Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް 2019

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިނާޔަތް ބޮޑުކުރުމަށް ހުށަހެޅި އިސްލާހް މަޖިލީހުން ބޭރުކޮށްލައިފި

17 ޖުލައި 2019 | ބުދަ 10:26

އިސްލާހް މަޖިލީހުން ބޭރުކޮށްލާފައިވަނީ 57 މެމްބަރުންގެ ވޯޓާއި އެކު

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 17 ޖުލައި 2019 | ބުދަ 10:26
މި ބިލް މަޖީލީހަށް ހުށަހެޅުއްވީ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް

މި ބިލް މަޖީލީހަށް ހުށަހެޅުއްވީ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް

ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިނާޔަތް ބޮޑުކުރުމަށް ހުށަހެޅުއްވި އިސްލާހް މަޖިލީހުން ބޭރުކޮށްލައިފި އެވެ.

މި އިސްލާހް މަޖިލީހުން ބޭރުކޮށްލާފައިވަނީ 57 މެމްބަރުންގެ ވޯޓާއި އެކުއެވެ.

Advertisement - newsAdvertisement

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅުއްވީ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއެވެ. ޤާނޫނަށް މައިގަނޑު ހަތަރު އިސްލާހެއް ގެންނަން ނާޒިމް ހުށަހެޅުއްވިއެވެ.

ނާޒިމް ހުށަހެއްޅުވި ހަތަރު އިސްލާހުގެ ތެރެއިން ފުރަތަމަ އިސްލާހުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ގިންތި ކުރުމަށެވެ. އެގޮތުން ތަފާތު ގިންތިތަކުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ތިބިއިރު، އެކަން އަދިވެސް ގިންތި ކުރެވިފައިނުވާ ކަމަށް ބިލް އިސްލާހު ހުށަހަޅުއްވަމުން ނާޒިމް ވަނީ ވިދާޅުވެފައެވެ.

ބިލަށް މެމްބަރު ހުށަހެޅުއްވި ދެވަނަ އިސްލާހަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފްތަރެއް އެކުލަވާލުމަށެވެ. މެމްބަރު ނާޒިމް ވިދާޅުވެފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ރަނގަޅު ދަފްތަރެއް އެކުލެވިފައި ނުވާ ކަމަށާއި، އެ ފަދަ މީހުންގެ ތަފާސް ހިސާބު ރަނގަޅަށް ބެލެހެއްޓިފައި ނެތް ކަމަށެވެ.

ތިންވަނަ އިސްލާހެއްގެ ގޮތުގައި މެމްބަރު ނާޒިމް ބިލަށް ގެންނަން ހުށަހަޅުއްވާފައިވާ އިސްލާހަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މިހާރު ދެމުން އަންނަ މާލީ އިނާޔަތް ބޮޑު ކުރުމަށެވެ. އެ މީހުންނަށް މިހާރު ދެމުން އަންނަ 2000 ރުފިޔާގެ އިނާޔަތުގެ ބަދަލުގައި 5000 ރުފިޔާ އާއި 7000 ރުފިޔާ އާއި ދެމެދުގެ އަދަދަކަށް އިނާޔަތް ބޮޑުކުރުމަށް ވަނީ ހުށަހަޅުއްވާފައެވެ.

މެމްބަރު ނާޒިމް ޤާނޫނާށް ހުށަހެޅުއްވި ހަތަރުވަނަ އިސްލާހަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ތެރެއިން، އެނދުމަތި ކުރެވިގެން ބަލަމުން އަންނަ މީހުންނަށް ދޭ އިނާޔަތް 9000 ރުފިޔާއަށް ބޮޑު ކުރުމަށެވެ.

ބަހުސް މަރުހަލާގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ވަނީ، އިސްލާހާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ސަރުކާރު ކޯލިޝަންގައި ޖުމްހޫރީ ޕާޓީ އޮވެ، ސަރުކާރާއި އެއްވެސް މަޝްވަރާކުުރުމެއްނެތި ބަޖެޓަށް ބުރަ ބޮޑުވާ ގޮތަަށް އިސްލާހެއް ހުށަހެޅުއްވީތީ، ޖޭޕީ ކޯލިޝަން ތެރޭގައި އޮންނަ ނިޔަތާއި ދޭތެރޭ އެމްޑީޕީ މެމްބަރުން ވަނީ ސުވާލުއުފައްދަވާފައެވެ. އަދި އިސްލާހަކީ ރަނގަޅު ދިރާސާއެއް ކުރުމެއްނެތި ހުށަހަޅުއްވާފައިވާ ބިލެއްގެ ގޮތުގައި، މެމްބަރުން ވަނީ ބިލް ސިފަކުރައްވާފައެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދެމުން އަންނަ އިނާޔަތް 5000 ރުފިޔާއަށް ބޮޑު ކުރުމަށް 2014 ވަނަ އަހަރުގެ، 18 ވަނަ މަޖިލީހަށް އޭރުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ހުށަހެޅުއްވިއެވެ. އެ އިސްލާހް މަޖިލީހަށް ބަލައިގަތުމަށްފަހު، ކޮމިޓީގައި ދެ އަހަރު ދުވަސް ވަންދެން ބޭއްވުމަށްފަހު، މެމްބަރުން ވަނީ އެ އިސްލާހް ފާސްނުކޮށް މަޖިލީހުން ބޭރު ކޮށްލާފައެވެ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
28 ޖެނުއަރީ 2017

ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ

28 ޖެނުއަރީ 2017
ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް