Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިނިވަން ދުވަސް

ދެ އަހަރުގެ މެދުކެނޑުމަކަށްފަހު މިނިވަން ދުވަހުގެ ފުޅަނދު ބުރު ބާއްވަނީ

ފުޅަނދުބުރު ފެށޭނީ މިމަހުގެ 27 ވާ ހޮނިހިރު ދުވަހުގެ ރޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 ޖުލައި 2019 | ހޯމަ 07:56
މިނިވަން ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔަ ފުޅަނދުބުރެއްގެ ތެރެއިން

މިނިވަން ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔަ ފުޅަނދުބުރެއްގެ ތެރެއިން

ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މިއަހަރުގެ މިނިވަންދުވަހާ ގުޅިގެން "ފުޅަނދުބުރު" ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ބުނެފިއެވެ.

މިނިވަން ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކެއް ރާވާފައިވާއިރު، ހޯމް މިނިސްޓްރީން ބުނީ މިމަހުގެ 27 ވާ ހޮނިހިރު ދުވަހުގެ ރޭ މާލޭގެ ބޮޑެތި މަގުތަކުގައި ފުޅަނދުބުރުގެ ހަރަކާތްތައް އޮންނާނެ ކަމަށާއި، އޭގެތެރޭގައި މަޖީދީމަގު، ސޯސަންމަގު، އަމީރުއަހުމަދު މަގު، އަދި ބޮޑުތަކުރުފާނުމަގު ހިމެނޭ ކަމަށެވެ. އެގޮތުން ފުޅަނދުބުރުގައި ބޭނުންކުރާ ފުޅަނދުތައް ޖުލައި 28 ވާ އާދިއްތަ ދުވަހުގެ ހަވީރާއި ރޭގަނޑު އާއްމުންނަށް ފެންނާނެހެން އިންޑަސްޓްރިއަލް ޒޯން ޞަރަހައްދުގައި ހުންނާނެ ކަމަށާއި، ފުޅަނދުގައި ކުރިއަށްގެންދާ ކުޅިވަރުތައް އެތަނުގައި އޮންނާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

މިއަހަރުގެ ފުޅަނދުތައް ތައްޔާރުކުރަނީ ސަރުކާރުގެ ކުންފުނިތަކުން ކަމަށްވެސް ހޯމް މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން މިފަހަރުގެ ފުޅަނދުތައްވެސް ކުޑަކުދިން ޝައުޤުވެރިވާގޮތަށް އަދި ދިވެހި ސަޤާފަތް ދައްކުވައިދޭ ގޮތަށް ގެނެސްދޭނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް ބައިވެރިވާ މުއައްސަސާތަކުގެ ތަފްސީލެއް ހޯމް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

އޭގެ އިތުރުން، މިނިވަންދުވަހާއި ގުޅިގެން ބާއްވާ ޕެރޭޑާއި ރޫޓްމާޗް އަންނަ ހޮނިހިރު ދުވަހު ހަވީރު މާލޭގެ ބޮޑެތި މަގުތަކުގައި އޮންނާނެ ކަމަށާއި، މިރޫޓް މާޗްގައި އެމްއެންޑީއެފްގެ ޕެރޭޑާއި، ސްކޫލްތަކުން ބައިވެރިވާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވެއެވެ. އެކަމާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ، ޖުލައި 27 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:30 ގައި ސިފައިންގެ މައި މަރުކަޒު ކައިރިން އެމްއެންޑީއެފްގެ ޝަރަފުގެ ހިނގާލުން ފެށޭނެ ކަމަށާއި، ފަސް ސަރަހައްދަކަށް ހިނގާލުން ހުއްޓާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ޝަރަފުގެ ހިނގާލުން ހުއްޓާލުމަށް ހަމަޖެހިފައިވާ ސަރަހައްދުތައް:

އޭގެއިތުރުން، މިނިވަން ދުވަހާއި ގުޅިގެން ހެވިކަމުގެ ކުޅިވަރުތަކެއްވެސް ރާވާފައިވާއިރު، ހެވިކަމާ ކުޅިވަރު އޮންނާނީ ޖުލައި 26 ވަނަ ދުވަހުގެރޭ ރަސްމީ ސްޓޭޑިއަމްގައި ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. އެގޮތުން އެކުޅިވަރުތަކުގައި ވިލިމާލެއާއި، ހުޅުމާލެ ހިމެނޭގޮތަށް މާލޭގެ 6 ސްކޫލަކުންނާއި އެމްއެންޑީއެފް ބައިވެރިވާނެ ކަމަށާއި، އެކަމުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.

މިނިވަން ދުވަހުގެ ހަރަކާތްތަކަށް ބޮޑެތި ތައްޔާރީތަކެއް ވަމުންދާއިރު، މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެންމެ ފަހުން ފުޅަނދު ބުރު ބާއްވާފައިވަނީ 2015 ވަނަ އަހަރުއެވެ. އެގޮތުން ސަރުކާރުގެ 24 މުއައްސަސާއަކުން ބައިވެރިވި އެ ފުޅަނދުބުރުގައި 34 ފުޅަނދު އެފަހަރު ވަނީ ދައްކާލާފައެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު