Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސުޕްރީމް ކޯޓު

"ތިން ފަނޑިޔާރުންނަށް ދިން ނަސޭހަތް: ގެއްލިފައިވާ އަސާސީ ހަމައެއް އިޔާދަ ކޮށްދިނުން"

ޖޭއެސްސީއިން އިއާދަކޮށްދިނީ ގާނޫނު އަސާސީގެ ގެއްލިފައިވާ ސިފައެއް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 23 ޖުލައި 2019 | އަންގާރަ 06:57
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ(ކ)، ފަނޑިޔާރު އަބްދުﷲ އަރީފް(މ) ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ (ވ) . އެތިން ފަނޑިޔާރުންނަށް ވެސް ޖޭއެސްސީއިން ވަނީ އިއްޔެ ނަސޭހަތް ދީފައި

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ(ކ)، ފަނޑިޔާރު އަބްދުﷲ އަރީފް(މ) ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ (ވ) . އެތިން ފަނޑިޔާރުންނަށް ވެސް ޖޭއެސްސީއިން ވަނީ އިއްޔެ ނަސޭހަތް ދީފައި

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނަށް ނަސޭހަތް ދީފައިވަނީ ދަށު ކޯޓަކުން ބަލަމުންދިޔަ މައްސަލައެއް އުސޫލާއި ޚިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބެލުމުން ކަމަށާއި އެ ކޮމިޝަނުން އިއާދަ ކޮށްދިނީ ގެއްލިފައިވާ އަސާސީ ހަމައެއްކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއެޖެ އެވެ.

ޖުޑީޝަލް ސަރވިސް ކަމިޝަން (ޖޭއެސްސީ) އިން ވަނީ އެމައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންކަމަށްވާ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފް އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ މައްސަލަ ބެލުމަށްފަހު އެތިން ފަނޑިޔާރުންނަށް ހޯމަ ދުވަހު ނަސޭހަތް ދީފައެވެ.

Advertisement - newsAdvertisement

އެކަމާއި ގުޅިގެން ޖޭއެސްސީ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނަށް ނަސޭހަތްދޭން ނިންމީ ސިވިލް ކޯޓުން ކޮށްފައިވާ ހުކުމެއް ތަންފީޒު ކުރުމުގެ ގޮތުން އެ ކޯޓުން ބަލަމުން ގޮސްފައިވާ މައްސަލައެއްގެ ފައިލް ފޮނުވުމަށް އަންގައި، އަދި އެ ފައިލް ސިވިލް ކޯޓުން ސުޕްރީމް ކޯޓަށް ގެނައުމާ ގުޅިގެން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ފަރާތަށް ގާނޫނުން ލިބިދީފައިވާ އިސްތިއުނާފު ކުރުމުގެ ހައްގު ގެއްލި އަދި އަދުލު އިންސާފުގެ ހަމަޔާއި އުސޫލު ގެއްލޭ ކަމަށް އެ ކޮމިޝަނަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުން ސިވިލް ކޯޓުގައި އޮތް މައްސަލައިގެ ލިޔުންތައް ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އެނގިފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނަށް ނަސޭހަތް ދިން މައްސަލައަކީ ޕީއެސްއެމްގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފްގެ ދަރަނީގެ މައްސަލައިގެ ލިޔުންތައް ގެންދިޔަ މައްސަލަ އެވެ.

އެ މައްސަލައަކީ 2014 ވަނަ އަހަރު އިކްރާމްގެ މައްޗަށް ހުށައެޅި ދަރަނީގެ މައްސަލައެއްގައި ކޮށްފައިވާ ހުކުމެއްގެ މައްސަލައެވެ.

2014 ވަނަ އަހަރުގެ އެޕްރީލް މަހުގެ 13 ވަނަ ދުވަހު ސިވިލް ކޯޓުން އިކްރާމްގެ މައްޗަށް ކުރި ދަރަނީގެ ހުކުމުގައި ބުނެފައިވަނީ، މ.ނަތީޖާ ގޯތި އިމަރާތްކުރުމަށް 18 އަހަރު ދުވަހުގެ މުއްދަތަށް އިކްރާމަށް ދީފައި ވަނިކޮށް، އެއްބަސްވުމާ ޚިލާފަށް ގޯތީގައި އިމާރާތްކޮށްފައި ވާތީ އާއި އަދި ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތް ނިންމާފައިނުވާ ކަމަށާއި ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ އެ އެއްބަސްވުމާ އިކްރާމް ޚިލާފުވެފައިވާތީ އެ އެއްބަސްވުން ބާތިލްކޮށް، އެއްބަސްވުމުގައިވާ ގޮތުން 922،400 ރުފިޔާ އިކްރާމް މ.ނަތީޖާ އަޝްރާ އަލީ އާއި ޝިރުމީނާ އަލީ އަށް ދޭން ޖެހޭ ކަމަށެވެ.

އެމައްސަލައިގައި ހުކުމް ކުރި ފައިސާ އިކްރާމް ނުދައްކަވައިގެން އެ މައްސަލަ ދައުވާ ކުރި ފަރާތުން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށައަޅާފައެވެ. އެ މައްސަލައިގައި ފައިސާ ދެއްކުމަށް އެދި ސިވިލް ކޯޓަށް ހުށައަޅާފައި ވަނިކޮށް ސުޕްރީމް ކޯޓުން ވަނީ އެމައްސަލައިގެ ފައިލް ޖެހިގެން އައި 2015 ވަނަ އަހަރުގެ ތެރޭގައި ނަގައިފައެވެ.

އޭރު އިކްރާމްގެ އަނބިކަނބަލުން ލަތީފާ ގާސިމް ހުންނެވީ ފަނޑިޔާރުންގެ ބެލެނެވެރި ފަރާތް ކަމުގައިވާ ޖޭއެސްސީގެ މެމްބަރުކަމުގައި އެވެ. އެކަމުގައި ލަތީފާ ގާސިމްގެ އަތެއް ވާކަމަށް އޭރު ތުހުމަތުތައް ކުރެވިފައި ވެއެވެ.

އެމައްސަލައާއި ގުޅިގެން މަޖިލީހުގެ ރައީސް އަދި ޖޭއެސްސީގެ ވެސް މެމްބަރުކަން ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ކޮންމެ މީހަކަށްވެސް ކުށުން ބަރީއަވުމަށް ތިން ފުރުސަތު ލިބުމަކީ ގާނޫނު އަސާސީންނާއި ދިވެހި އާދަކާދައިން ވެސް ލިބިދޭ ހައްގެއް ކަމަށެވެ.

ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުން ދަށު ކޯޓަކުން ކުރާ އަމުރަކާއި ގުޅިގެން ހިތްހަމަ ނުޖެހުމެއް ވާކަމަށް ދައުވާ ލިބޭ ފަރާތަށް ފެނިއްޖެ ހާލަތެއްގައި އެމައްސަލަ އިސްތިއުނާފު ކުރެވިދާނެއެވެ. ނަމަވެސް ދަށު ކޯޓުން ކުރާ ހުކުމެއް އިސްތިއުނާފު ކުރެވޭނީ ފުރަތަމަ ހައިކޯޓުންނެވެ. އަދި ހައިކޯޓުން ކުރާ ހުކުމެއް އިސްތިއުނާފު ކުރެވޭނީ ސުޕްރީމް ކޯޓަށެވެ. ނަމަވެސް އިކްރާމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން ފައިލްތައް ގެންގޮސްފައިވަނީ މިއުސޫލުތަކާއި ހިލާފަށެވެ.

ތިން ފަނޑިޔާރުންނަށް ވަނީ ތަހުގީގު ރިޕޯޓަށް ޖަވާބު ދާރީވުމަށް 30 ދުވަހުގެ މުއްދަތެއް ޖޭއެސްސީއިން ދީފައެވެ.

ޖޭއެސްސީއިން ނަސޭހަތް ދިން ތިން ފަނޑިޔާރުންނަކީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު އޭރު ހައްޔަރުގައި ތިބި ނުވަ ސިޔާސީ ފަރާތްތައް ދޫކޮށްލުމަށް އަމުރު ކުރުމަށްފަހު އެ އަމުރުގެ ބައެއް ބައިތަށް ބާތިލް ކުރަން ނިންމި ތިން ފަނޑިޔާރުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު