Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިޝަރީޒް މިނިސްޓްރީ

ލޭނުގެ މަސްވެރިކަމުގެ ހުއްދަ ބާތިލް ކުރީ ގަވާއިދާ ހިލާފުވާތީ: ޒަހާ

ބޮޑަށް ފައިދާ ވަނީ ބިދޭސިންނަށް

އަލީ ސަމާޚް
އަލީ ސަމާޚް | 23 ޖުލައި 2019 | އަންގާރަ 10:21
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު

ލޭނުގެ މަސްވެރިކަމަށް ދޫކޮށްފައިވާ ލައިސެންސް ބާތިލް ކުރަން ޖެހުނީ ގާނޫނާ ގަވާއިދާ ހިލާފު ކަންތައްތަކެއް މަސްވެރިން ކުރަމުންދާތީ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ލޭނުގެ މަސްވެރިކަމަށް ދޫކޮށްފައިވާ ލައިސެންސް ބާތިލް ކޮށްފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ. އެހެން ނިންމީ މަގްސަދުތައް ހާސިލް ނުވާތީ ކަމަށާއި އެހެނިހެން ކަންބޮޑުވުންތައް ހުރުމުން އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކަމަށް އޭރު މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ. ލޭނުގެ މަސްވެރިކަމުން މަސްވެރިންނަށް 310 މިލިއަން ރުފިޔާ ލިބޭއެވެ. ލައިސެންސް ފީގެ ގޮތުގައި 1.9 މިލިއަން ރުފިޔާ ފިޝަރީޒް މިނިސްޓްރީ އަށް ލިބެއެވެ.

ލޭނުގެ މަސްވެރިކަމުގެ ހުއްދަ 28 އުޅަނދަކަށް ދޫކޮށްފައިވާއިރު އެއިން ކޮންމެ އުޅަނދެއްގައި ހުންނަނީ އެންމެ ދިވެއްސެކެވެ.

މިނިސްޓަރު ވިދާޅުވީ، ލޭނުގެ މަސްވެރިކަމުގައި ގަވާއިދާ ހިލާފު ކަންތައްތަކެއް ފާހަގަވެފައިވާ ކަމަށެވެ.

ޒަހާ ވިދާޅުވީ، ލޭނުގެ މަސްވެރިކަން ކުރާ ކުންފުނިތަކަކީ ދިވެހި ކުންފުނިތަކެއް ވިޔަސް ވިޔަފާރީގެ ފައިދާ ލިބޭނީ ބިދޭސީންނަށް ކަމަށެވެ. ދިވެހިންނަށް އެ ކުންފުނިތަކަށް އެއްވެސް ބާރެއް ނުފޯރުވޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި އަހަރުގެ އޭޕްރީލް މަހު ޔޫރަޕިއަން ޔޫނިއަންގެ މެރިޓައިމް އެފެއާރސް އެންޑް ފިޝަރީޒްގެ ވަފުދުން ރާއްޖެއަށް ކުރި ދަތުރުގައި އެބޭފުޅުން ވެސް ވަނީ ރާއްޖޭގެ ލޭނު މަސްވެރިކަމުގައި ހުރި ގަަވާއިދާ ހިލާފު ހަރަކާތްތައް ފާހަގަކޮށް އެ ކަންކަމުގެ ސަބަބުން އެއްވެސް ބާވަތެއްގެ މަސްވެރިކަން އިސްތިސްނާ ކުރުމެއް ނެތި ދިވެހިރާއްޖޭގެ މަހާއި މަހުގެ ބާވަތްތައް ވަގުތުން ވަގުތަށް ޔޫރަޕަށް އެތެރެކުރުން ހުއްޓާލާ މިންވަރަށް ލޭނު މަސްވެރިކަމުގައި މައްސަލަތައް ހުރިކަމަށް އެ ފަރާތްތުން ވެސް ވަނީ ފާހަގަ ކޮށްފައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު