Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކްރިމިނަލް ކޯޓު

ރައީސް ޔާމީންގެ ޝަރީއަތް އާދިއްތަ ދުވަހު

އެންމެ ފަހުން ޝަރީއަތުގެ އަޑުއެހުމެއް ބޭއްވީ އެޕްރީލް މަހުގެ 25 ވަނަ ދުވަހު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 16 ޖުލައި 2019 | އަންގާރަ 08:44
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން އާދިއްތަ ދުވަހަށް ތާވަލް ކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހަށް ވެސް ރައީސް ޔާމީންގެ ޝަރީއަތް ތާވަލް ކުރިއެވެ. ނަމަވެސް އެމައްސަލަ އެދުވަހު ކެންސަލް ކުރީ އިދާރީ މައްސަލައަކާއި ގުޅިގެންނެވެ.

ދައުލަތުން އެންމެ ފަހުން ހުށައެޅި ލިޔުންތަކުގެ ފަހުން ފަސް ދުވަހުގެ މުއްދަތެއް މަދުވެގެން ދޭން ޖެހޭ އިރު ޔާމީންގެ ޝަރީއަތް ނުބޭއްވުނީ އެ ފަސް ދުވަސް ކުރިން އެކަން އަންގާފައި ނުވާތީއެވެ.

އެޕްރީލް މަހުގެ 25 ވަނަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުންތަކުގެ ޝަރީއަތުގައި ރައީސް ޔާމީންގެ ފަރާތުން ހުށައަޅަންޖެހޭ ހުށައެޅުންތަކަށް 10 ދުވަސް ދިނުމަށް އެމަނިކުފާނުގެ ވަކީލުން އެދުމުން އެ 10 ދުވަސް ދީފައި ވެއެވެ. އެހުށައެޅުންތައް ޔާމީންގެ ފަރާތުން ހުށައެޅުމުން އޭގެ ރައްދެއްގެ ގޮތުގައި ދައުލަތުން ވެސް ވަނީ ލިޔުންތަކެއް ހުށައަޅާފައެވެ. ޔާމީންގެ ޝަރީއަތް މިދިަޔ ބުރާސްފަތި ދުވަހު ނުބޭއްވުނީ އެލިޔުންތައް ހުށައެޅުމަށްފަހު ދޭންޖެހޭ ފަސް ދުވަސް ނުދީ އޮތުމުންނެވެ.

އެންމެ ފަހުން ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން ހުށައެޅި ހެކިތަކުގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އޭސީސީގެ ކުރީގެ ރައީސް ހުސަން ލުތުފީއާއި، އޭސީސީގެ ރައީސް މުއައްވިޒު ރަޝީދާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔާތާއި، މުހައްމަދު ވަސީމާއި، ކުރީގެ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި، ބީއެމްއެލްގެ ބޯޑް މެމްބަރުން ކަމަށްވާ މުހައްމަދު ލުވެއިޒް އާއި މުހައްމަދު ޝަރީފެވެ.

ދައުލަތުން ބުނެފައިވަނީ ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކްސްކްރޯ އެކައުންޓުން 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްޓް ކޮށްފައިވާ ކަން ހާމަވާ ކަމަށެވެ. އަދި އިސްލާމިކް ބޭންކްގެ ޑޮލަރު އެކައުންޓުން ބީއެމްއެލްގެ ޑޮލަރު އެކައުންޓަށް އޭގެ އަސްލު އޮޅުވާލުމަށް ޓްރާންސްފާ ކޮށްފައިވާ ކަން ހާމަވާ ކަމަށް ބުނެ ހެކީގެ ގޮތުގައި އޭސީސީއިން ހެދި އެސްކޮރޯ އެކައުންޓް އެއްބަސްވުމާއި، އޭސީސީގެ ތަހުގީގު ރިޕޯޓާއި، އެމްއެމްޕީއާރްސީގެ އޮޑިޓް ރިޕޯޓާއި، ރައީސް ޔާމީން އޭސީސީއަށް ދިން ބަޔާނާއި، މައްސަލާގައި ހިމެނޭ ޓްރާންސްސެކްޝަންތަކުގެ ޗެކްތަކާއި، ސްލިޕްތަކާއި، ބޭންކް ސްޓޭޓްމެންޓްތަކާއި، ޔާމީންގެ މާލީ ބަޔާން ހުށައަޅާފައެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު