Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖެންޑާރ މިނިސްޓާރ ޝިދާތާ

ޝައިމް ގެ އެއްވެސް ޒާތީ މައުލޫމާތެއް ހިއްސާކޮށްފައެއް ނުވާނެ- ޝިދާތާ

ހިއްސާކޮށްފައިވާނީ އެ މައްސަލައިގެ ތަފްސީލާއި އެ މައްސަލަ ހުށަހެޅުނު ގަޑި ތަކުގެ ވާހަކަތައް ކަމަށް މިނިސްޓާރ ވިދާޅުވި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 15 ޖުލައި 2019 | ހޯމަ 05:09
މިނިސްޓަރ އޮފް ޖެންޑާރ އެން ސޯޝަލް ސާރވިސް ޝިދާތާ

މިނިސްޓަރ އޮފް ޖެންޑާރ އެން ސޯޝަލް ސާރވިސް ޝިދާތާ

ޝައިމް ގެ އެއްވެސް ޒާތީ މައުލޫމާތެއް ހިއްސާ ކޮށްފައި ނުވާނެ ކަމަށް މިނިސްޓަރ އޮފް ޖެންޑާރ އެން ސޯޝަލް ސާރވިސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ޝިދާތާ މިހެން ވިދާޅުވީ ޖެންޑާރ މިނިސްޓްރީ ގެ ބެލުމުގައި ހުއްޓާ ޝައިމް ގެއްލުނު މައްސަލައާއި ގުޅިގެން މިނިސްޓަރ މަޖިލީހަށް ހާޒިރުކޮށް، ޝައިމްގެ ޒާތީ މައުލޫމާތު ތަކެއް ނޫސް ކޮންފަރެންސެއްގައި ހިއްސާ ކުރުމާއި ގުޅިގެން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ކުރިމަތި ކުރުވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Advertisement - newsAdvertisement

ޝިދާތާ ވިދާޅުވީ ޕްރެސްކޮންފަރެންސް ގައި ހަމައެކަނި ހިއްސާކޮށްފައިވާނީ އެ މައްސަލައިގެ ތަފްސީލާއި އެ މައްސަލަ ހުށަހެޅުނު ގަޑިތަކުގެ ވާހަކަތައް ކަމަށެވެ.

ނަމަވެސް ޝައިމް ގެއްލުނު މައްސަލައާއި ގުޅިގެން މީސްމީޑިއާ ގައި އޮޅުން އަރާފަދަ ގޮތަކަށް ވާހަކަ ތަކެއް ފެތުރުމާއި ގުޅިގެން އާންމު މަސްލަހަތު ހިމާޔަތް ކުރުމަށްޓަކާ އޮޅުން އަރާ ފަދަ ކަމެއް އޮތް ނަމަ އޮޅުން ފިލުވައި ދިނުމަކީ މިނިސްޓަރ ގެ ގާނޫނީ ޒިންމާ އެއްގޮތުގައި ދެކޭ ކަމަށް ވެސް ވިދާޅުވިއެވެ.

ނޫސް ކޮންފަރެންސް ގައި ނުދައްކަވާ ވާހަކަތަކެއް ވެސް ނޫސްތަކުގައި ހުރިކަން މިނިސްޓަރ ގެ ޖަވާބުގައި ފާހަގަ ކުރެއްވިއެވެ.

މިފަދަ މައްސަލަތަކާއި ގުޅިގެން މީޑިއާގައި އެކުދިންނާ ބެހޭގޮތުން ދައްކާ ވާހަކަތަކުން އެކުދިންނަށް ކުރާނެ އަސަރާ މެދު ވިސްނާލުމަށް ވެސް މިނިސްޓަރ އިލްތިމާސް ކުރެއްވިއެވެ.

ޖެންޑަރ މިނިސްޓަރ ޝިދާތާ މަޖިލީހަށް ހާޒިރު ކޮށްފައި ވަނީ އެ މިނިސްޓްރީ ގެ ބެލުމުގެ ދަށުގައި ހުރި ކުޑަކުއްޖެއް ގެއްލުމާއި ގުޅިގެން ސުވާލު ކުރެއްވުމަށެވެ. ޝައިމް ގެއްލިގެން ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ކުރަން ފަށާފައިވަނީ މިމަހުގެ 18 ވީ އަންގާރަ ދުވަހުއެވެ. ޝައިމް މިހާރު ފެނިފައިވާއިރު އޭނާ ފޮރުވުމުގެ މައްސަލާގައި ދެ ފަރާތެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

07 މާރިޗު 2017
ފ. އަތޮޅު ވިއްކާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރަކު ތާއިދެއް ނުކުރޭ:އެމްޑީޕީ

ފ. އަތޮޅު ވިއްކާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރަކު ތާއިދެއް ނުކުރޭ:އެމްޑީޕީ

28 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

19 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު