Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް 2019

ބޭންކްގެ ޑެޕިއުޓީ ސީއީއޯ ކޮމިޓީއަށް ދޮގު މައުލޫމާތު ދިން މައްސަލަ ފުލުހަށް

21 ޖުލައި 2019 | އާދީއްތަ 09:10

ދޮގު މައުލޫމާތު ދީފައިވަނީ މާލިއްޔަތު ކޮމިޓީއަށް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 21 ޖުލައި 2019 | އާދީއްތަ 09:10
ބޭންކް އޮފް މޯލްޑިވްސްގެ ޑެޕއުޓީ ސީއީއޯ  މުހައްމަދު ޝަރީފް

ބޭންކް އޮފް މޯލްޑިވްސްގެ ޑެޕއުޓީ ސީއީއޯ މުހައްމަދު ޝަރީފް

ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ދޮގު މައުލޫމާތު ދެއްވި މައްސަލަ ތަހްގީގް ކުރަން ފުލުހުންގެ އިދާރާއަށް ފޮނުވަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވީ ، 16 ޖުލައިގައި އޮތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ ޝަރީފް ކޮމިޓީއަށް ވަޑައިގެން ސައްހަ ނޫން މައުލޫމާތު ދެއްވާފައިވާ ކަމަށް، ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް އަންގަވާފައިވާ ކަމަށެވެ. ނިއުޝާ ވިދާޅުވީ ކޮމިޓީއަށް ވަޑައިގެން ސައްހަ ނޫން މައުލޫމާތު ޝަރީފް ދެއްވި މައްސަލަ ތަހުގީގު ކުރުމުގެ އިތުރުން، ދައުވާކޮށް ދެއްވުމަށް ކަމާއި ގުޅޭ މުއައްސަސާތަކަށް އާދީއްތަ ދުވަހު ފޮނުވަން ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ނިއުޝާ ވިދާޅުވީ މި މައްސަލަ ތަހުގީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ސިޓީ އަކުން އާދީއްތަ ދުވަހު އަންގާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 99 ވަނަ މާއްދާގެ ހ ގައި ބަޔާންވެގެންވަނީ ކޮންމެ މީހަކަށްމެ ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ، މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ހެކިބަސް ދިނުމަށާއި، ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އެންގުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށާއި، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ލިބިގެންވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކޮންމެ މީހަކާއި ކުރާ ކޮންމެ ސުވާލަކަށް އެ މީހަކަށް އެގި ހުރި އެންމެ ރަނގަޅަށް ތެދު ބަހުން ޖަވާބުދޭންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ވެސް ހަމަ މިހެން ތަކުރާރުވެފައިވެއެވެ.

ބޭންކްގެ ޑެޕިއުޓީ ސީއީއޯ އަށް މަޖިލީހަށް ދޮގު މައުލޫމާތު ދެއްވި މައްސަލަ ތަހުގީގުކުރަން ފުލުހުންގެ އިދާރާއަށް ފޮނުވަން މަޖިލީހުގެ އިދާރާއިން ނިންމާފައިވާއިރު، ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމަވާލައްވަމުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބައެއް މުއައްސަސާތަކުން ވަޑައިގަންނަވާ ބޭފުޅުން މަޖިލީހުގައި ސާފުބަހުން ވާހަކަ ނުދައްކާ ކަމުގެ ޝަކުވާ، ބައެއް ކޮމިޓީތަކުގެ މުގައްރިރުން އެ މަނިކުފާނު އަރިހުގައި ވިދާޅުވެފައިވާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ މަޖިލީހަށް ވަޑައިގެން އިތުރުފުޅު ހެއްދެވުމަކީ ޖިނާއީ ކުށެއް ކަމަށާއި، އެއްވެސް ބޭފުޅަކު މަޖިލީހަށް ދޮގު މައުލޫމާތު ދެއްވާކަން ފާހަގަކުރެއްވިއްޖެނަމަ ތަހުގީގު ކުރައްވާނެ ކަމަށާއި، އެއްވެސް މުއައްސަސާއެއްގެ ވެރިއެއްގެ ފަރާތުން އެފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ، ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލަށް ފޮނުއްވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

26 މާރިޗު 2017

ނިހާނާއި އިލްހާމް ޕީޕިއެމްގެ މައްސަލައެއް މައުމޫންގެ ފެކްޝަންގެ ސްލޫކީ ކޮމިޓީއަށް!

26 މާރިޗު 2017
ނިހާނާއި އިލްހާމް ޕީޕިއެމްގެ މައްސަލައެއް މައުމޫންގެ ފެކްޝަންގެ ސްލޫކީ ކޮމިޓީއަށް!
14 މާރިޗު 2017

އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!

14 މާރިޗު 2017
އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!
13 މާރިޗު 2017

ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!

13 މާރިޗު 2017
ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!
12 މާރިޗު 2017

ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!

12 މާރިޗު 2017
ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!
10 މާރިޗު 2017

ސައުދީން ނުވަތަ ރައީސް އެބަ ދޮގުހަދާ: އަސްލަމް

10 މާރިޗު 2017
ސައުދީން ނުވަތަ ރައީސް އެބަ ދޮގުހަދާ: އަސްލަމް
10 މާރިޗު 2017

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން
01 މާރިޗު 2017

އެމްޕީއެލްގެ ސީއީއޯ އަކަށް ހަލީމް، އެމްއާރްޑީސީ އަށް ނިމާލް!

01 މާރިޗު 2017
އެމްޕީއެލްގެ ސީއީއޯ އަކަށް ހަލީމް، އެމްއާރްޑީސީ އަށް ނިމާލް!
28 ފެބުރުއަރީ 2017

އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވައިފި

28 ފެބުރުއަރީ 2017
އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވައިފި
15 ފެބުރުއަރީ 2017

ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު

15 ފެބުރުއަރީ 2017
ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް