Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕްލޭނިން މިނިސްޓްރީ

ފަސް ސަރަހައްދުގައި 20 މިނެޓުން ދަތުރުކޮށްފައިދެވޭހާ ދުރުމިނުގައި އެއަރޕޯޓުތައް އަޅަނީ

21 ޖުލައި 2019 | އާދީއްތަ 12:54

ފަސް ސަރަހައްދު މިހާރު ވަނީ ކަނޑައަޅާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 21 ޖުލައި 2019 | އާދީއްތަ 12:54
ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް

މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ފުރައިގެން ވިހި މިނެޓުން ދަތުރުކޮށްފައި އެއާޕޯޓަށް ދެވޭހާ ދުރުމިނުގައި އެއާޕޯޓްތައް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، ގައުމީ ތަރައްގީގެ ޕްލޭންގަ ސަރަހައްދުތައް ތަރައްގީ ކުރެވިގެންދާއިރު އެކަމަށް ސަމާލުކަން ދެއްވާގެން ތަރައްގީ ކުރެވިގެންދާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ޕްލޭނިން މިނިސްޓްރީގެ މަސައްކަތްތަކާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ތަރައްގީގެ ޕްލޭންއާ ބެހޭ ގޮތުން މިނިސްޓަރު އަސްލަމް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ރާއްޖެ ތަރައްގީ ކުރުމަށް އެކި ސަރަހައްދު ތަކަކަށް ބަހާލައިގެން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުން ކަމަށެވެ.

އެގޮތުން ފަސް ސަރަހައްދަކަށް ބަހާލައިގެން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ޕްލޭންކުރެވިފައިވާ ކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ ފަސް ސަރަހައްދު ތަރައްގީ ކުރެވިގެންދާއިރު، އެ ފަސް ސަރަހައްދުގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ފުރައިގެން ވިހި މިނިޓުން ދަތުރުކޮށްފައިދެވޭހާ، ދުރުމިނުގައި އިންޓަނޭޝަނަލް އެއާޕޯޓްތައް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި މި ކަމަކީ ގައުމީ ތަރައްގީގެ ޕްލޭންގެ ތެރޭން ކުރެވިގެންދާނެ ކަމެއްކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

އަސްލަމް ވިދާޅުވީ ރާއްޖެ ތަރައްގީ ކުރުމުގައި މައިގަނޑު ފަސް ސަރަހައްދު ކަނޑައަޅާއިރު، އެ ރަށް ވަށައިގެން 20 މޭލުގައި ހުންނަ ރަށްތަކަކީ ސަބް ރީޖަންގެ ގޮތުގައި ކަނޑައަޅިގެންދާނެ ތަންތަން ކަމަށެވެ. އަދި 35 މޭލު ދުރުމިނުގައި ހުންނަ ރަށްތައް ސަބް އާބަން ޒޯނެއްގެ ގޮތުގައި ކަނޑައެޅިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ފަސް ޕްރައިމަރީ ސަރަހައްދު ފާހަގަކުރެވިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު އަސްލަމް ވިދާޅުވީ ނުވަ ސަރަހައްދެއް ސަބް ރީޖަންގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ރާއްޖެ ތަރައްގީ ކުރުމުގައި ދިވެހިންނަށް އޮތް އެންމެ ބޮޑު ހުރަހަކީ އެއްތަނުން ތަނެއްތަނަށް ދަތުރުފަތުރު ކުރުމުގައި އުޅޭ ދަތިތަކާއި، ދަތުރުފަތުގެ ހަރަދު ބޮޑުވުން ކަމަށެވެ. ނަމަވެސް މިމަޝްރޫއުއާއެކު ހައްލު ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ސަރަހައްދީ ތަރައްގީގެ ޕްލޭންގެ މަސައްކަތްކުރާއިރު، މަހެއްހާ ދުވަހުގެ ތެރޭގައި އެ ޕްލޭން ނިންމާ ރައްޔިތުންގެ މަޖްލީހާ ހިއްސާކުރާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް