރުގައި ބާއްވާފައެވެ. މި ރަންތަކަށް ވެސް އާންމުންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އެގޮތުން ހުޅުމާލޭގައި ބޭއްވި ރަންގައި 2000 މީހުން ބައިވެރިވިއިރު ހިންނަވަރުގައި ބޭއްވި ރަންގައި 300 މީހުން ވަނީ ބައިވެރިވެފައެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެންރޭންޖްގެ މަސްއޫލުވެރިޔާ ނާޒިޔާ މުހައްމަދު ވިދާޅުވީ ހޯރަފުށީގައި ބާއްވާ ރަންގައި ބައިވެރިވުމުގެ ފުރުސަތު ޖުލައި 24 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 13 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ރަން އޮންނާނީ އޮގަސްޓް 14 ވަނަ ދުވަހުގެ ހަވީރު 04:30 އިން 06:00 އަށް ކަމަށް ނާޒިޔާ ވިދާޅުވިއެވެ.

އެހެން ރަންތަކާއި ހިލާފަށް މި ރަންގައި ފީއެއްގެ ގޮތުގައި 100ރ ގެ ފީއެއް ނަގަނީ ނިންމާފައިވާކަން ފާހަގަކުރައްވާ ނާޒިޔާ ވިދާޅުވީ ރަންގައި ބައިވެރިވާ ކޮންމެ ފަރާތަކަށް ޓީޝާޓް، ބިބް އަދި މެޑަލް ވެސް ލިބިގެންދާނެ ކަމަށެވެ.

މި ރަންގައި އުމުރުން 4 އަހަރުން މަތީގެ ކުދިންނަށާ، އަންހެނުންނަށް ބައިވެރިވެވޭއިރު، ދިވެހިންގެ އިތުރުން ބިދޭސީންނަށް ވެސް ރަންގައި ބައިވެރިވެވޭނެއެވެ.

މިކަހަލަ ރަންއެއް ބޭއްވުމުގެ އެންމެ ބޮޑު އެއް މަޤްސަދަކީ އަންހެނުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމާއި އަންހެނުން ބާރުވެރިކުރުން ކަމަށް އެންރޭންޖް އިން ފާހަގަކުރެއެވެ. އަންނަ އަހަރުގެ މާރޗް މަހު ހުޅުމާލޭގައި ބޮޑު ރަން އޮންނާނެ ކަމަށް އެންރޭންޖް އިން މައުލޫމާތުދެއެވެ.

އިތުރަށް ކިޔާލަން

19 ޖުލައި 2017

މޯލްޑިވްސް އޯޓިޒަމް ސެންޓަރުގެ އާ އިމާރާތް ހުޅުވަނީ

19 ޖުލައި 2017
މޯލްޑިވްސް އޯޓިޒަމް ސެންޓަރުގެ އާ އިމާރާތް ހުޅުވަނީ
15 ޖުލައި 2017

މޯލްޑިވްސް ސާރޖަންސް އެސޯސިއޭޝަންއިން ވޯކްޝޮޕެއް އައްޑޫ ސިޓީގައި ކުރިއަށް ގެންގޮސްފި

15 ޖުލައި 2017
މޯލްޑިވްސް ސާރޖަންސް އެސޯސިއޭޝަންއިން ވޯކްޝޮޕެއް އައްޑޫ ސިޓީގައި ކުރިއަށް ގެންގޮސްފި
11 ޖުލައި 2017

އެކްސްޕީރިއެންސް މޯލްޑިވްސްގެ ނަމުގައި ބައިނަލްއަގްވާމީ ކެމްޕޭނެއް ފަށައިފި

11 ޖުލައި 2017
އެކްސްޕީރިއެންސް މޯލްޑިވްސްގެ ނަމުގައި ބައިނަލްއަގްވާމީ ކެމްޕޭނެއް ފަށައިފި
21 ޖޫން 2017

އެމްއެމްއޭއިން ބާއްވާ "މޯލްޑިވްސް ފައިނޭންޝިއަލް އެކްސްޕޯ" ޖުލައި މަހުގައި

21 ޖޫން 2017
އެމްއެމްއޭއިން ބާއްވާ "މޯލްޑިވްސް ފައިނޭންޝިއަލް އެކްސްޕޯ" ޖުލައި މަހުގައި
23 މެއި 2017

ހިޔާލުފާޅުކުރާ ފަރާތްތަކަށް އިންޒާރުދޭ މައްސަލަތައް ބެލެންޖެހޭ: ޓްރާންސްޕޭރެންސީ މޯލްޑިވްސް

23 މެއި 2017
ހިޔާލުފާޅުކުރާ ފަރާތްތަކަށް އިންޒާރުދޭ މައްސަލަތައް ބެލެންޖެހޭ: ޓްރާންސްޕޭރެންސީ މޯލްޑިވްސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު