Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް 2019

ދައުލަތުގެ މާލީ އޮޑިޓެއް ހަދަން އިލްޔާސް ގޮވާލައްވައިފި

16 ޖުލައި 2019 | އަންގާރަ 08:07

ޖާބިރު ހުށަހެޅުއްވީ އަސާސީ ޕެންޝަނުގެ އަދަދު 5000 ރުފިޔާއިން 10000 ރުފިޔާއަށް ބަދަލުކުރުމަށް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 16 ޖުލައި 2019 | އަންގާރަ 08:07
ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް

ދައުލަތުގެ މާލީ އޮޑިޓެއް ހެއްދެވުމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުއަށް، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ގޮވާލައްވައިފިއެވެ.

ދައުލަތުގެ މާލީ ގާބިލް ކަމަކީ ކިހާވަރެއްކަން ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ގޮވާލައްވާފައިވަނީ އަސާސީ ޕެންޝަނުގެ އަދަދު 5000 ރުފިޔާއިން 10000 ރުފިޔާއަށް ބަދަލުކުރުމަށް، ޕެންޝަނާއި ބެހޭ ގާނޫނަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި އިސްލާހުގެ ބަހުސް މަރްހަލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

އިލްޔާސް ވިދާޅުވީ ދައުލަތުގެ މާލީ ހާލަތަކީ ކޮބައިކަން ރައްޔިތުންނަށް ހާމަކޮށްދެއްވުމަކީ، ފިނޭންސް މިނިސްޓަރުގެ ޒިންމާއެއް ކަމަށާއި، އެހެންކަމުން އެކަން ބެއްލެވުމަށް ފަހު ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް ގޮވާލައްވާ ކަމަށެވެ. އިލްޔާސް ވަނީ ދައުލަތުގެ މާލިއްޔަތާއި ކޮންމެ މީހަކަށް ނުކުޅެވޭ ގޮތަށް ޕޮލިސީއެއް އެކަށައެޅުއްވުމަށް ވެސް ގޮވާލައްވާފައެވެ. މެމްބަރު ވިދާޅުވީ އެކަމަކީ މިވަގުތު ކުރަންޖެހިފައި އޮތް މުހިއްމު ކަމެއް ކަމަށެވެ.

ޕެންޝަން ގާނޫނަށް މެމްބަރު ޖާބިރް ހުށަހެޅުއްވި އިސްލާހަށް އިލްޔާސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެ އިސްލާހު އިލްޔާސް ސިފަ ކުރައްވާފައިވަނީ ދައުލަތް ފުނޑާލުމުގެ ބޭނުމުގައި ހުށަހެޅުއްވި އިސްލާހެއްގެ ގޮތުގައެވެ.

މެމްބަރު އިލްޔާސް ވިދާޅުވީ އަސާސީ ޕެންޝަނަށް އިސްލާހު ގެންނައިރު، ގެންނަނީ ކޮން އުސޫލަކުންކަން ، އިސްލާހު ހުށަހެޅުއްވި މެމްބަރަށް އެގިވަޑައިގެންފައިނުވާ ކަމަށެވެ. ޕެންޝަން ގާނޫނަށް އިސްލާހު ހުށަހެޅުއްވިއިރު، ދައުލަތުގެ އާމްދަނީ އާއި ޚަރަދާއި، ޖީޑީޕީ އާއި އިންފްލޭޝަން ރޭޓަކީ ކޮބައިކަން ،މެމްބަރު ޖާބިރު ދިރާސާ ކުރައްވާފައި ނެތް ކަމަށް އިލްޔާސް ވަނީ ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ 105 މިލިޔަން ރުފިޔާ ދައުލަތުން ޕެންޝަނަަށް މި މިމަހު ވެސް ޚަރަދުކޮށްފައިވާ ކަމަށާއި، ނަމަވެސް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބެނީ 90 މިލިޔަން ރުފިޔާ ކަމަށެވެ. ދައުލަތުގެ މާލީ ހާލަތު އެހާލަތުގައި އޮތް އިރު، އަސާސީ ޕެންޝަނުގެ އަދަދު 10000 ރުފިޔާއަށް ބަދަލުކުރާނީ ކޮން އުސޫލަކުންތޯ މެމްބަރު އިލްޔާސް ވަނީ ސުވާލު އުފައްދަވާފައެވެ.

އިސްރަށްވެހިންނަށް އަސާސީ ޕެންޝަނެއްގެ ގޮތުގައި 2000 ރުފިޔާ ދޭން ފަށާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އަދި އެ އަދަދު 5000 ރުފިޔާއަށް ބަދަލުކޮށްފައިވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައެވެ. ރައީސް ޔާމީން 5000 ރުފިޔާ ދެއްވަމުން ގެންދެވީ، ރިޔާސީ ވައުދެއްގެ ގޮތުގައި ޕެންޝަނާއި ބެހޭ ގާނޫނުގައި އެކަން ނުހިމަނުއްވައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޕެންޝަނާއި ބެހޭ ގާނޫނަށް ގެންނެވި އިސްލާހުގައި ވަނީ، އަސާސީ ޕެންޝަނުގެ ގޮތުގައި 5000 ރުފިޔާ އިސް ރަށްވެހިންނަށް ދެއްވުމަށް ގާނޫނުގައި ހިމަނުއްވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް