Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައިއޯއައިޖީ ގޭމްސް 2019

އައިއޯއައިޖީ ގޭމްސް 2019: ބެޑްމިންޓަން އަންހެން ޓީމު އުންމީދު އާކޮށްފި

21 ޖުލައި 2019 | އާދީއްތަ 02:32

ރާއްޖެއިން ވަނީ މޮރިޝަސްއާ ވާދަކޮށް 2-3 ގެ ނަތީޖައަކުން މޮޅުވެފައި

ލީވާން އަލީ
ލީވާން އަލީ | 21 ޖުލައި 2019 | އާދީއްތަ 02:32
އައިއޯއައިޖީ ގޭމްސްގެ ތެރެއިން

އައިއޯއައިޖީ ގޭމްސްގެ ތެރެއިން

މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަން ޓީމް އިވެންޓުގައި ހޮނިހިރު ކުޅުނު ދެވަނަ މެޗު ދިވެހި އަންހެނުންގެ ޓީމުން ކާމިޔާބުކޮށްފިއެވެ.

މޮރީޝަސްއާ ބައްދަލުކުރި މި މެޗު ދިވެހިޓީމުން ކާމިޔާބުކުރީ 3-2 އިންނެވެ.

ޓީމް އިވެންޓް ކުރިއަށް ދަނީ ސިންގަލްސް ތިން މެޗާއި ޑަބަލްސް ދެމެޗުކުޅޭ ގޮތަށެވެ. މިގޮތުން ދިވެހި އަންހެން ޓީމްވަނީ މިމެޗުގައި ކުޅުނު ސިންގަލްސް ތިން މެޗުގެ ތެރެއިން ދެމެޗު ކާމިޔާބުކޮށްފައެވެ. އެއީ އެންމެ ފުރަތަމަ ކުޅުނު ދެމެޗެވެ.

މިގޮތުން ފުރަތަމަ މެޗުގައި ދިވެހި ޓީމުން ކުޅެން ނިކުތީ ނަބާހާއެވެ. މިމެޗު ނަބާހާ ކާމިޔާބުކުރީ މޮރީޝަސްގެ ފުރަތަމަ ކުޅުންތެރިއާ ސީދާ ދެސެޓުން ބަލިކޮށްގެންނެވެ. އެއީ 21-18، 21-17ނެވެ.

ދެވަނަ މެޗުގައި ދިވެހި ޓީމުން ކުޅެން ނިކުތީ ނީލާއެވެ. މިމެޗުގެ ފުރަތަމަ ސެޓު ނީލާ އަތުން ގެއްލުނީ 18-21އިންނެވެ. ފުރަތަމަ ސެޓު އަތުން ގެއްލުނު ނަމަވެސް ނީލާ ވަނީ ޖެހިގެން އައި ދެ ސެޓު ނަގާ މެޗު ކާމިޔާބުކޮށްފައެވެ. އެއީ 21-14 އަދި 21-15 އިންނެވެ.

މޮރީޝަސް އާއި ބައްދަލުކުރި ސިންގަލްސް ތިންވަނަ މެޗުގައި ދިވެހި ޓީމުން ކުޅެން ނިކުތީ ނަބީހާއެވެ. މިމެޗު ނަބީހާ އަތުން ގެއްލުނީ ފުރަތަމަ ސެޓު ނަގާފައި ވަނިކޮށެވެ. މެޗުގެ ސެޓުތައް ދިޔައީ 21-16، 14-21، 17-21 އިންނެވެ.

ޑަބަލްސްގައި ރާއްޖެ ކުޅުނު ދެމެޗުގެތެރެއިން އެއްމެޗު ކާމިޔާބުކުރިއިރު އަނެއް މެޗުން ވަނީ ބަލިވެފައެވެ. ރާއްޖެ މޮޅުވީ ޑަބަލްސްގެ ދެވަނަ ޕެއަރގައި ކުޅުނު މެޗުންނެވެ. މިމެޗުގައި ރާއްޖެ ޓީމުން ކުޅެން ނިކުތީ ނަބާހާއާއި މައިސާއެވެ. މި ދެ ކުޅުންތެރިން ވަނީ މޮރީޝަސްގެ ދެވަނަ ޕެއަރ ފަސޭހަ ކަމާއެކު ބަލިކޮށްފައެވެ. އެއީ 21-17، 21-15 އިންނެވެ.

ނަބީހާއާއި ނީލާގެ ޕެއަރ ނުކުތީ މޮރީޝަސްގެ އެއްވަނަ ޕެއަރއާ ދެކޮޅަށެވެ. މިމެޗުން ރާއްޖެ ބަލިވީ ދެ ސެޓު އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 17-21 ކާމިޔާބުކުރީ މޮރީޝަސްގެ ޕެއަރއެވެ.

އެހެންނަމަވެސް ދެވަނަސެޓު 21-17 ހޯދީ ނަބީހާއާއި ނީލާގެ ޕެއަރއެވެ. އަދި ތިންވަނަ ސެޓު 10-21 ކާމިޔާބުކޮށް މެޗު ގެންދިޔައީ މޮރީޝަސްގެ ޕެއަރއެވެ. ބެޑްމިންޓަން އަންހެން ޓީމްވަނީ މިއަދު މެންދުރު ކުރިން ކުޅުނު މެޗުގައި ރިޔޫނިއަން އަތުން 4-1 އިން ބަލިވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ކޮމަންވެލްތު ގޭމްސްގައި ބޯލްޓް ބައިވެރިއެއް ނުވާނެ

03 ފެބުރުއަރީ 2017
ކޮމަންވެލްތު ގޭމްސްގައި ބޯލްޓް ބައިވެރިއެއް ނުވާނެ
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް