Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަވޭކަން ދަ ޕޮޓެންޝަލް ވިތިން ފޯރަމް

"އަވޭކަން ދަ ޕޮޓެންޝަލް ވިތިން" ފޯރަމް ނިމިއްޖެ

މި ފޯރަމްގައިވަނީ ގިނަ އަދަދެއްގެ ދިވެހި އަންހެނުން ބައިވެރިވެފަ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 23 ޖުލައި 2019 | އަންގާރަ 18:02
ދެ ދުވަހުގެ މުއްދަތަކަށް ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދިޔަ މި ފޯރަމްގައިވަނީ ގިނަ އަދަދެއްގެ ދިވެހި އަންހެނުން ބައިވެރިވޭ.

ދެ ދުވަހުގެ މުއްދަތަކަށް ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދިޔަ މި ފޯރަމްގައިވަނީ ގިނަ އަދަދެއްގެ ދިވެހި އަންހެނުން ބައިވެރިވޭ.

އިންޓަރނޭޝަނަލް ވިމެން އެމްޕަވަރމެންޓް އިވެންޓްސް (އައިވީ) އިން "އަވޭކަން ދަ ޕޮޓެންޝަލް ވިތިން" ގެ ނަމުގައި ކުރިއަށް ގެންދިޔަ އަންހެނުން ބާރުވެރިކުރުވުމުގެ ފޯރަމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރުނބާ މޯލްޑިވްސްގައި ކުރިއަށް ދިޔަ މި ފޯރަމްގައިވަނީ ގިނަ އަދަދެއްގެ ދިވެހި އަންހެނުން ބައިވެރިވެފައެވެ. ރާއްޖޭގައި ބޭއްވުނު މި ފޯރަމަކީ އޭޝިއާގެ އަންހެނުން ބާރުވެރި ކުރުވާ ވަޒީފާގެ މާހައުލުގައި ކާމިޔާބު އަދި އަމިއްލަ ނަފްސަށް އިތުބާރުކުރެވޭ ބަޔަކަށް ހެދުމުގެ މަގްސަދުގައި ބޭއްވުނު ފޯރަމެކެވެ. އަމިއްލަ ވިޔަފާރިއެއް ނުވަތަ އަމިއްލަ މަސައްކަތްތައް ފެށުމަށް ބޭނުންވާ ފަރާތްތަކަށް މި ފޯރަމުގައި ވަނީ ބޭނުން ހިފޭނެ އަގުހުރި މައުލޫމާތުތަކެއް ލިބިގެން ގޮސްފައެވެ.

Advertisement - newsAdvertisement

އީވީގެ ފައުންޑިން ޑިރެކްޓަރ ހިރާ އަލީ ވަނީ ބަވަނަވަމުން އަންނަ ދުނިޔޭގައި އަންހެނުންނަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތައް އަދި މި ގޮންޖެހުންތަކާ ކުރިމަތިލާ ކަންކަމުގައި އިސްނަގައި އިންފުލުއެންޝަލް ކަމާއެކު އިމްޕެކްޓްކޮށް މަސައްކަތް ކުރެވޭނެ ގޮތުގެ ސެޝަންތަކެއް ނަގާދީފައެވެ.

ހިރާގެ އިތުރުން އައިވީގެ ޑިރެކްޓަރ އަދި ކޯ ފައުންޑަރ ގުލް ޚާން ވަނީ ފައިސާ ގެންގުޅޭނެ ގޮތްތަކާ ފައިސާ އިތުރުކޮށް ދެމެހެއްޓެނެވި ގޮތެއްގައި ފައިސާ ބޭނުން ހިފޭނެ ގޮތްތައް ފޯރަމްގެ ބައިވެރިންނަށް ކިޔާދީފައެވެ. އަދި ފައިސާ ގެންގުޅޭއިރު މީހާގެ ވިސްނުން ބަހައްޓަންވީ ގޮތުގެ މައްޗަށް ވެސް ގުލްގެ ސެޝަންތަކުގައި ވަނީ އަލި އަޅުވާލާފައެވެ.

އައިވީގެ އެޑްވައިޒަރީ ކައުންސިލްގެ މެންބަރެއް ކަމަށްވާ މަހީން ނޫރް ސޫމްރޯ ވަނީ ފޯރަމްގައި "ސަވައިވިން ދަ ޑިޖިޓަލް ވޯލްޑް"ގެ ނަމުގައި މައުލޫމާތުން ފުރިގެންވާ ސެޝަންއެއް ނަގާދީފައެވެ. މި ސެޝަންގައި މަހީން ވަނީ ސޯޝަލް މީޑިއާގައި އެކައުންޓްތައް ގެންގުޅޭނެ ފައިދާހުރި ގޮތްތައް ހިއްސާ ކޮށްފައެވެ.

ބަޓަރފްލައި އިފެކްޓްގެ ފައުންޑަރ ޑރ. މާރިޔާ އަލީ، ވަނީ "ކޮންސަޝް ޕޭރެންޓިން" އަދި "އެމްޕްލޯޔީ އެންގޭޖްމެންޓް" ގެ ނަމުގައި ޖަޒުބާތުން ފުރިގެންވާ އަނގުހުރި މައުލޫމާތުތަކެއް ހިއްސާކޮށްފައެވެ.

ފޯރަމްގައި އިތުރަށް ވާހަކަ ދެއްކެވި ކުޅަދާނަ އަންހެން ބޭފުޅުންނަކީ ރާއްޖޭގެ ކުޅަދާނަ ޑައިވަރު ޒޫނާ ނަސީމް، އިނގިރޭސި ވިލާތުގެ އަންހެނުން ބާރުވެރިކުރުވުމުގައި އިސްދައުރެއް އަދާ ކުރާ ޑރ ޔުވޯން ތޮމްޕްސަން، "އަންބްރޯކެން" ގެ ލިޔުންތެރިޔާ މެޑަލީން ބްލެކް އެވެ. ކޮންމެ ބޭފުޅަކު ވެސް ވަނީ އެބޭފުޅުންގެ ހަޔާތުގެ އަސަރުގަދަ ވާހަކަތައް ހިއްސާކޮށް އިބްރަތްތެރި ވާހަކަތަކެއް ހިއްސާ ކޮށްފައެވެ.

ދެ ދުވަހުގެ މި ފޯރަމްގައި ޕެނަލް ޑިސްކަޝަންތަކެއް ކުރިއަށް ގެންދެވިފައިވާއިރު، ފޯރަމްގައި ހާޒިރުވެ ތިބި ފަރާތްތަކުން ވަނީ އެ ބޭފުޅުންނަށް ދިރިއުޅުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަ ދައްކާ މަޝްވަރާ ކޮށްފައެވެ. އަދި ހަޔާތުގައި ކާމިޔާބު މީހަކަށް ވުމަށްޓަކައި ކުރެވިދާނެ ތަފާތުގިނަ ކަންތަކުގެ ވާހަކަ ވެސް މި ފޯރަމްގައި ވަނީ ދެކެވިފައެވެ.

ދުނިޔޭގެ ނަން މަޝްހޫރު މައިންޑް ހީލަރެއް ކަމަށްވާ ޕީޓަރ ޕާކާރ ވަނީ "މައިންޑްފުލްނެސް"ގެ ނަމުގައި ސެޝަންތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންތަކުގެ ދަށުން ޕީތާރ ވަނީ ރިލެކްޒޭޝަން އެކްސަރސައިޒް ތަކުގެ އިތުރުން ލީޑަރޝިޕްގެ އެކްސަރސައިޒް ތަކެއް ނަގާދީފައެވެ.

ކާމިޔާބުކާމާއެކު ނިންމާލެވިފައިވާ މި ފޯރަމްގައި އަންހެންބޭފުޅުންގެ އިތުރުން ފިރިހެން ބޭފުޅުންވެސް ވަނީ ބައިވެރިވެފައެވެ. ބައިވެރިންވަނީ ނިމިގެން މިދިޔަ ފޯރަމުން ވަރަށް ބައިވަރު ބޭނުންތެރި މައުލޫމާތާއި އިންސްޕިރޭޝަނަލް ވާހަކަތައް އިވިގެންދިޔަކަމަށް ބުނެފައެވެ. އަދި ކުރިއަށް އޮތްތާގައި މިފަދަ އިތުރު ފޯރަމްތައް މިއަށް ވުރެ ފުރިހަމަކޮށް ކުރިއަށް ގެންދާނެ ކަމަށް އުންމީދު ކުރާކަމަށް ބުންޏެވެ. ބައިވެރިން އިތުރަށް ބުނީ ރާއްޖޭގައި މިފަދަ ފޯރަމްތައް ބާއްވާއިރު ރާއްޖޭގެ މާހައުލާ ގުޅޭ ތަފާތު ރީސާރޗްތައް ކުރުން މުހިންމު ކަމުގައެވެ.

އައިވީ އިން ވަނީ އެ ޖަމިއްޔާގެ ރާއްޖޭގެ "މޭލް އެމްބެސަޑަރުން"ގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެކްސެކިއުޓިވް އޮފިސަރ ހުސެން އަމްރު ހަމަޖައްސާފައެވެ. މީގެ އިތުރުން މިކަހަލަ އިތުރު ސެޝަންތައް މުސްތަގްބަލުގައި ކުރިއަށްގެންދާނެ ކަމުގެ މައުލޫމާތު ވެސް އައިވީ އިން ވަނީ ބުނެފައެވެ.

ޖުލައި 22 ވަނަ ދުވަހު ފެށި ފޯރަމް އިންތިޒާމު ކުރުމުގައި އެހީތެރިވެދީފައި ވަނީ ހޯޕް ފޮރ ވިމެން، ވިމެން އޮން ބޯރޑް، ބަޓަރފްލައި އިފެކްޓް، ބޭންކް އޮފް މޯލްޑިވްސް، ކުރުނބާ މޯލްޑިވްސް، ޔުނިސެފް، ހަމިންގްބާރޑް، ސްޓޭޓް ޓްރެއިނިންގެ އޯރގަނައިޒޭޝަން (އެސްޓީއޯ) އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ( އެމްޓީސީސީ) ގުޅިގެންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފްރީޑަމް ފޯރަމްގައި ރައީސް ނަޝީދު މިއަދު ތަގުރީރު ކުރައްވާނެ

ފްރީޑަމް ފޯރަމްގައި ރައީސް ނަޝީދު މިއަދު ތަގުރީރު ކުރައްވާނެ

23 މެއި 2017
ފްރީޑަމް ފޯރަމްގައި ތަގުރީރު ކުރެއްވުމަށް ރައީސް ނަޝީދު ނޯވޭއަށް ވަޑައިގެންފި

ފްރީޑަމް ފޯރަމްގައި ތަގުރީރު ކުރެއްވުމަށް ރައީސް ނަޝީދު ނޯވޭއަށް ވަޑައިގެންފި

21 މެއި 2017
ކައުންސިލް އިންތިހާބު ނިމިއްޖެ، ބައެއް ކައުންސިލް އިދާރާތަކުގެ ކަރަންޓް ވެސް ކަނޑާލަނީ

ކައުންސިލް އިންތިހާބު ނިމިއްޖެ، ބައެއް ކައުންސިލް އިދާރާތަކުގެ ކަރަންޓް ވެސް ކަނޑާލަނީ

16 މެއި 2017
ޗައިނާގެ ބެލްޓް އެންޑް ރޯޑް ފޯރަމްގައި މިނިސްޓަރ ސައީދު ބައިވެރިވެއްޖެ

ޗައިނާގެ ބެލްޓް އެންޑް ރޯޑް ފޯރަމްގައި މިނިސްޓަރ ސައީދު ބައިވެރިވެއްޖެ

14 މެއި 2017
ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް ނިމިއްޖެ

ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް ނިމިއްޖެ

14 މެއި 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު