Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބީއެމްއެލް

ބީއެމްއެލްއިން ޖަމާކޮށްފައިވަނީ "ނޮން ނެގޯޝިއޭބަލް" ޖަހާފައިވާ 6 ޗެކެއް!

23 ޖުލައި 2019 | އަންގާރަ 11:04

ނޮން ނެގޯޝިއެބަލް" ޖަހާފައި ވަނިކޮށް ޖަމާކޮށްފައިވަނީ އިންޓަރޭނަޝަނަލް ބޭންކެއްގެ ޗެކްތަކުގެ އިތުރުން، ރާއްޖޭގައި އޮޕަރޭޓް ކުރަމުން އަންނަ އިންޓަރނޭޝަނަލް ބޭންކެއްގެ ބްރާންޗެއްގެ ޗެކްތަކެއް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 23 ޖުލައި 2019 | އަންގާރަ 11:04
ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސް އިން އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްދީފައިވަނީ "ނޮން ނެގޯޝިއޭބަލް" ޖަހާފައިވާ 6 ޗެކެއްކަން އެނގިއްޖެ އެވެ.

އިތުބާރު ހުރި މަސްދަރަކުން ރާއްޖެ.އެމްވީއަށް މައުލޫމާތު ލިބިފައިވާގޮތުގައި ބީއެމްއެލްއިން ވަނީ 2014 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް "ނޮން ނެގޯޝިއެބަލް" ޖަހާފައިވާ 6 ޗެކެއް އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްފައެވެ. އެއީ ހަތް މިލިޔަން ދެލައްކަ ފަންސާސްހާސް ޑޮލަރު، ދިވެހި ފާއިސާއިން ނަމަ، ސަތޭކަ އެގާރަ މިލިޔަން ރުފިޔާގެ ޗެކްތަކެކެއެވެ.

Advertisement - newsAdvertisement

ބީއެމްއެލްއިން ޖަމާކޮށްދިން އެސްއޯއެފްގެ މި ޗެކްތަކަކީ ބީއެމްއެލް ނޫން އެހެން ބޭންކްތަކުގެ ޗެކްތަކެކެއެވެ. ބީއެމްއެލްއިން "ނޮން ނެގޯޝިއެބަލް" ޖަހާފައި ވަނިކޮށް ޖަމާކޮށްފައިވަނީ އިންޓަރޭނަޝަނަލް ބޭންކެއްގެ ޗެކްތަކުގެ އިތުރުން، ރާއްޖޭގައި އޮޕަރޭޓް ކުރަމުން އަންނަ އިންޓަރނޭޝަނަލް ބޭންކެއްގެ ބްރާންޗެއްގެ ޗެކްތަކެކެއެވެ.

އެސްއޯއެފްގެ "ނޮން ނެގޯޝިއޭބަލް" ޖަހާފައިވާ ޗެކްތަކެއް ބޭންކްއިން ޖަމާކޮށްދީފައިނުވާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ސައްހަ ނޫން މައުލޫމާތު ދެއްވި މައްސަލަ ތަހްގީގް ކުރުމަށް، މަޖިލީހުން ވަނީ ފުލުހުންގެ އިދާރާއަށް ފޮނުވާފައެވެ. އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޝަރީފު މަޖިލީހަށް ސައްހަ ނޫން މައުލޫމާތު ދެއްވި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ އިދާރާއަށް ފޮނުވާފައިވާ ކަމަށެވެ.

16 ޖުލައިގައި އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވެފައިވަނީ އެސްއޯއެފްގެ "ނޮން ނެގޯޝިއެބަލް" ޖަހާފައިވާ ޗެކްތަކެއް ބޭންކްއިން ޖަމާކޮށްދީފައިނުވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހަށް ސައްހަ ނޫން މައުލޫމާތު ދިނުމަކީ ޖިނާއީ ދައުވާ އުފުލިދާނެ ފަދަ ކުށެކެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 99 ވަނަ މާއްދާގެ ހ ގައި ބަޔާންވެގެންވަނީ ކޮންމެ މީހަކަށްމެ ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ، މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ހެކިބަސް ދިނުމަށާއި، ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އެންގުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށާއި، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ލިބިގެންވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކޮންމެ މީހަކާއި ކުރާ ކޮންމެ ސުވާލަކަށް އެ މީހަކަށް އެގި ހުރި އެންމެ ރަނގަޅަށް ތެދު ބަހުން ޖަވާބުދޭންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ވެސް ހަމަ މިހެން ތަކުރާރުވެފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

12 ސެޕްޓެމްބަރު 2018

"ވަގަކަށް ހާސް ދުވަސް، ރައްޔިތުންނަށް އެއް ދުވަސް" ޖަހާފައިވާ ބެނާއެއް ފުލުހުން ނަގައިފި

12 ސެޕްޓެމްބަރު 2018
"ވަގަކަށް ހާސް ދުވަސް، ރައްޔިތުންނަށް އެއް ދުވަސް" ޖަހާފައިވާ ބެނާއެއް ފުލުހުން ނަގައިފި
23 ޖުލައި 2018

ޕޮލެންޑް ސަރުކާރުގެ ނޮން-ރެޒިޑެންޓް ސަފީރު ފަތްކޮޅު އަރުއްވައިފި

23 ޖުލައި 2018
ޕޮލެންޑް ސަރުކާރުގެ ނޮން-ރެޒިޑެންޓް ސަފީރު ފަތްކޮޅު އަރުއްވައިފި
12 ޖުލައި 2018

ގާނާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި

12 ޖުލައި 2018
ގާނާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި
28 ޖޫން 2018

ނައިޖީރިއާއިން ރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރުގެ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އަރުއްވައިފި

28 ޖޫން 2018
ނައިޖީރިއާއިން ރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރުގެ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އަރުއްވައިފި
15 މެއި 2018

ބީއެމްއެލްއިން ކުރިއަށްގެންދިޔަ އިންޓަރންޝިޕް ޕްރޮގްރާމް ނިންމައިލައިފި

15 މެއި 2018
ބީއެމްއެލްއިން ކުރިއަށްގެންދިޔަ އިންޓަރންޝިޕް ޕްރޮގްރާމް ނިންމައިލައިފި
11 ފެބުރުއަރީ 2018

ސަރުކާރުން މި އުޅޭ ގޮތުން ރާއްޖެއަށް ހަމަޖެހުމާއި ކުރިއެރުން ލިބޭނެ ކަމަށް ނުދެކެން: މެކްކިނޮން

11 ފެބުރުއަރީ 2018
ސަރުކާރުން މި އުޅޭ ގޮތުން ރާއްޖެއަށް ހަމަޖެހުމާއި ކުރިއެރުން ލިބޭނެ ކަމަށް ނުދެކެން: މެކްކިނޮން
15 ޖެނުއަރީ 2018

ބީއެމްއެލްއިން ކުރާ ދައުވާއަކާ ގުޅިގެން މީހަކު ބަންދުކޮށްގެން ކޯޓަށް ހާޒިރު ކުރަނީ

15 ޖެނުއަރީ 2018
ބީއެމްއެލްއިން ކުރާ ދައުވާއަކާ ގުޅިގެން މީހަކު ބަންދުކޮށްގެން ކޯޓަށް ހާޒިރު ކުރަނީ
07 ނޮވެމްބަރު 2017

ރައީސް މައުމޫނަށް ހަޖޫޖަހާފައިވާ ކާޓޫންތައް ޗެނަލް 13 އިން ދެއްކީ ރަނގަޅަށް ކަމަށް ބްރޯޑްކޮމްއިން ނިންމައިފި

07 ނޮވެމްބަރު 2017
ރައީސް މައުމޫނަށް ހަޖޫޖަހާފައިވާ ކާޓޫންތައް ޗެނަލް 13 އިން ދެއްކީ ރަނގަޅަށް ކަމަށް ބްރޯޑްކޮމްއިން ނިންމައިފި
06 ސެޕްޓެމްބަރު 2017

މެލޭޝިއާގެ އާ ނޮން ރެޒިޑެންޓް ސަފީރު ރައީސަށް ފަތްކޮޅު އަރުއްވައިފި

06 ސެޕްޓެމްބަރު 2017
މެލޭޝިއާގެ އާ ނޮން ރެޒިޑެންޓް ސަފީރު ރައީސަށް ފަތްކޮޅު އަރުއްވައިފި
06 ޖުލައި 2017

މެމްބަރުންނަށް ފާހަގައެއް ޖަހާފައިވާ ޑޮލަރުތަކެއް،ހައްޔަރުކޮށްފާނެ، ސަމާލުވޭ!

06 ޖުލައި 2017
މެމްބަރުންނަށް ފާހަގައެއް ޖަހާފައިވާ ޑޮލަރުތަކެއް،ހައްޔަރުކޮށްފާނެ، ސަމާލުވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް