Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަވޭކަން ދަ ޕޮޓެންޝަލް ވިތިން ފޯރަމް

އަންހެނުން ބާރުވެރި ކުރުވުމުގެ ފޯރަމް ފަށައިފި

ފޯރަމްގެ މަގްސަދަކީ ވަޒީފާގެ މާހައުލުގައި އަންހެނުން ބާރުވެރިކުރުވާ އަންހެނުންނަކީ އަމިއްލަ ނަފްސަށް އިތުބާރުކުރެވޭ ބަޔަކަށް ހެދުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 22 ޖުލައި 2019 | ހޯމަ 15:04
އައިވީގެ ފައުންޑިން ޑިރެކްޓަރ ހިރާ އަލީ އަދި ޑައިރެކްޓަރ ގުލް ޚާން

އައިވީގެ ފައުންޑިން ޑިރެކްޓަރ ހިރާ އަލީ އަދި ޑައިރެކްޓަރ ގުލް ޚާން

އިންޓަނޭޝަނަލް ވިމެން އެމްޕަވަރމެންޓް އިވެންޓްސް (އައިވީ) އިން "އަވޭކަން ދަ ޕޮޓެންޝަލް ވިތިން" ގެ ނަމުގައި އަންހެނުން ބާރުވެރިކުރުމުގެ ފޯރަމެއް ކުރުނބާ މޯލްޑިވްސް ގައި ފަށައިފިއެވެ.

ކޮންފަރެންސް ފެށުމުގެ ގޮތުން އައިވީގެ ފައުންޑިން ޑިރެކްޓަރ ހިރާ އަލީ އަދި ޑައިރެކްޓަރ ގުލް ޚާން ވަނީ އައިވީ އަކީ އަންހެނުން މަސައްކަތުގެ މާހައުލުގައި ކުޅަދާނަ ބާރުވެރި ބަޔަކަށް ހެދުމަށްޓަކައި މަސައްކަތް ކުރާ ޖަމާއަތެއް ކަމަށާ މިފަހަރުގެ މި ފޯރަމްގެ މަގްސަދަކީ ވަޒީފާގެ މާހައުލުގައި އަންހެނުން ބާރުވެރިކުރުވާ އަންހެނުންނަކީ އަމިއްލަ ނަފްސަށް އިތުބާރުކުރެވޭ ބަޔަކަށް ހެދުން ކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ހިރާ އަލީ އަކީ ތަޖުރިބާކާރު އިންޓަރނޭޝަނަލް ލީޑަރޝިޕް ޓްރެއިނަރެއް އަދި ކެރިއާރ ކޯޗެކެވެ.

މިހާރު މަނީ މައިންޑް އެކްސްޕާރޓް އެއް އަދި ހީލަރެއް ގޮތުގައި މަސައްކަތްކުރާ ގުލް ޚާން ވަނީ މީގެ ކުރިން ބޭންކިން އެންޑް ފައިނޭންސް ގެ ލޯޔަރެއްގެ މަގާމު އަދާކޮށްފައެވެ.

ފޯރަމް ފެށުމުގެ ހަފްލާ ޝަރަފްވެރި ކޮށްދީފައިވަނީ ރާއްޖޭގެ ކުޅަދާނަ އަންހެން ޑައިވަރ، ރާއްޖޭގެ ފުރަތަމަ ޕަޑީ ޑައިވިން ކޯސް ޑައިރެކްޓަރ އަދި މޫދުބުޅާގެ ވެރިފަރާތް ޒޫނާ ނަސީމްއެވެ. ޒޫނާ ވަނީ އޭނާގެ ވާހަކައިގައި އަންހެން ދަރިން ބާރުވެރިކުރުވުމުގެ އެންމެ ފުރަތަމަ ފިޔަވަޅު އެޅޭނީ އެކުދިންގެ ޅަފަތުގައި ގޭތެރޭގައި މަންމައިންނަށް ކަމަށް ބުނެފައެެވެ. އަދި ކުރިއެރުމަކީ އެންމެ ދުވަހަކުން ލިބޭނެ އެއްޗެއް ނޫން ކަމަށާއި ގަދައަޅާ މަސައްކަތް ކުރުމުން ކާމިޔާބީ އަކީ މާދުރުގައިވާ އެއްޗެއް ނޫން ކަމަށް ޒޫނާ ވަނީ ވިދާޅުވެފައެވެ.

ފޯރަމްގެ ހާއްސަ މެހެމާން ޑރ. ޔުވޯން ތޮމްޕްސަން ވަނީ ކޮންމެ ތާކަށް ދިޔަކަމުގައި ވިއަސް އަންހެނުން ވާންވާނީ ކެރޭ، ކުޅަދާނަ އަދި ފިސާރި ކަނބަލުންނަން ކަމަށް ވިދާޅުވެފައެވެ. އިނގިރޭސި ވިލާތުގެ އަންހެނުން ބާރުވެރިކުރުވުމުގައި އިސްދައުރެއް އަދާ ކުރާ ޑރ ޔުވޯން ވަނީ ރާއްޖެފަދަ ކުޑަ ގައުމެއްގައި އަންހެނުންނަކީ ނުފޫޒުގަދަ ބަޔަކަށް ވުމަށްޓަކައި ވަރަށް ބައިވަރު މަސައްކަތް ކުރެވޭނެ ކަމަށާއި ރާއްޖޭގެ އަންހެނުންނަކީ ކުރާ ކޮންމެ ކަމެއްވެސް އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް މަސައްކަތް ކުރާ ބަޔެއް ކަމަށް ފާހަގަ ކޮށްފައެވެ.

ފޯރަމްގައި އިތުރަށް ވާހަކަ ދައްކަވަމުން، ފޯރަމްގެ އެއް ބައިވެރިއެއް ކަމަށްވާ ހޯޕް ފޮރ ވިމެންގެ ޗެއަރމޭން އަހްމަދު އަންވަރު ވިދާޅުވީ ދެޖިންސުގެ ހަމަހަމަ ކަމަށް ފިރިހެނުން އިސްނަގާ އަޑު އުފުލަން ޖެހޭނެ ކަމަށެވެ.

އައިވީގެ ފައުންޑިން ޑިރެކްޓަރ ހިރާ "ގްލޯބަލް ޗެލެންޖަސް ފޮރ ވިމެން" އަދި "ލޯޑިން ފްރޮމް ދަ ފްރަންޓް ވިތް އިމްޕެކްޓް އެންޑް އިންފުލުއެންސް" މައުލޫތަކަށް ވާހަކަ ދައްކާފައިވާއިރު އައިވީގެ ޑިރެކްޓަރ ގުލް ހާން ވަނީ މަނީ މައިންޑްސެޓް ގެ ސެޝަން އެއް ބައިވެރިންނަށް ނަގާދީފައެވެ.

މީގެ އިތުރުން "އަންބްރޯކެން" ގެ ލިޔުންތެރިޔާ މެޑަލީން ބްލެކްވަނީ އޭނާގެ ހަޔާތުގައި ކުރިމަތިލާން ޖެހުނު ރޭޕްގެ ވާހަކަތަކާ އެކަމުގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ކޮށްފައިވާ އަސަރުތަކާ، އެ ކަންކަމުން އަރައިގަތުމަށް ކުރި މަސައްކަތްތައް ފޯރަމްގެ ބައިވެރިންނާ ހިއްސާ ކޮށްފައެވެ.

ފޯރަމްގެ ބައިވެރިން ވަނީ އެ ބޭފުޅުންގެ ހަޔާތުގައި ކުރިމަތި ވެފައިވާ ޖިންސީ ފުރައްސާރަ ތަކުގެ ވާހަކަ ޕެނަލް ޑިސްކަޝަން ތަކުގައި ހިއްސާ ކޮށްފައެވެ. އަދި މި ޕެނަލް ޑިސްކަޝަންތަކުގައި ވަނީ އަންހެނުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެކަންކަމުން އަރައިގަތުމަށް ކުރެވިދާނެ ކަންތަައްތައް ހިއްސާކޮށް މަޝްވަރާ ކޮށްފައެވެ.

ފޯރަމްގެ ފުރަތަމަ ދުވަސް ކާމިޔާބުކަމާއެކު ނިންމާލެވުުނު އިރު ބައިވެރިން ބުނަމުން ދިޔައީ ފޯރަމްގެ ސަބަބުން ބޭނުން ހުރި ތަފާތު މައުލޫމާތުތަކާ ފިލާވަޅުތައް ލިބިގެންދިޔަ ކަމުގައެވެ.

ޖުލައި 22 ވަނަ ދުވަހުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ފޯރަމް އިންތިޒާމު ކުރަނީ، ހޯޕް ފޮރ ވިމެން، ވިމެން އޮން ބޯރޑް، ބަޓަރފްލައި އިފެކްޓް، ބޭންކް އޮފް މޯލްޑިވްސް، ކުރުނބާ މޯލްޑިވްސް، ޔުނިސެފް، ހަމިންގްބާރޑް، ސްޓޭޓް ޓްރެއިނިންގެ އޯރގަނައިޒޭޝަން (އެސްޓީއޯ) އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ( އެމްޓީސީސީ) ގުޅިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 ޖޫން
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި
20251 އަހަރު ކުރިން
ދުނިޔެ

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"
20242 އަހަރު ކުރިން
ރާއްޖެ

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި
20233 އަހަރު ކުރިން
ރިޕޯޓު

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު