Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެސްއޯއީ

އެންވަޔަރަމެންޓް މިނިސްޓްރީއަށް ވެމްކޯގެ އިލްތިމާސް : މަޝްރޫއުތަކުގައި ބައިވެރި ކުރޭ

މި ފަދަ ޕްރޮޖެކްޓް ތަކުގައި ބައިވެރިވުން ނެތުމަކީ އަބަދުވެސް އެ ކުންފުނީގެ ޝަކުވާއެއް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 23 ޖުލައި 2019 | އަންގާރަ 17:57
ވެމްކޯގެ މެނޭޖިންގް ޑިރެކްޓާރ އަދުހަމް މުހައްމަދު

ވެމްކޯގެ މެނޭޖިންގް ޑިރެކްޓާރ އަދުހަމް މުހައްމަދު

ކުނި ނައްތާލުމަށް ހިންގޭ މަޝްރޫއުތަކުގައި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ބައިވެރިވުން ހިމަނަން އެ ކުންފުނިން އެންވަޔަރަމެންޓް މިނިސްޓްރީއަށް އިލްތިމާސް ކުރައްވައިފިއެވެ.

ވެމްކޯގެ ޗެއާރމަން މުހައްމަދު އިބްރާހިމް މަނިކް އަންގާރަ ދުވަހުގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރ ޕްރައިޒެސް (އެސްއޯއީ) ކޮމިޓީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މި ފަދަ ޕްރޮޖެކްޓްތަކުގައި ވެމްކޯގެ ބައިވެރިވުން ނެތުމަކީ އަބަދު ވެސް އެ ކުންފުނީގެ ޝަކުވާއެއްކަމަށެވެ.

Advertisement - newsAdvertisement

އަދި އަންނަ ހުރިހާ ޕްރޮޖެކްޓް ތަކެއް ކުރިއަށް ދަނީ އެ އެންވަޔަރަމެންޓް މިނިސްޓްރީގެ ދަށުން ކަމަށާއި ވެމްކޯ ވެސް މި ފަދަ ޕްރޮޖެކްޓް ތަކުގައި ބައިވެރިކޮށްގެން ކުރިއަށް ގެންދިއުމަށް ވެމްކޯގެ ޗެއާރމަން މުހައްމަދު އިބްރާހިމް މަނިކް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މުހައްމަދު އިބްރާހިމް މަނިކް މިހެން ވިދާޅުވެފައިވަނީ މާފަންނު މެދު ދާއިރާގެ މެމްބަރު ކުރިމަތި ކުރުވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެމްބަރު ރަޝީދު ކުރެއްވި ސުވާލުގައި ފާހަގަ ކުރެއްވީ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ރައީސް ޔާމީން ގެ ސަރުކާރުގައި ވޭސްޓް މެނޭޖްމެންޓް ޕްރޮޖެކްޓަށް 33 މިލިއަން ޑޮލަރުގެ ފަންޑެއް ދިން ކަމަށާއި އެ ފަންޑުތަކުން ވެމްކޯއިން ހަރަދު ކުރީ ކިހިނެއް ތޯއެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ވެމްކޯގެ މެނޭޖިންގް ޑިރެކްޓަރ އާދަމް މުހައްމަދު ވިދާޅުވީ އެއްވެސް ފަރާތަކުން ވެމްކޯއަށް ފަންޑު ދީފައިވާ ކަމެއް އަދި އެނގިފައި ނުވާ ކަމަށެވެ. ވޭސްޓް މެނޭޖްމެންޓް ޕްރޮޖެކްޓަކީ އެންވަޔަރަމެންޓް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ ޕްރޮޖެކްޓެއް ކަމަށް ވެސް ވިދާޅުވިއެވެ.

އޭޑީބީ އިން ވަނީ ގްރޭޓާރ މާލޭ ސަރަހައްދުގައި ކުނި ނައްތާލުމުގެ ނިޒާމެއް ގާއިމު ކުރުމަށްޓަކާ 2018 ވަނަ އަހަރު 33.07 މިލިއަން ޑޮލަރުގެ ގްރާންޓެއް ދީފައެވެ. މި 33 މިލިއަންގެ ތެރެއިން 5 ލައްކަ ޑޮލަރު ވެމްކޯއަށް ޓެކްނިކަލް ގޮތުގައި އެހިތެރިވުމަށް ދީފައިވެއެވެ. ނަމަވެސް އެ ކުންފުނިންވަނީ އެއްވެސް ފަންޑެއް އެ ކުންފުންޏަަށް ނުލިބޭ ކަމަށް ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެންސްޕާގެ ސީއީއޯ އިކޮނޮމިކް މިނިސްޓްރީއަށް ބަދަލުކޮށްފި

އެންސްޕާގެ ސީއީއޯ އިކޮނޮމިކް މިނިސްޓްރީއަށް ބަދަލުކޮށްފި

18 މެއި 2017
ވެމްކޯގެ ޗެއާމަނާއި އެމްޑީ މަގާމުން ވަކިކޮށްފި

ވެމްކޯގެ ޗެއާމަނާއި އެމްޑީ މަގާމުން ވަކިކޮށްފި

15 މެއި 2017
ޔާމީންގެ މަރުގެ މައްސަލައިގައި ފުލުހުންނާއި ބްރޯޑްކޮމްގެ "އިލްތިމާސް" މީޑިއާތަކަށް!

ޔާމީންގެ މަރުގެ މައްސަލައިގައި ފުލުހުންނާއި ބްރޯޑްކޮމްގެ "އިލްތިމާސް" މީޑިއާތަކަށް!

25 އެޕްރީލު 2017
ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސްއެޅިދާނެފަދަ މައުލޫމާތު އާއްމު ނުކުރުމަށް މީޑިއާތަކަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސްއެޅިދާނެފަދަ މައުލޫމާތު އާއްމު ނުކުރުމަށް މީޑިއާތަކަށް ފުލުހުން އިލްތިމާސްކޮށްފި

25 އެޕްރީލު 2017
ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި

ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި

21 މާރިޗު 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު