Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެހެނަސް

"އެހެނަސް" ބެލުންތެރިން ފެންކަޅި ކޮށްލައިފި

16 ޖުލައި 2019 | އަންގާރަ 19:12

ޕްރިމިއަރ އަންގާރަ ދުވަހު އޮލިމްޕަހުގައި ބޭއްވި އިރު، ސިލްސިލާގެ ފަސް އެޕިސޯޑެއް ވަނީ އަޅުވާފަ

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ | 16 ޖުލައި 2019 | އަންގާރަ 19:12
\"އެހެނަސް\" އުފައްދާފައިވަނީ ސްޓީރިއޯ ޓައިޕިންގ އަދި ގަނާކުރުމަށް މީހުން ހޭލުންތެރި ކުރުވުމުގެ މަގުސަދުގައި

\"އެހެނަސް\" އުފައްދާފައިވަނީ ސްޓީރިއޯ ޓައިޕިންގ އަދި ގަނާކުރުމަށް މީހުން ހޭލުންތެރި ކުރުވުމުގެ މަގުސަދުގައި

ސްޓީރިއޯ ޓައިޕިންގ އަދި ގަނާކުރުމަށް މީހުން ހޭލުންތެރި ކުރުވުމުގެ މަގުސަދުގައި، މަޝްހޫރު ފިލްމީ ތަރި އަދި ޑައިރެކްޓަރ ރަވީ ފާރޫގް ޑައިރެކްޓްކޮށް އުފައްދާފައިވާ ސިލްސިލާ "އެހެނަސް" އިން ބެލުންތެރިން ފެންކަޅިކޮށް, ރޮއްވާލައިފިއެވެ.

މި ސިލްސިލާގެ ޕްރިމިއަރ އަންގާރަ ދުވަހު އޮލިމްޕަހުގައި ބޭއްވިއިރު، ސިލްސިލާގެ ފަސް އެޕިސޯޑެއް ވަނީ އަޅުވާފައެވެ. ޕްރިމިއަރގައި މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯސަލް ސަރވިސަސް ޝިދާތާ ޝަރީފް އާއި މިނިސްޓަރ އޮފް ފިޝަރީސް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދުގެ އިތުރުން ފިލްމީ އިންޑަސްޓްރީގެ ގިނަ ތަރިންނެއް ބައިވެރިވެފައިވެއެވެ.

Advertisement - newsAdvertisement

ކުޅަދާނަ ވާހަކަ ލިޔުންތެރިޔާ އަހުމަދު އިގްބާލް ލިޔެފައިވާ ވާހަކަ "އެހެނަސް ހަމަ ލޯބިވެޔޭ" ގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ސިލްސިލާގެ ފަސް އެޕިސޯޑު އަޅުވާ ނިމެންދެންވެސް އޮލިމްޕަހުގެ އެތެރެއަށް އޮތީ ވަރަށް ބޮޑު މާޔޫސްކަމެއް ވެރިވެފައެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ރަވީ ބުނީ، "އެހެނަސް"ގެ ފުރަތަމަ ސީޒަންގެ ފުރަތަމަ އެޕިސޯޑު ބުރާސްފަތި ދުވަހުގެރޭ ބައިސްކޯފް އެޕްލިކޭޝަނަށް ނުކުންނާނެ ކަމަށާއި ކޮންމެ އަންގާރަ ދުވަހަކު އެޕިސޯޑެއް ނުކުންނަމުން ދާނެ ކަމަށެވެ.

ސިލްސިލާގެ ފުރަތަމަ ފަސް އެޕިސޯޑުންވެސް ސިލްސިލާގެ ރީތިކަން ފެނިގެން ގޮސްފައިވާ ކަމަށާއި ކުރިއަށް އޮތް އެޕިސޯޑުތަކަށް އިންތިޒާރު ކުރަމުންދާނީ ކެތްމަދުވެ ތިބެ ކަމަށް ގިނަ ބެލުންތެރިންނެއް ވަނީ ބުނެފައެވެ. ދެ ލައްކަ ރުފިޔާއަށްވުރެ ގިނައިން ހަރަދުކޮށްގެން އުފެއްދި މި ސިލްސިލާގެ ދެވަނަ ސީޒަނެއް މި އަހަރުގެ ފަހުކޮޅު ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ރަވީ ބުނީ، މި ސިލްސިލާއަކީ މީސް މީޑިއާގައި ދެކެވޭ ވާހަކަތައް ބާރުއެޅުމަށް ނެރުނު ސިލްސިލާއެއް ނޫން ކަމަށެވެ.

ޓިކްޓޮކް އިން މަޝްހޫރުވެފައިވާ އަދި ސިލްސިލާގައި ލީޑް ރޯލް ކުޅޭ ތަރި މުހައްމަދު ވިޝާލް (ރޯމަން) ބުނީ ސިލްސިލާގައި އޭނާ ކުޅެފައިވާ ރޯލް ކުޅެވުނު ގޮތާމެދު ހިތްހަމަ ޖެހޭ ކަމަށާ އެ ކެރެކްޓަރ އެހާ ރަނގަޅަށް ދައްކުވައިދެވުނީ އޭގެ ތެރެއަށް ވަދެވިފައި ހުރި ވަރުން ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

04 މާރިޗު 2017

ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކޮށްލައިފި

04 މާރިޗު 2017
ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކޮށްލައިފި
03 މާރިޗު 2017

އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

03 މާރިޗު 2017
އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި
01 މާރިޗު 2017

ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

01 މާރިޗު 2017
ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި
27 ފެބުރުއަރީ 2017

މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

27 ފެބުރުއަރީ 2017
މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
06 ފެބުރުއަރީ 2017

އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި

06 ފެބުރުއަރީ 2017
އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް