Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަސުރުހީ

އެމްއެމްޕީއާރްސީ ހިޔާނަތް 1.2 ބިލިއަންއަށްވުރެ އިތުރުވާނެ: މެމްބަރު އަބްދުﷲ

19 ޖުލައި 2019 | ހުކުރު 06:42

ތަހުގީގު ކުރިއަށް ގެންދިޔަ ވަރަކަށް އިތުރުކަންކަން ދަނީ ތިލަވަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 19 ޖުލައި 2019 | ހުކުރު 06:42
ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ

ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ

އެމްއެމްޕީއާރްސީ ހިޔާނަތް 1.2 ބިލިއަންއަށްވުރެ އިތުރުވާނެ ކަމަށާއި، ތަހުގީގު ކުރިއަށް ގެންދިޔަ ވަރަކަށް އިތުރުކަންކަން ތިލަވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެމްބަރު އަބްދުﷲ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި، އެސަރުކާރުގެ ބައެއް ބޭފުޅުންނަށް ކޮރަޕްޝަންގެ ތުހުމަތުގެ އިނގިލި ދިއްކުރެވޭއިރު، ގިނަ ކަންތައްތަކެއް އަދިވެސް ސިއްރުވެފައިވާ ކަމަށެވެ.

މެމްބަރު އަބްދުﷲ ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތަފާތުވާނެ ކަމަށާއި، އެމަޖިލީހުން މަސައްކަތް ކުރާނީ ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އެގޮތުން ރައްޔިތުންގެ ހަޒާނާއަށް ހިޔާނަތްތެރިވެފައިވާ ބަޔަކު ހަމަރީތިކޮށް އުޅެން ދޫކޮށްލުމަކީ މުސްތަގުބަލަށް ދެއްކޭ ވަރަށް ގޯސް މަގެއް ކަމަށެވެ.

ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނަށް މަޖިލީހުން ފުރިހަމަ ބާރުދިނީ ދައުލަތުން ގެއްލުނު ފައިސާ ހޯދުމަށް މިނިވަންކަމާއެކު މަސައްކަތް ކުރެވޭ ގޮތް މަގުފަހި ކުރުވަން ކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު އަބްދުﷲ ވިދާޅުވީ ހިޔާނާތަށް 1.2 ބިލިއަން އޭ ތުހުމަތު ކުރެވުނު ނަމަވެސް ހިޔާނާތުގެ ފައިސާ މިއަށްވުރެ އިތުރުވާނެ ކަމަށާއި، މައްސަލަ ތަހުގީގު ކުރިވަރަކަށް ސިއްސައިގެންދާވަރުގެ ކަންކަން ތިލަ ވަމުން އަންނަ ކަމަށެވެ.

މެމްބަރު އަބްދުﷲ ވިދާޅުވީ 19 ވަނަ މަޖިލީހުގައި މަސައްކަތް ކުރަމުންދަނީ ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ވެސް ވީހާ ވެސް ބޮޑަކަށް ކޮރަޕްޝަނާ ފަސާދައިގެ އަމަލުތައް ކުޑަކުރުވާ އަދި ޖަވާބުދާރީވަނިވި ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކުރުމަށް ކަމަށެވެ. އެހެންކަމުން މިކަމަށް ހުރިހާ މުއައްސަސާތަކުން ވެސް އެއްބާރުލުންދޭންޖެހޭ ކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު އަބްދުﷲ ވިދާޅުވީ މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ގެއްލިގެން ދިއުމަކީ ކުޑަ ކަމެއް ނޫން ކަމަށާއި، ސަރުކާރެއް ކާމިޔާބު ވުމަށް އެންމެ މުހިންމީ ރައްޔިތުންގެ އިތުބާރު ކަމަށެވެ. އަދި ހިޔާނާތުގައި ފީނެން އޮތް އެންމެ ބޮޑަށް ފީނާ އިހުމާލުވި ހުރިހާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށާއި، ރައްޔިތުންގެ ހައްގު ރައްޔިތުންނަށް މިސަރުކާރުން ހޯދާދޭނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
27 ޖެނުއަރީ 2017

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް