Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖުޑީޝަލް ސަރވިސް ކަމިޝަން

މަހާޒު ރިވިއުއަކަށް އެދުނީ 2015 ވަނަ އަހަރު އޭނާއަށް އިންޒާރު ދިން މައްސަލަ

15 ޖުލައި 2019 | ހޯމަ 15:10

ސުލޫކީ މައްސަަލައެއް ސާބިތުވާ ކަމަށް ނިންމައި ޖޭއެސްސީން އިންޒާރު ދިނީ 2014 ވަނަ އަހަރު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 15 ޖުލައި 2019 | ހޯމަ 15:10
ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރު

ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރު

ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރު ޖުޑީޝަލް ސަރވިސް ކަމިޝަން (ޖޭއެސްސީ) އަށް އަލުން ރިވިއު ކުރުމަށް ހުށައެޅުއްވި މައްސަލައަކީ 2015 ވަނަ އަހަރު އެ ކަމިޝަނުން އޭނާއަށް އިންޒާރު ދިން މައްސަލަކަން އެނގިއްޖެ އެވެ.

ޕްރޮސެކިއުޓާ ޖެނަރަލް އާއި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ބޭފުޅަކު ނެތި ޖިނާއީ ދައުވާތައް ކުރިއަށް ގެންދިއުމަކީ ގާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށް ވިދާޅުވެ ޕީޖީއަކު ނެތް ދުވަސްވަރު މަހާޒު ވަނީ އޭނާގެ އަމިއްލަފުޅު ބްލޮގުގައި އެކަމާ ބެހޭ ލިޔުމެއް ޝާއިއު ކުރައްވާފައެވެ. އެކަމާއި ގުޅިގެން އެ މައްސަލަ ބެލުމަށްފަހު 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު ޖޭއެސްސީއިން ނިންމާފައިވަނީ އޭނާއަށް އިންޒާރު ދިނުމަށެވެ.

Advertisement - newsAdvertisement

މިމަހުގެ 8 ވަނަ ދުވަހު މަހާޒު ޖޭއެސްސީގެ ރައީސް އަބްދުﷲ އަރީފަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ އޭނާގެ މައްޗަށް ކޮށްފައިވަނީ ކޮން ތުހުމަތެއް ކަމަށް އެނގިނުލައްވާ ކަމަށާއި އެކަށީގެންވާ ތަހުގީގެއް ޖޭއެސްސީއިން އެމައްސަލައިގައި ކޮށްްްްްފައި ނުވާ ކަމަށެވެ. މައްސަލައިގެ ފުރަތަމަ ތަހުގީގުގައި ބައިވެރިވެވަޑައިގެންފައިވަނީ ޖޭއެސްސީގެ ހަތަރު މެމްބަރުން ކަމަށާއި ނަމަވެސް ޖުޑީޝަލް ސަރވިސްގެ ގާނޫނުގައި ތަހުގީގު ކުރަންވާނީ އޮނަހިރި އަދަދެއްގެ މެމްބަރުން ހިމެނޭ ގޮތަށްކަމަށް ކަނޑައެޅިގެން ބަޔާންވެފައި އޮންނަ ކަމަށް އެސިޓީގައި ވެއެވެ.

މައްސަލައިގެ ތަހުގީގު ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ރިޕޯޓުގައިވާ 5 މެމްބަރުންގެ ތެރެއިން ކޮމިޝަނުގެ ކުރީގެ މެމްބަރު ލަތީފާ ގާސިމާއި ކުރީގެ މެމްބަރު އަބްދުﷲ ހަމީދަކީ ތަހުގީގު ކުރެވުނުއިރު ހާޒިރުވެ ތިއްބަވައި ތަހުގީގު ކުރެއްވި މެމްބަރުން ނޫންކަމަށް ވެސް އެ ސިޓީގައި މަހާޒު ވިދާޅުވެފައިވެއެވެ. އަދި އަބްދުﷲ ހަމީދު ވަޑައިގެންނެވީ ތަހުގީގުގެ ފުރަތަމަ އަޑުއެހުމަށްކަމަށް އެސިޓީގައި ފާހަގަ ކުރައްވާފައި ވެއެވެ. އެހެންކަމުން އެމައްސަލައަކީ އިޖުރާއީ އަދުލުވެރިކަން ލިބިފައިވާ މައްސަލައެއް ކަމަށް ނުބެލެވޭ ކަމަށް މަހާޒު ވަނީ ވިދާޅުވެފައެވެ.

ސުލޫކީ މައްސަލައެއް ސާބިތުވާކަމަށް ނިންމާފައިވަނީ ސައްހަ ވާގިއާތަކެއްގެ މައްޗަށްކަމުގައި ނުވާ ކަމަށާއި ފަނޑިޔާރުކަމާއި ތައާރުޒުވާ މައްސަލައެއް ސުލޫކީ މައްސަލައެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ވެސް ޖޭއެސްސީއަށް ފޮނުއްވެވި ސިޓީގައި މަހާޒު ވިދާޅުވެފައި ވެއެވެ.

އެސިޓީގައި ބުނެފައިވަނީ އޭނާ ބްލޮގްގައި ލިޔުއްވާފައިވާ ލިޔުއްވުމާއި އެއްގޮތަށް ޖެހިގެން އައި ޖޫންމަހުގެ 23 ވަނަ ދުވަހު ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައަޅާފައިވާ ކަމަށާއި އޭނާއަށް އިންޒާރު ދީފައިވަނީ އޭގެ ފަހުން އެއަހަރުގެ އޮކްޓޯބަރ މަހުގެ 21 ވަނަ ދުވަހު ކަމުގައި ވުމުން އެހާލަތުގައި އޭނާގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާކަމަށް ނިންމައި އެމައްސަލަ ޖޭއެސްސީއިން ދަމަހައްޓަން ޖެހޭ ކަމަށް ދެކިނުލައްވާ ކަމަށެވެ.

ސުޕްރީމް ކޯޓުން 6 ފެބްރުއަރީ 2014 ގައި ނެރެފައިވާ އަމުރުގައި ވާގޮތުން ޕީޖީގެ މަގާމުގައި ބޭފުޅަކު ނެތަސް ޕީޖީ އޮފީހުގެ ވަކީލުން ކޯޓުތަކަށް ހާޒިރުވެ ދައުވާތަކަށް ޖާބުދާރީވެވޭނެއެވެ. ނަމަވެސް މަހާޒުގެ ބްލޮގްގައި އޭނާ ވިދާޅުވީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަން ނުކޮށް ޖިނާއީ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށާއި އެ ހާލަތުގައި ޕީޖީގެ ފަރާތުން ވަކީލުން ކޯޓަށް ޙާޒިރުވުމަށް އެންގިގެން ވެސް ނުވާނެ ކަމަށެވެ. މަހާޒުގެ އަމިއްލަފުޅު ބްލޮގްގައި އެލިޔުން ޝާއިއުކުރައްވާފައިވަނީ 2014 ވަނަ އަހަރުގެ މެއިމަހުގެ 8 ވަނަ ދުވަހު އެވެ.

ޖޭއެސްސީއިން ފިޔަވަޅު އެޅި މިމައްސަލަ އަލުން މުރާޖައާ ކުރަން އެ ކޮމިޝަނުން ނިންމާފައިވަނީ ހޯމަ ދުވަހުއެވެ. މަހާޒްގެ މައްސަލަ މުރާޖައާ ކުރަން އެކުލަވައިލި ކޮމިޓީގައި ހިމެނި ވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީއާއި ކޮމިޝަނުގެ މެމްބަރު ހިސާން ހުސައިނާއި، ކޮމިޝަނުގެ މެމްބަރު މެމްބަރު ޑރ. އަލީ ޝަމީމާއި ކޮމިޝަންގެ މެމްބަރު އަދި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް