Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް 2019

އެޗްއާރްސީއެމްގެ ބާރުތައް ނިގުޅައިގެންފައިވާތީ، ހުށަހެޅުނު ގަރާރު ބަަލައިގަނެ ކޮމިޓީއަށް

17 ޖުލައި 2019 | ބުދަ 10:29

ގަރާރު މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް 70 މެމްބަރުން ވަނީ ތާއީދްކުރައްވާފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 17 ޖުލައި 2019 | ބުދަ 10:29
މަޖިލީހުގެ ޗެމްބަރުގައި މެމްބަރުން

މަޖިލީހުގެ ޗެމްބަރުގައި މެމްބަރުން

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް ގާނޫނު އަސާސީން ދީފައިވާ ބާރުތައް ނިގުޅައިގަނެ، 2015 ވަނަ އަހަރު ސުޕްރީމް ކޯޓުން ގައިޑްލައިނެއް ކަނޑައަޅާފައިވާތީ، އެކަމާއި ދެކޮޅަށް މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގެންފިއެވެ.

ގަރާރު މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް 70 މެމްބަރުން ވަނީ ތާއީދްކުރައްވާފައެވެ. އިތުރަށް ދިރާސާ ކުރުމަށްޓަކާ ގަރާރު ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.

Advertisement - newsAdvertisement

މި ގަރާރު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ އެޗްއާރްސީއެމްގެ މެމްބަރުކަން ކުރައްވާފައިވާ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދްއެވެ.

އެޗްއާރްސީއެމްއިން އަމަލުކުރަންޖެހޭ ގައިޑްލައިންތަކެއް ކަމަށް ބުނެ ސުޕްރީމް ކޯޓުން 16 ޖޫން 2015 ވަނަ އަހަރު ގައިޑްލައިންތަކެއް ކަނޑައަޅައި ހުކުމް ކޮށްފައިވަނީ، އެ ކޯޓުން އެޗްއާރްސީއެމާއި ދެކޮޅަށް ބެލި ސުމޯޓޯ މައްސަލައެއްގައެވެ.

2014 ވަނަ އަހަރު ހިއުމަން ރައިޓްސް ކޮމިޝަނުން ޢާންމުކުރައްވައިފައިވާ ޔުނިވާރސަލް ޕީރިއޮޑިކް ރިވިއު ރިޕޯޓުގައިވާ ކަންކަމާ ގުޅިގެން ސުޕްރީމްކޯޓުން, އެޗްއާރްސީމް އާއި ދެކޮޅަށް ބެއްލެވި ސުމޯޓޯ މައްސަލަ ބަލައި، އެ ކޮމިޝަންގެ މަސައްކަތް ބައްޓަން ކުރާނެ ގޮތް ބަޔާންކޮށް 11 ނުކުތާގެ މައްޗަށް އެކުލެވޭ ގައިޑްލައިނެއް ސުޕްރީމް ކޯޓުން ވަނީ ނެރެފައެވެ. އެ ގައިޑްލައިންގެ ސަބަބުން ގާނޫނު އަސާސީން ހިއުމަން ރައިޓްސް ކޮމިޝަނަށް ދީފައިވާ ޤާނޫނީ ބާރާއި މުސްތަޤިއްލުކަން ކެނޑިގެން ގޮސްފައިވާ ކަމަށް ޖީހާން ހުށަހެޅުއްވި ގަރާރުގައި ވަނީ ބުނެފައިއެވެ.

ސުޕްރީމް ކޯޓުން 2015 ވަނައަހަރު ނެރެފައިވާ ގައިޑްލައިންގައި މައިގަނޑު ގޮތެއްގައި އަމުރުކޮށްފައިވަނީ، ދިވެހި ދައުލަތުގެ މޫރިތިކަން ރައްކާތެރިކުރެއްވުމަށް، ޤާނޫނީ ތަރަހައިގެ ތެރެއިން މަސައްކަތް ކުރެއްވުމަށާއި، އެޗްއާރްސީއެމުން މައުލޫމާތު އާންމުކުރާއިރު، ތެދު މައުލޫމާތު އާންމުކުރުމަށެވެ.

މެމްބަރު ޖީހާން ހުށަހަޅެއްވި ގަރާރުގައި ބުނެފައިވަނީ، މިނިވަން މުއައްސަސާތަކުގެ މައްޗަށް ގާނޫނު އަސާސީން ލާޒިމްކުރާ އެއްވެސް ޒިންމާއެއް ނުވަތަ އިލްތިމާޒެއް ހަނިކޮށް ނަފީވާފަދަ ގޮތަކަށް ހުކުމެއް ނުވަތަ އަމުރެއް ނުކުރެވޭނެ ކަމަށެވެ. ސުޕްރީމް ކޯޓްގެ އެ ހުކުމްގެ ސަބަބުން ގާނޫނު އަސާސީން އެޗްއާރްސީއެމަށް ދީފައިވާ ބާރުތައް ނިގުޅައިގެންފައިވާ ކަމަށާއި، ސުޕްރީމް ކޯޓުން އެ މައްސަލަ ބަލާފައިވަނީ ގާނޫނު އަސާސީ އާއި ޚިލާފަށް ކަމަށް ޖީހާން ހުށަހަޅެއްވި ގަރާރުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން މިނިވަން މުއައްސަސާތަކުން ޒިންމާ އަދާ ނުކުރާ ނަމަ، އެ ފަރާތްތައް ޒިންމާދާރު ކުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން އެންގުމަށް ވެސް ޖީހާން ހުށަހެޅުއްވި ގަރާރުގައި ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

14 އެޕްރީލު 2017

މިދިޔަ އަހަރަކީ ރެކޯޑް މިންވަރަކަށް ކޯޓްތަކަށް މައްސަލަތައް ހުށަހެޅުނު އަހަރެއް: ޑީޖޭއޭ

14 އެޕްރީލު 2017
މިދިޔަ އަހަރަކީ ރެކޯޑް މިންވަރަކަށް ކޯޓްތަކަށް މައްސަލަތައް ހުށަހެޅުނު އަހަރެއް: ޑީޖޭއޭ
11 އެޕްރީލު 2017

އެލްޖީއޭގެ ބާރުތައް ރައީސް ޔާމީންއަށް ލިބިލައްވާ ގޮތަށް ހުށަހެޅި އިސްލާހު މަޖިލީހުން ބަލައިގެންފި

11 އެޕްރީލު 2017
އެލްޖީއޭގެ ބާރުތައް ރައީސް ޔާމީންއަށް ލިބިލައްވާ ގޮތަށް ހުށަހެޅި އިސްލާހު މަޖިލީހުން ބަލައިގެންފި
26 މާރިޗު 2017

ސިޔާސީ މަސްރަހު ހަލަބޮލި ކުރުމަށް ބަޔަކު ދަނީ މަސައްކަތްކުރަމުން: ސަލާމަތީ ބާރުތައް

26 މާރިޗު 2017
ސިޔާސީ މަސްރަހު ހަލަބޮލި ކުރުމަށް ބަޔަކު ދަނީ މަސައްކަތްކުރަމުން: ސަލާމަތީ ބާރުތައް
16 މާރިޗު 2017

އެޗްވަންއެންވަން ރޯގާއާ ގުޅިގެން އެޗްއާރްސީއެމްގެ މުވައްޒަފުންނަށް ލުއިތަކެއް ހަމަޖައްސައިދީފި

16 މާރިޗު 2017
އެޗްވަންއެންވަން ރޯގާއާ ގުޅިގެން އެޗްއާރްސީއެމްގެ މުވައްޒަފުންނަށް ލުއިތަކެއް ހަމަޖައްސައިދީފި
13 މާރިޗު 2017

މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު: އެޗްއާރުސީއެމް

13 މާރިޗު 2017
މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު: އެޗްއާރުސީއެމް
11 މާރިޗު 2017

މާލޭ ސިޓީ ކައުންސިލް ޕީޕީއެމް އަށް ދީ، މުސާރަ ބޮޑުކޮށް ކައުންސިލްގެ ބާރުތައް ދޭނަން: ނިހާން

11 މާރިޗު 2017
މާލޭ ސިޓީ ކައުންސިލް ޕީޕީއެމް އަށް ދީ، މުސާރަ ބޮޑުކޮށް ކައުންސިލްގެ ބާރުތައް ދޭނަން: ނިހާން
17 ފެބުރުއަރީ 2017

ބާރުތައް ނެގުމުން ކުރެވޭނެ ކަމެއް ނެތް:ތޮއްޔިބް

17 ފެބުރުއަރީ 2017
ބާރުތައް ނެގުމުން ކުރެވޭނެ ކަމެއް ނެތް:ތޮއްޔިބް
06 ފެބުރުއަރީ 2017

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް