Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖުޑީޝަރީ ކޮމިޓީ

ވަކި ގޮތަކަށް ދައުވާ ކޮށްދިނުމަށް އެދި އެއްވެސް ވަކީލަކު ކައިރީ އެދިފައެއް ނުވާނެ: ޕީޖީ ބިޝާމް

22 ޖުލައި 2019 | ހޯމަ 14:24

ޕީޖީއިން އަނބުރާ ދައުވާ ގެންދިޔައީ މިދިޔަ އަހަރުގެ އޮކްޓޫބަރު 15 ވަނަ ދުވަހު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 22 ޖުލައި 2019 | ހޯމަ 14:24
ޕީޖީ ބިޝާމް

ޕީޖީ ބިޝާމް

ވަކި ގޮތަކަށް ދައުވާ ކޮށްދިނުމަށް އެދި އެއްވެސް ވަކީލަކު ކައިރީ އެދިލައްވާފައި ނުވާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ބިޝާމް ވަނީ އެކޮމެޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ. ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ބިޝާމާއި ކުރެއްވި ސުވާލަކީ 2017 ވަނަ އަހަރު ޖުލައި މަހުގެ ތެރޭގައި 12 މެމްބަރަކު މަޖިލީހަށް ވަން މައްސަލައިގައި ދައުވާކޮށްފައިވަނީ ކޮން މިންގަނޑަކުންތޯއެވެ.

Advertisement - newsAdvertisement

އެ ސުވާލަށް ޖަވާބު ދެއްވަމުން ބިޝާމް ވިދާޅުވީ އެގޮތަށް ދައުވާކުރަން ފޮނުވީ އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރުންނަކީ މެމްބަރުން ނޫން ކަމަށް ކަނޑައެޅި ސިޓީގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި އެ ދައުވާ އަނބުރާ ގެންދިޔައީ ސުޕްރީމް ކޯޓުން ނިންމި ނިންމުމާއި އެކު ކަމަށް ބިޝާމް ވިދާޅުވިއެވެ. އެއީ އެއްވެސް ވަކީލަކަށް އެއްވެސް ގޮތަކަށް ދައުވާ ކޮށްދިނުމަށް އެދިވަޑައިގެންފައި ނުވާނެ ކަމަށާއި ކޮންމެ މައްސަލައެއް ވެސް ދައުވާ ކުރަން ފޮނުވަނީ ދިރާސާ ކުރުމަށް ފަހު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑިއާމެދު ސުވާލު އުފައްދައި އަސްކަރިއްޔާ މެދުވެރިކޮށް އެ މެމްބަރުން މަޖިލީހަށް ވެއްދުން މަނާކުރީ ސަރުކާރު ހިންގާ ޕީޕީއެމަށް މަޖިލީހުގެ މެޖޯރިޓީ ގެއްލުމުންނެވެ. ޖުލައި، 24، 2017 ވަނަ ދުވަހު އޭރުގެ ސަރުކާރުގެ އިދިކޮޅު މެމްބަރުން މަޖިލީހަށް ވަނުމަށް ހުރަސްއެޅީ ސިފައިންނާއި ފުލުހުންނެވެ. ސުޕްރީމް ކޯޓުން އޭރު ނިންމީ މެމްބަރުން އިންތިހާބުވި ޕާޓީން ވަކިވެއްޖެ ނަމަ، އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭނެ ކަމަށެވެ. ނަމަވެސް އެގޮތަށް ސުޕްރީމް ކޯޓުން ނިންމުމުގެ ކުރިން އެ 12 މެމްބަރުން ވަނީ ޕީޕީއެމްގެ މެމްބަރު ކަމުން ވަކިވެފައެވެ. އެކަން އެހެން އޮތްކަމުގައި ވީ ނަމަވެސް އިލެކްޝަންސް ކަމިޝަނުން ވެސް އޭރު ކަނޑައެޅީ 12 މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށެވެ.

އެގޮތަށް އެހެން އޮއްވައި މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް 45 މެމްބަރުން ސޮއި ކުރައްވާ މަޖިލީހަށް ލީއިރު ޕީޕީއެމްގެ ކުރީގެ 12 މެމްބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ. މެމްބަރުން މަޖިލީހަށް އެދުވަހު ވަނީ މަސީހުގެ މައްސަލަ އެޖެންޑާނުކޮށް ބޭރުކުރުމުން އެކަމާ ހިތްހަމަ ނުޖެހިގެންނެވެ. މަޖިލިސް އިދާރާ ހިމެނޭ ސަރަހައްދު ބަންދު ކޮށްފައިވަނިކޮށް، ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލިސް އިދާރާއަށް ވަންކަމުގެ ދައުވާ އެ 12 މެމްބަރުންގެ މައްޗަށް ކޮށްފައި ވެއެވެ.

މި މައްސަލާގައި 12 މެމްބަރުންނަށް ކުރި ދައުވާ ޕީޖީއިން އަނބުރާ ގެންގޮސްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް އިންތިހާބުވެވަޑައިގެންނެވި ފަހުން މިދިޔަ އަހަރުގެ އޮކްޓޫބަރު 15 ވަނަ ދުވަހު އެވެ.

ޖުޑީޝަރީ ކޮމިޓީގައި ބިޝާމް ވިދާޅުވީ ޕީޖީއިން އަނބުރާ އެ ދައުވާ ގެންދިޔައީ ސުޕްރީމް ކޯޓުގެ ހުކުމްގައި

އެއީ މެމްބަރުން ކަމަށް ކަނޑައެޅުމާއި ގުޅިގެން ކަމަށެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް