Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބާވެފައި ހުރި އިމާރާތްތަކުގެ ޝަކުވާ

ބާވެފައި ހުރި އިމާރާތްތަކުގެ ޝަކުވާ ލިޔުމުން ހުށައަޅާ: މާލެ ސިޓީ ކައުންސިލް

ލިޔުމުން އެކަން ހުށަހެޅުމުން މައްސަލަ ބަލަން ފަސޭހަ ވެގެންދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 20 ޖުލައި 2019 | ހޮނިހިރު 07:42
ހުރަވީ ބިލްޑިންގ: ބާވެގެން އެތައް ފަހަރަކު މަރާމާތުކޮށްފައިވޭ

ހުރަވީ ބިލްޑިންގ: ބާވެގެން އެތައް ފަހަރަކު މަރާމާތުކޮށްފައިވޭ

ބާވެފައި ހުރި އިމާރާތްތަކުގެ ޝަކުވާ ސޯޝަލް މީޑިއާ މެދުވެރިކޮށް ހުށަ ނާޅާ، ލިޔުމުން އެކަން ހުށަހެޅުމުން މައްސަލަ ބަލަން ފަސޭހަ ވެގެންދާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ބާ ވެފައި ހުރި އިމާރާތްތަކުގެ ޝަކުވާ ލިޔުމުގެ ގޮތުގައި އަންނަނީ ވަރަށް މަދުން ކަމަށާއި އުސޫލެއްގެ ގޮތުން ޝޯޝަލް މީޑިއާ މެދުވެރިކޮށް ޝަކުވާ ހުށަނޭޅޭނެ ކަމަށެވެ. އަދި ލިޔުމުން ޝަކުވާ ހުށަހެޅުމުން ކަމާއި ގުޅޭ މުއައްސަސާތަކާއި ގުޅިގެން އެ މައްސަލަ ބަލާ، ހައްލުކުރުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށް ޝިފާ ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ޝިފާ ވިދާޅުވީ މިހާރު އާންމުންގެ ފަރާތުން ކައުންސިލަށް ލިޔުމުން ހުށަހަޅާފައިވާ އެންމެ ގިނަ ޝަކުވާއަކީ ބިދޭސީން ގިނަވެގެން ހިނގާ ބިގާވެ އުޅުމަށާއި މަގުތަކުގައި އެއްޗެހި ހުރުމުން ދަތިވާކަމުގެ ޝަކުވާއެވެ. އަދި ބައެއް ފަހަރު މަގުތަކުގައި އެއްޗެހި ބަހައްޓާފައި ހުރުމުން ހިނގަން އުނދަގޫވާ ކަމަށް ވެސް އެ ފަރާތްތަކުން ބުނެފައިވާ ކަމަށް ޝިފާ ފާހަގަކުރެއްވިއެވެ. އެކަމާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން އެކި މުއައްސަސާތަކާއި ދެ ފަހަރަކަށް ބައްދަލު ކޮށްފައިވާނެ ކަމަށް ޝިފާ ވަނީ ވިދާޅުވެފައެވެ.

މާލެ ސިޓީ ކައުންސިލުން މިހާރު ކުރަމުން ގެންދާ ބައެއް މަސައްކަތްތަކަކީ ކާނު ސާފު ކުރުމުގެ މަސައްކަތާއި ލެޑް ލައިޓް ހަރުކުރުމުގެ މަސައްކަތާއި އުމުރު ދުވަސްވީ މީހުންނަށް ރޭމްޕް ހަދައިދިނުމާއި މަސްދޯނިތަކުގެ ކޮލެޓި އާއި މަހުގެ ކޮލެޓީ ބެލުމުގެ މަސައްކަތް ކަމަށް ޝިފާ ބުންޏެވެ.

ޖުލައި މަހުގެ 24 ވަނަ ދުވަހު މާލޭ ސިޓީ ކައުންސިލުން ހުޅުމާލެ ރައްޔިތުންނާއި ބައްދަލުކުރުމަށް ނިންމާފައިވަނީ އަންނަ އަހަރަށް މުނިސިޕަލް ކަންކަމާއި ކައުންސިލުން ހަވާލުވުމަށް ނިންމާފައިވާތީ ކަމަށާއި މި ބައްދަލުވުމުގައި އެޗްޑީސީ އިން ވެސް ބައިވެރިވާނެ ކަމަށް ޝިފާ ވިދާޅުވިއެވެ.

ސިޓީ ކައުންސިލްގެ އިތުރުން މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވެސް ވަނީ ބާވެފައިވާ އިމާރާތްތަކުގެ ޝަކުވާ ހުށައެޅުމުން ފިޔަވަޅުއަޅާނެ ކަމަށް އިލްތިމާސްކޮށްފައެވެ.

ބާ އިމާރާތްތަކުގެ ޝަކުވާތައް ޝޯޝަލް މީޑިއާގައި އާންމުން ހިއްސާ ކުރަމުންދާއިރު ގެއެއްގެ ބެލްކަނިން ބެރިއެއް ވެއްޓި ދެ މީހަކަށް ވަނީ އަނިޔާ ލިބިފައެވެ. އެގޮތުން މިދިޔަ މަހު އަނިޔާވެފައިވަނީ ހ. ރުއްދޮށުގޭ ބެލްކަނިން ބެރިއެއް ވެއްޓިގެންނެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު