Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންތިޚާބު ބާއްވާ ތާރީޚަށް ބަދަލު ގެންނަނީ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އިންތިޚާބު ބާއްވަންޖެހޭ ތާރީޚު ރަމަޟާން މަހުގެ ދުވަހަކާ ދިމާވާނަމަ، އެ އިންތިޚާބު ބާއްވަންވާނީ ރަމަޟާން މަސް ނިމޭތާ 10 ދުވަސް ފަހުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2024 | އަންގާރަ 17:32
އިންތިޚާބެއްގައި މީހަކު ވޯޓުލަނީ

އިންތިޚާބެއްގައި މީހަކު ވޯޓުލަނީ

ރަމަޟާން މަހުގެ ދުވަހެއްގައި އިންތިޚާބު ނުބޭއްވޭގޮތަށް، އިންތިޚާބުތަކާބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ރަމަޟާން މަހުގެ ތެރޭގައި މި ފަހަރުގެ މަޖިލިސް އިންތިޚާބު ބާއްވަން ނިންމާފައިވާތީ، އެކަމާ ގުޅިގެން އެމްޑީޕީން ޕާލަމެންޓްރީ ގްރޫޕުން ވަނީ ބައްދަލުވުމެއް ބާއްވައި، އެކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އެ ބައްދަލުވުމުގައި ނިންމާފައިވަނީ ރޯދަމަހުގެ ތެރޭގައި އިންތިޚާބު ނުބޭއްވުމަށެވެ.

Advertisement - newsAdvertisement

އަދި އެމްޑީޕީގެ ޕީޖީގެ ނިންމުމާއެކީގައި، އިންތިޚާބާބެހޭ އާންމު ގާނޫނަށް ވަނީ އިސްލާހެއް ހުށަހަޅާފައެވެ. މި އިސްލާހު ހުށަހަޅާފައިވަނީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ.

އިންތިޚާބުތަކާބެހޭ އާންމު ގާނޫނުގެ 43 ވަނަ މާއްދާ އިސްލާހުކުރަން ހުށަހަޅާފައިވާއިރު، 43 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ، އިންތިޚާބުތަކުގައި އެ އިންތިޚާބެއްގައި ވޯޓު ނަގާ ގަޑިއާއި، އާންމު އުސޫލެއްގެ ގޮތުން ވޯޓު ނަގައި ނިންމާ ގަޑިއާއި، ވޯޓު ގުނަން ފަށާ ގަޑި ކަނޑައަޅައި، އިއުލާންކުރާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށެވެ.

މި މާއްދާގެ (ށ)ގައި ބުނެފަައިވަނީ، މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބުނެފައި އޮތްނަމަވެސް، ރަމަޟާން މަހުގެ ދުވަހެއްގައި އިންތިޚާބެއް ބާއްވާއިގެން ނުވާނެ ކަމަށެވެ. އަދި އިންތިޚާބު ބާއްވަންޖެހޭ ތާރީޚު ރަމަޟާން މަހުގެ ދުވަހަކާ ދިމާވާނަމަ، އެ އިންތިޚާބެއް ބާއްވަންވާނީ ރަމަޟާން މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށެވެ.

43 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ މި ހާލަތުގައި، އެ އިންތިޚާބަކާގުޅޭ ޚާއްސަ ގާނޫނުގެ ދަށުން، ނުވަތަ މި ގާނޫނުގެ ދަށުން އެކި ކަންކަމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް އަމަލުކުރެވެން ނެތް ހާލަތެއް ކުރިމަތިވާނަމަ، މި މާއްދާގެ (ށ)ގައި ބުނެފައިވާ ގޮތަށް އިންތިޚާބު ބޭއްވުމަށްޓަކައި އެ މުއްދަތުތަކަށް ބަދަލުގެނެސް، އިލެކްޝަންސް ކޮމިޝަނުން އަލުން މުއްދަތުތައް ކަނޑައަޅަންވާނެ ކަމަށެވެ.

ރޯދަމަހުގައި މަޖިލިސް އިންތިޚާބު ބާއްވާތީ ސިޔާސީ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިންތިޚާބާ ގުޅިގެން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، މަޖިލިސް އިންތިޚާބު ރޯދަ މަހު ބޭއްވުމަކީ އެ ކޮމިޝަނުން ވެސް ބޭނުންވި ގޮތެއް ނޫންކަމަށެވެ. އެހެންނަމަވެސް އެއީ ޕްރެޝަރު އޮވެގެން ކުރި ކަމެއް ނޫންކަމަށް ހަބީބު ވިދާޅުވިއެވެ. އެކަން ކޮށްފައި ވަނީ ހެޔޮ ނިޔަތުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އީސީން އެއްވެސް މީޑިއާއަކަށް މައުލޫމާތުދެމުން، އެ ނިންމުން ނިންމީ ގައުމީ ލަފާދޭ ކޮމިޓީގައި މަޝްވަރާކޮށްގެން ކަމަށް ވެސް ބުނެފައި ނުވާނެކަމަށް ހަބީބު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް

މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް

13 ފެބުރުއަރީ 2017
އިންތިޚާބުތައް ކާމިޔާބުކުރަން އެންމެ އިސްކޮށް މަސައްކަތް ކުރާ މީހާއަށް ވާނަން: ހަސަން ލަތީފް

އިންތިޚާބުތައް ކާމިޔާބުކުރަން އެންމެ އިސްކޮށް މަސައްކަތް ކުރާ މީހާއަށް ވާނަން: ހަސަން ލަތީފް

11 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ގާނޫނަށް ހުށަހެޅީ ޕީޕީއެމްގެ އުސޫލްތަކާ ހިލާފު އިސްލާހެއް:ޔުމްނާ

ގާނޫނަށް ހުށަހެޅީ ޕީޕީއެމްގެ އުސޫލްތަކާ ހިލާފު އިސްލާހެއް:ޔުމްނާ

08 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު