Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް 2019

އިންޑިޔާ ކަނޑުގައި ބޮޑު ދާ އެޅުން ހުއްޓުވުމަށް މަޖިލީހަށް ގަރާރެއް

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 15 ޖުލައި 2019 | ހޯމަ 09:12
ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް

ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް

އިންޑިޔާ ކަނޑުގައި ބޮޑު ދާ އެޅުން ހުއްޓުވާ ދެމެހެއްޓެނިވި މަސްވެރިކަން ކުރުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމްއެވެ.

މި ގަރާރަކީ މަސްވެރިކަމާއި ބެހޭ ބިލަށް ގެންނަން ޖެހޭ ބަދަލުތަކުގެ މައިގަނޑުތަކާއި ގުޅޭ އިތުރު ބަހުސްތަކެއް ކުރިއަށް ގެންދިއުމުގެ ގޮތުން ހުށަހެޅުނު ގަރާރެކެވެ.

މެމްބަރު ޝަހީމް ހުށަހެޅުއްވި ގަރާރުގައި ވަނީ އިންޑިޔާ ކަނޑުގައި ކުރެވޭ މަސްވެރިކަމުގައި ބޮޑުދާ ޖަހައިގެން ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަން އާންމުވެފައިވާތީ، އެކަމުގެ ސަބަބުން ކަންނެލީގެ ސްޓޮކް މަދުވެ، ދިވެހިރާއްޖޭގެ އިގްތިސާދަށާއި، މަސްވެރިކަމުގެ ސިނާއަތަށް ގެއްލުންވަމުން އަންނަ ކަމަށެވެ.

މަސްވެރިކަމުގައި ދިވެހިރާއްޖެއިން ގެންގުޅޭ ދެމެހެއްޓެނިވި އުސޫލްތައް ކުރިއަރުވައި އެ އުސޫލްތަކާ ޚިލާފަށް އިންޑިޔާ ކަނޑުގައި މަސްވެރިކަން ކުރުން މަނާކުރުމަށާއި، އިންޑިޔާ ކަނޑުގައި ބޮޑުދާ ޖަހައިގެން މަސްވެރިކަން ކުރުން މަނާ ކުރުމަށާއި، ދެމެހެއްޓެނިވި އުސޫލުން ކުރެވޭ މަސްވެރިކަން ކުރިއެރުވުމުގެ ގޮތުން ހުށަހެޅުނު ގަރާރެއް ކަމަށެވެ.

އިނގިރޭސި ވިލާތުގެ ބްލޫ މެރިން ފައުންޑޭޝަންއިން 2019 ވަނަ އަހަރުގެ ޖޫން މަހު އެކުލަވާލައި އާންމުކުރި ރިޕޯޓްގައި އިންޑިޔާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަމުގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ގަރާރުގައި ވަނީ ބުނެފައެވެ.

އެ ގޮތުން އެ ރިޕޯޓްގައި ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަމުގައި މަސްވެރިކަން ކުރާ ގައުމުތަކުން ދެމެހެއްޓެނިވި މަސްވެރިކަމުގެ އުސޫލްތަކަށް ބެލުމެއް ނެތި މަސްވެރިކަން ކުރުމާއި، މަސްވެރިކަމާއި ގުޅޭ ގޮތުން އެކުލަވާލެވިފައި ހުންނަ ބައިނަލް އަގްވާމީ އުސޫލްތަކާއި، ގައުމުތަކުގެ ގާނޫނުތައް އެކަށީގެންވާ ގޮތުގައި ތަންފީޒު ނުކުރެވުމާއި، އެ އުސޫލްތަކާ އެއްގޮތަށް އަމަލުކުރަމުން ގެންދާކަން ކަށަވަރުކުރެވޭނެ ނިޒާމެއް ވެސް ގާއިމްކުރެވިފައިނުވާ ކަމަށް ގަރާރުގައި ވަނީ ބުނެފައެވެ.

ގަރާރުގައި ބުނެފައިވަނީ މިހާރު އިންޑިޔާ ކަނޑުގައި މަސްވެރިކަން ކުރަމުން ގެންދާ އުސޫލްތައް ބަދަލުކޮށް، މަސްވެރިކަން ކުރާ މިންވަރު އެކަށީގެންވާ މިންވަރަށް ދަށް ނުކުރެވޭނަމަ، ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް ވަރަށް ބޮޑަށް ދަށްވެ،މުޅި ރާއްޖޭގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރާނޭ ކަމަށެވެ. އަދި

މަސްވެރިކަން ކުރާ މިންވަރު މިހާރަށް ވުރެ ދަށްކުރުމަށްޓަކައި، މަސްވެރިކަން ކުރުމުގައި ދިވެހިރާއްޖެއިން އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) ގެ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށާ އިންޑިއާ ކަނޑުގައި ބޮޑުދާޖަހައިގެންނާއި އޮޔާދާ ބޮޑުދާ ޖަހައިގެން މަސްވެރިކަން ކުރުމަކީ މަނާކަމެއް ކަމުގައި ހަމަޖެއްސުމަށާއި، އެކަން ތަންފީޒްކުރެވޭނޭ އުސޫލްތައް އެކަށައެޅުމަށް ދިވެހިރާއްޖެއިން ވަކާލާތު ކުރުމަށާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންއިން އެއްބަސްވެފައިވާ ގޮތުގެ މަތިން ބޮޑުދާ ޖަހައިގެން މަސްވެރިކަންކުރާ އުޅަނދުތަކުން ދޫކުރާ އޮޔާދާ އޮއިވާލި ކަނދުފަތި ހުއްޓުވުމަށް ދިވެހިރާއްޖެއިން ވަކާލާތު ކުރުމަށާ، ދިވެހިރާއްޖޭގެ ދޮށީގެ މަސްވެރިކަމުގައި ބޭނޭ ކުދި ރީނދޫއުރަހަ ކަންނެލި މަދުކުރުމަށް އޮއިވާލި ކަނދުފަތިތައް ކައިރިން މަސްވެރިކަން ކުރުމުގެ ބަދަލުގައި އައިންމަތީ މަސްއައިނުން މަސްވެރިކަން ކުރުމަށް ހިތްވަރުދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއިން ޕްރޮގްރާމްތައް އެކުލަވާލައި ހިންގުން ވެސް ހިމެނެއެވެ.

އަދި އިންޑިއާ ކަނޑުގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ބަލައި، ކަނޑުމަހުގެ މަސްވެރިކަމަކީ ދެމެހެއްޓެވި އުސޫލުން ކުރެވޭ މަސްވެރިކަމެއްކަން ކަށަވަރުކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) އަށް ގޮވާލައި، އެކަން ތަންފީޒް ކުރުމަށްޓަކައި ދިވެހިރާއްޖެއިން ބާރުއެޅުމަށް މަޖިލިސް އިގުރާރްވާ ކަމަށް ބުނެފައިވެއެވެ.

މި ކަންތައް ތަންފީޒް ކުރުމަށްޓަކައި ދިވެހިރާއްޖެއިން ބާރުއެޅުމަށް މަޖިލިސް އިގުރާރުވާ ކަމަށް ގަރާރުގައި ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު