Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެމްއޭ

ބޮޓެއް މެދުވެރިކޮށް އެފްއައިޔޫއިން މައުލޫމާތު ލީކުކުރާ ވާހަކަތަކެއް

މަގާމުން ވަކި ކުރުމަށް ފަހު އެ ފެންވަރުގެ މަގާމަކަށް އައްޔަން ކުރި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 22 ޖުލައި 2019 | ހޯމަ 16:41
ގަވަރުނަރު އަހުމަދު ނަސީރު މާލިއްޔަތު ކޮމިޓީގައި

ގަވަރުނަރު އަހުމަދު ނަސީރު މާލިއްޔަތު ކޮމިޓީގައި

މޯލްޑިވިއަން މަނިޓަރ އޮތޯރިޓީ( އެމްއެމްއޭ) ގައި އޮންނަ ފައިނޭންޝަލް އިންޓެލިޖެންސް (އެފްއައިޔޫ) ގެ ޑޭޓާބޭސްގެ މައުލޫމާތު ބޮޓެއް މެދުވެރިކޮށް ޓެލެގްރާމްގައި ލީކް ކޮށްފައިވާކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ގަވަރުނަރު ނަސީރާ ބެހޭ ގޮތުން އެފްއައިޔޫގެ ކުރީގެ ހެޑް އަބްދުﷲ އަޝްރަފް ފޮނުވާފައިވާ ސިޓީއާ ގުޅޭ ގޮތުން ދެ ބޭފުޅުން ވަނީ އެ ކޮމިޓީއަށް ވަކިވަކިން ހާޒިރުކޮށް ސުވާލުކޮށްފައެވެ.

Advertisement - newsAdvertisement

ނަސީރާ ދެކޮޅަށް އަޝްރަފް ވަނީ ގިނަ ތުހުމަތުތަކެއް ކުރައްވާފައެވެ. އޭގެ ތެރޭގައި، އެފްއައިޔޫގެ މަސައްކަތަށް ގަވަރުނަރު ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ގިނަ ފައިސާތަކެއް ވަދެފައިވާތީ އެ މައްސަލަ އެފްއައިޔޫ އިން ފުލުހުންނަށް ހުށައެޅުމުން އެކަމާއި ހިތްހަމަނުޖެހި ވަޑައިގެން ވަޓްސްއެޕް އިން ގުޅައި އެހެން ކަންތައް ނުކުރުމަށް އަންގަވާފައިވުމުގެ އިތުރުން، ވަކި މައްސަލަތައް ބަލަން ގަވަރުނަރު އިރުޝާދު ދެއްވަފައިވާ ކަމަށް އޭނާ ވަނީ ކޮމިޓީގައި ވިދާޅުވެފައެވެ.

އެކަމާއި ބެހޭ ގޮތުން ކޮމިޓީ އަށް ޖަވާބުދާރީވަމުން ނަސީރު ވިދާޅުވީ، މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ އިސްކަމެއްދެއްވީ އެފްއައިޔޫ ޔުނިޓް ވަރުގަދަކޮށް އެތަން އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ކަމަށެވެ. ނަސީރު ގަވަރުނަރު ކަމުގެ މަގާމާއި ހަވާލުވެވަޑައިގަތީ 2017 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 24 ވަނަ ދުވަހުއެވެ.

މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު އޮކްޓޫބަރު އެމެރިކާގައި ބޭއްވި އައިއެމްއެފްގެ ކޮންފަރެންސް އެއްގައި ބައިވެރިވެވަޑައިގެން އައިއެމްއެފްގެ ލަފާގެ ދަށުން ރަނގަޅު ކޮންސަލެޓެންޓެއްގެ ސީވީ ހޯދައި އެ ސީވީ އަޝްރަފް އަށް ހުށައެޅި ކަމަށެވެ. އެކަމަކު އެކަމުގައިވެސް އޭނާގެ އެއްބާރުލުމެއް އެއްވެސް ވަރަކަށް ނުލިބޭ ކަމަށާއި އޮޑިޓް ރިޕޯޓްވެސް ހަދާފައި ނުވާ ކަމަށެވެ. އެހެން ކަމުން ހަތަރު މަސް ދުވަސް ވަންދެން އޭނާގެ ޕާފޯމެންސް ބެލުމަށް ފަހު އަޝްރަފް އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. އެފްއައިޔޫގެ ހެޑް ކަމުން ވަކިކުރުމަށް ފަހު އަޝްރަފު ބަދަލުކުރީ ހަމަ އެ ފެންވަރުގެ މަގާމަކަށެވެ. އޭނާ މަގާމުން ވަކިކޮށްފައިވަނި ނިމިގެންދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުގައެވެ.

ނަސީރު ވިދާޅުވީ، އެފްއައިޔޫގެ މަސައްކަތް ހަރުދަނާ ކުރުމުގެ ގޮތުން ރަނގަޅު ޑޭޓާބޭސްްއެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ރިޔާސީ އިންތިހާބުގެ ކުރިން އެފްއައިޔޫގެ ތެރެއިން މައުލޫމާތު ލީކުވަމުންދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އަޝްރަފް މަގާމުން ވަކިކުރަން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއްކަމަށާއި، އެ ނިންމުމުގެ ފަހަތުގައި އަޝްރަފް އިސްކޮށް ހުރެގެން ޓެލެގްރާމްގައި ޑެޓާބޭސް ލީކް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބުން ހިމެނޭ ކަމަށް ނަސީރު ވިދާޅުވިއެވެ.

ނަސީރު ވިދާޅުވީ، އެއީ ކޮށްގެން ވާނެ ފަދަ ކަމެއް ނޫންކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް އަންގާފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން އަޝްރަފް މަގާމު ބަދަލުކުރި ފަހުން ހަތަރުމަސް ދުވަސްވަން ދެން އެފްއައިޔޫ އަށް އަންނަ ޑޮކިއުމެންޓްސް އަށް އަޝްރަފް އެކްސެސްކުރަމުން ގޮސްފައިވާ ކަމަށް ވެސް ނަސީރު ތުހުމަތު ކުރެއްވިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

 ރައުދާގެ މަރުގެ ތަހުގީގާ ގުޅޭ މައުލޫމާތު ހޯދުމަށް ދެ ފުލުހަކު ބަންގްލަދޭޝްއަށް

ރައުދާގެ މަރުގެ ތަހުގީގާ ގުޅޭ މައުލޫމާތު ހޯދުމަށް ދެ ފުލުހަކު ބަންގްލަދޭޝްއަށް

03 އެޕްރީލު 2017
ފާރިސް މައުމޫނު ގަސްދުގައި ތަހުޤީޤް ލަސްކުރަނީ، ހަޤީޤަތް އޮޅޭ މައުލޫމާތު ނުފެތުރުމަށް ގޮވާލަން: ޕޮލިސް

ފާރިސް މައުމޫނު ގަސްދުގައި ތަހުޤީޤް ލަސްކުރަނީ، ހަޤީޤަތް އޮޅޭ މައުލޫމާތު ނުފެތުރުމަށް ގޮވާލަން: ޕޮލިސް

01 އެޕްރީލު 2017
ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު

ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު

15 މާރިޗު 2017
މައުލޫމާތު ނުލިބިގެން މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 53 މައްސަލަ: އިންފޮމޭޝަން ކޮމިޝަނަރ

މައުލޫމާތު ނުލިބިގެން މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 53 މައްސަލަ: އިންފޮމޭޝަން ކޮމިޝަނަރ

13 މާރިޗު 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު