Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖުޑީޝަރީ ކޮމިޓީ

ޖުޑީޝަރީ ކޮމިޓީއަށް ޓްރައިބިއުނަލް ހާޒިރު ކުރުން: މެމްބަރުން އެދިލެއްވީ ކޮމިޓީ ސިއްރު ކުރުމަށް

23 ޖުލައި 2019 | އަންގާރަ 14:20

އާންމު އުސޫލަކީ ޚާއްސަ ހާލަތެއް މެދުވެރިވެގެން ނޫނީ މީޑިއާއަށް ސިއްރު ނުކުރުން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 23 ޖުލައި 2019 | އަންގާރަ 14:20
މިއަދު ހާޒިރު ކުރި ޓްރައިބިއުނަލްގެ މެމްބަރުން

މިއަދު ހާޒިރު ކުރި ޓްރައިބިއުނަލްގެ މެމްބަރުން

އަންގާރަ ދުވަހު އޮތް ޖުޑީޝަރީ ކޮމިޓީއަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލް ހާޒިރު ކުރުމުން އެ ކޮމިޓީ ސިއްރު ކޮށްދިނުމަށް ޓްރައިބިއުނަލްގެ މެމްބަރުން އެދިލެއްވި ކަމުގައި ވިއަސް ސިއްރު ނުކޮށް ކުރިއަށް ގެންގޮސްފިއެވެ.

ކޮމިޓީ ފެށުމުގެ ކުރިން ޓްރައިބިއުނަލްގެ ރައީސް އަހުމަދު ޝިފާއު ވަނީ ޓްރައިބިއުނަލުން ބަލާ މައްސަލަތަކަކީ ހައްސާސީ މައްސަލަތަކަށް ވާތީ އަދި ވަކި ވަކި ފަރުދުންގެ މަސްލަހަތު ހިމެނޭ މަސްލަހަތު ހިމެނޭ މައްސަލަތައް ކަމަށް ވާތީ ކޮމިޓީ ސިއްރު ކުރުމަށް އެދިލައްވާފައެވެ.

Advertisement - newsAdvertisement

ނަމަވެސް ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ކޮމިޓީގެ މެމްބަރުން ސުވާލު ދެންނެވުމުގައި އެދޭ ކަންތައްތަކަށް ރިއާޔަތް ކުރައްވާނެ ކަމަށާ ކޮމިޓީގައި ނުދެންނެވޭ ޒާތުގެ ސުވާލެއް ވާނަމަ ނުދަންނަވާނެ ކަމަށެވެ. އަދި ކޮމިޓީގެ އާންމު އުސޫލަކީ ޚާއްސަ ހާލަތެއް މެދުވެރިވެގެން ނޫނީ މީޑިއާއަށް ސިއްރު ނުކުރެވުން ކަމަށާއި ހާމަކޮށްގެން ދިއުމަކީ އަބަދު ވެސް އަހަމިއްޔަތުކަން ދެއްވާކަމެއް ކަމަށް ވިދާޅުވެފައެވެ.

އިންތި އެގޮތަށް ވިދާޅުވި ނަމަވެސް ޓްރައިބިއުނަލްގެ މެމްބަރުން ދިޔައީ ކޮމިޓީ ސިއްރުކުރުމަށް އެދިލައްވަމުންނެވެ. ގާތްގަނޑަކަށް ދެގަޑިއިރާއި ތިރީސް މިނިޓަށް ކުރިއަށް ގެންދިޔަ ކޮމިޓީގައި ޓްރައިބިއުނަލްގެ މެމްބަރުންނަށް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެެއްވާފައި ވީނަމަވެސް ބައެއް ސުވާލުތަކާއި ގުޅިގެން މެމްބަރުން ވަނީ ކޮމިޓީ ސިއްރު ކުރެއްވުމަށް ތަކުރާރުކޮށް އެދިލައްވާފައެވެ. އެގޮތުން ޓްރައިބިއުނަލްގެ ނައިބު ރައީސް އައިމިނަތު އަބްދުﷲ ޒުހެއިރު ވެސް ވަނީ ކޮމިޓީ ސިއްރު ކޮށްދެއްވުމަށް އެދިލެއްވީ ޓްރައިބިއުނަލްގެ ގިނަ މެމްބަރުން އެގޮތަށް އެދިލައްވާފައިވާތީ ކަމަށް ވިދާޅުވެފައެވެ.

އައިމިނަތު އަބްދުﷲ އެގޮތަށް ވިދާޅުވުމުން ހެންވޭރު ހުޅަނގު ދާއިރާގެމެމްބަރު ހަސަން ލަތީފު ވަނީ ޓްރައިބިއުނަލްގެ މެމްބަރުން ތަކުރާރުކޮށް ބައްދަލުވުން ސިއްރުކޮށްދޭން ހުށައަޅުއްވަމުން ގެންދަވާތީ ބައްދަލުވުން ސިއްރު ކޮށްދެއްވުމަށް އެދިލައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އެގޮތަށް އެދިލައްވާނީ މުހިއްމު ވާހަކަތަކެއް ހުރުމުން ކަމަށާއި ސިއްރު ކުރަން ހުށައަޅުއްވާ ކަމަށް ވިދާޅުވިއެވެ. ހަސަން ލަތީފުގެ އެ ހުށައެޅުއްވުމަށް ހިންވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ތާއީދު ކުރެއްވިއެވެ.

ނަމަވެސް އިންތި ވަނީ ސިއްރު ކަމަށް ކަނޑައެޅުމުގެ ކުރިން "ސިއްރުގެ ތެރޭގައި ނުހިމެނޭ ޒާތުގެ ސުވާލެއް ކަމަށް" ވިދާޅުވެ ސިއްރާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން ޓްރައިބިއުނަލްގެ ރައީސް ޝާފިއުއާއި ސުވާލު ކުރައްވާފައެވެ. އަދި އެސުވާލުތައް ކުރެއްވުމަށް ފަހު ސިއްރާއި މެދު ގޮތެއް ކަނޑައަޅުއްވާނީ ކަމަށް ވިދާޅުވިއެވެ.

ޝިފާއުއާ ސުވާލު ކުރެއްވުމަށް ފަހު ކޮމިޓީ ސިއްރުކުރުމަށް ވޯޓުނެގުމަށް އިންތި ނިންމެވި ނަމަވެސް ކޮމިޓީގެ މެމްބަރުންގެ ކޯރަމް ގެއްލުމުގެ ސަބަބުން އިންތި ނިންމެވީ ސިއްރު ނުކޮށް ކޮމިޓީ ނިންމަވާލެއްވުމަށެވެ.

ޓްރައިބިއުނަލްގެ މެމްބަރުން އިތުރު ކޮމިޓީ ބައްދަލުވުމެއް ބޭނުންވެ ލައްވާނަމަ އަދި ހިއްސާކުރައްވަން ބޭނުންވާ މައުލޫމާތު އެ ކޮމިޓީއަށް ދެއްވުމުން އެކަމަށް ގޮތެއް ކަނޑައަޅުއްވާނެ ކަމަށް އިންތި ވިދާޅުވިއެވެ.

ޖުޑީޝަރީ ކޮމިޓީ ފެށުނުއިރު އަށް މެމްބަރުން ތިއްބެވިކަމުގައި ވީނަމަވެސް ނިމުނު އިރު ތިއްބެވީ އިންތިގެ އިތުރުން ނައިބު މުގައްރިރު މޫސާ ސިރާޖާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
10 ޖެނުއަރީ 2017

ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި

10 ޖެނުއަރީ 2017
ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް