Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީޕީއެމް-ޕީއެންސީ

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާނެ ގޮތެއް އަދި ނުނިންމަން : ޝުޖާއު

ޕްރައިމަރީ ބާއްވާނީ އޮކްޓޯބަރ-ނޮވެމްބަރ ހިސާބުގައި

މުހައްމަދު ލިސާން
މުހައްމަދު ލިސާން, ރާއްޖެ އެމްވީ | 22 ޖުލައި 2019 | ހޯމަ 04:23
ޕީއެންސީގެ ނައިބް ރައީސް ޝުޖާއު

ޕީއެންސީގެ ނައިބް ރައީސް ޝުޖާއު

ލޯކަލް ކައުންސިލް އިންތިހާބުގައި ނިކުންނާނީ ދެ ޕާޓީން އެކުގައިތޯ ނުވަތަ އެއްޕާޓީ އަކުން ކަމުގައި ކަމެއް އަދި ލީޑަރ ޝިޕުން ނުނިންމާ ކަމުގައި ޕީއެންސީގެ ނައިބު ރައީސް ސުޖާއު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ޕީޕީއެމް-ޕީއެންސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝުޖާއު ވިދާޅުވީ ޕާޓީން ޕްރައިމަރީއެއް ބާއްވާނެ ކަމަށާއި ޕްރައިމަރީ ބާއްވާނީ އޮކްޓޯބަރ-ނޮވެމްބަރ ހިސާބުގައި ކަމަށެވެ. އަދި ޕްރައިމަރީއަށް ތައްޔާރުވުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށްދާ ކަމުގައި ޝުޖާއު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޭގެ އިތުރުންވެސް ލޯކަލް ކައުންސިލް އިންތިހާބާއި ގުޅުވައިގެން ސާރވޭ ތަކެއް އެބަ ކުރާކަމަށާއި އަދި މަސްވެރިން، ދަނޑުވެރިން އަދި މަޖޫރީންގެ އިތުރުން ޒުވާނުންވެސް ސަރުކާރަށް "އޯކޭ" ނޫން ކަމުގައި އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ސައިކޮޓަރީގައި އިންނަވައިގެން ފަސޭހަކަމާއެކު ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުވާނެކަމަށް ޕްލޭން ހައްދަވާނެ ކަމެއް ނެތްކަމަށާއި ލޯކަލް ކައުންސިލް އިންތިހާބް "ބޮޑުކޮށް" ކާމިޔާބު ކުރައްވާނެ ކަމުގައި ޝުޖާއު ވިދާޅުވިއެވެ. ރައީސް ނަޝީދު ދައްކަވާ ސިއްރު ވާހަކަފުޅުތައް ބަރާބަރަށް އިނގިލައްވާކަމަށާއި އަދި މައުލޫމާތު ޕާޓީއަށް ބަރާބަރަށް ލިބޭކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ އަނބޮއްފުޅާއި ދަނބޮއްފުޅުގެ ސަރުކާރުކަމުގައި ބުނެ މި ސަރުކާރަށް ޝުޖާއު ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. އަދި މާލެސިޓީގެ ފަރާތުން ސިނަމާލެ ބްރިޖް ކައިރީގައި ހަދަމުން އަންނަ ޕާކް ބަދަލުކުރައްވާނެ ކަމަށާއި ވެރިކަމާ ހަވާލުވެ އެންމެ ފުރަތަމަ ވެސް ކުރައްވާނީ އެކަން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ފެންފޯއް ރުއް އިންދައި، ދޮންވެލި ލައިގެން ޖަޒީރާ ވަންތަކަން ގެންނަށް މަސައްކަތް ކުރާނެ ކަމެއް ނެތްކަމަށް ވިދާޅުވަމުން ޝުޖާއު ވިދާޅުވީ ދިވެހިން ބޭނުންވަނީ "ސްނޯ" މަތީގައި ކުޑަކުދިން އުޅޭކަހަލަ ތަރައްގީ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވަމުން އަންނަނީ ޖޯކެއްގެ ސިފައިގައި ނޫންކަމަށާއި އިންތިހާބަށް ތައްޔާރުވަމުން އަންނަނީ ވަރަށް ސީރިއަސް ދިރާސާ ތަކެއްގެ މައްޗައް ބިނާކޮށް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޕީޕީއެމް ޕީއެންސީގެ ފަރާތުން ސިޔާސީ ހަރަކާތްތައް ފޯރިއާއި އެކު ކުރިޔަށް ގެންދިޔުމަށާއި ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން 1 އޮގަސްޓްގައި ވަނީ ރައީސް ޔާމިން ބައިވެރިވާ ރެލީ އެއް ބާއްވަން ނިންމައިފިއެވެ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު