Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މަޖިލީހަށް އޮޅުވާލާފައިވާތީ ބީއެމްއެލް ޝަރީފުގެ މައްސަލަ ބަލައި ތަހުގީގު ކުރުމަށް ނިންމައިފި

23 ޖުލައި 2019 | އަންގާރަ 07:50

ޝަރީފު ދޮގުމައުލޫމާތު ދެއްވާފައިވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 23 ޖުލައި 2019 | އަންގާރަ 07:50
ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި

ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ދޮގު މައުލޫމާތު ދިން މައްސަލައިގެ ތަހުގީގު ކުރިއަށްގެންދިއުމަށް މަޖިލީހުން ނިންމައިފިއެވެ.

އަންގާރަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި އެކަން އަންގަވައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޝަރީފު މަޖިލީހަށް އޮޅުވާލާފައިވާތީ އެމައްސަލަ ތަހުގީގު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ޝަރީފު މަޖިލީހުގެ ކޮމިޓީއަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ މަޖިލީހުން ވަނީ އެމައްސަލަ ފުލުހުންގެ އިދާރާއަށް ފޮނުވާފައެވެ. ނަމަވެސް އާދީއްތަ ދުވަހު ޝަރީފު ވަނީ މަޖިލީހުގެ ރައީސަށް އެޑްރެސްކޮށް ސިޓީއެއް ފޮނުއވާފައެވެ. އެ ސިޓީގައި އޭނާ ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވިއިރު އެކަން އެނގިނުގަންނަވާކަމަށާއި، އެކަން ސަމާލުކަމަށް އައީ ސޯޝަލް މީޑިއާގައި އެ ޗެކްތައް ދައުރުވުމުން ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި އިތުރު ފުރުސަތަކަށް އެދި އެ ޗެކުތަކާއި ބެހޭގޮތުން މުތާލިއާ ކުރުމަށްފަހު ސައްހަ މައުލޫމާތު ކޮމިޓީއަށް ދެއްވާނެކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

މިމަހުގެ 16 ވަނަ ދުވަހު ބީއެމްއެލްގައި ޝަރީފު އެގޮތަށް ވިދާޅުވި ނަމަވެސް ކޮމިޓީ ނިމުނު ފަހުން ސޯޝަލް މީޑިއާގައި ވަނީ ބީއެމްއެލްއިން އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްފައިވާ "ނޮން ނެގޯޝިއަބަލް" ޗެކްތަކެއް ދައުރުވެފައެވެ.ޝަރީފު ރައީސް ނަޝީދަށް އާދީއްތަ ދުވަހު ފޮނުއްވި ސިޓީގައި އޭނާ ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވިއިރު އެކަން އެނގިނުގަންނަވާކަމަށާއި، އެކަން ސަމާލުކަމަށް އައީ ސޯޝަލް މީޑިއާގައި އެ ޗެކްތައް ދައުރުވުމުން ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި އިތުރު ފުރުސަތަކަށް އެދި އެ ޗެކުތަކާއި ބެހޭގޮތުން މުތާލިއާ ކުރުމަށްފަހު ސައްހަ މައުލޫމާތު ކޮމިޓީއަށް ދެއްވާނެކަމަށް ވިދާޅުވި އެވެ.

ޝަރީފުގެ އެ ސިޓީ މަޖިލީހަށް ފޮނުވުމާއެކު ހޯމަ ދުވަހު އޮތް ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އެއްބާރުލުން ދެއްވައި, ތެދު މައުލޫމާތު ހިއްސާކޮށް ދެއްވާނެކަމަށް ވިދާޅުވުން ފުލުހުންގެ އިދާރާއަށް ހުށަހެޅި މައްސަލަ ނެގުމަށް ވިސްނަމުންދާކަމަށެވެ.

ނަމަވެސް އެކަމުގައި އޮޅުވާލުންތަކެއް އުޅޭކަން މަޖިލީހަށް ފާހަގަ ވެފައިވާތީ މަޖިލީހުން އަންގާރަ ދުވަހު ނިންމީ އެމައްސަލަ ތަހުގީގު ކުރުމަށެވެ.

ރައީސް ނަޝީދު ވަނީ މިމަހުގެ 16 ވަނަ ދުވަހު ބީއެމްއެލް މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށް ކަން ހިނގިގޮތް ކިޔައިދެއްވާފައެވެ. އަދި ޝަރީފު އެކޮމިޓީއަށް ވަޑައިގެން ހަގީގަތާއި ޚިލާފު ވާހަކަ ދެއްކެވިކަމަށްއަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދުނާޝިޒު ވިދާޅުވިކަމަށް ވެސް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގައި ދޮގު މައުލޫމާތު ދިނުމަކީ ގާނޫނު އަސާސީ ބުނާ ގޮތުން ޖިނާއީ ކުށް އުފުލިދާނެ ކަމެކެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ދައުލަތުގެ އެކި އިދާރާތައް ހާޒިރުކޮށް އަންނަނީ މަޖިލީހުން މައުލޫމާތު އޮޅުންފިލުއްވަމުންނެވެ. އެގޮތުން ބީއެމްއެލްއާއި، އޭސީސީ ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް