Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީޑިއާނެޓް

މީޑިއާނެޓަށް އައު ޗެނަލެއް، މިފަހަރު ކިއުރިއޯސިޓީ ސްޓްރީމް

ކިއުރިއޯސިޓީ ސްޓްރީމް އިން ދެ ހާ އަށް ވުރެ ގިނަ ފީޗާ ފިލްމާއި ޑޮކިއުމެންޓަރީ ފެނިގެންދާނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 14 ޖުލައި 2019 | އާދީއްތަ 13:12
މީޑިއާނެޓްގެ މާކެޓިންގް އޮފިސަރ އިސްމާއިލް މާއިޒް

މީޑިއާނެޓްގެ މާކެޓިންގް އޮފިސަރ އިސްމާއިލް މާއިޒް

މީޑިއާނެޓުން މުޅިން އަލަށް ޗެނަލް ކިއުރިއޯސިޓީ ސްޓްރީމް ތައާރަފްކޮށްފިއެވެ.

އާދިއްތަ ދުވަހު މީޑިއާނެޓް ހެޑް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މީޑިއާނެޓްގެ މާކެޓިންގް އޮފިސަރ އިސްމާއިލް މާއިޒް ވިދާޅުވީ މި ޗެނަލްއިން ދެ ހާ އަށް ވުރެ ގިނަ ފީޗާ ފިލްމާއި ޑޮކިއުމެންޓަރީ ފެނިގެންދާނެ ކަމަށެވެ. ކިއުރިއޯސިޓީ ސްޓްރީމްއަކީ ބެލުންތެރިންގެ މައުލޫމާތު މުއްސަދިކުރުމަށްޓަކައި ސައިންސް އާއި ޓެކްނޮލޮޖީ، އިޖްތިމާއީ، ލައިފްސްޓައިލް އަދި ތިމާވެށީގެ ކޮންޓެންޓްތައް ބަލާލުމަށް ހުރިހާ އުމުރުފުރާއެއްގެ ބޭފުޅުންނަށް ވެސް އެކަށީގެންވާނެ ޗެނަލްއެއް ކަމުގައި މާއިޒް ވިދާޅުވިއެވެ.

މާއިޒް ވިދާޅުވި މީޑިއާނެޓްގެ ކޭބަލް އަދި ހިޓްސް ބެލުންތެރިންނަށް ޗެނަލް ކިއުރިއޯސިޓީ ސްޓްރީމް މި ފެށޭ އޮގަސްޓް މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ހިލޭ ލިބިގެންދާނެކަމުގައެވެ. އަދި ފެމެލީ ނުވަތަ ފެމެލީ އަށް ވުރެ މަތީ ޕެކޭޖްތައް ބޭނުންކުރައްވާ ފަރާތްތަކަށް ޗެނަލް ނަންބަރު 827 އިން ފެނިވަޑައި ގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާއިޒް ވިދާޅުވީ މީޑިއާނެޓުން ކުރިއަށް އޮތްތަނުގައި އިތުރު އާ ޗެނަލްތައް ތައާރަފް ކުރުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށާއި މީޑިއާނެޓްގެ ޕްރޮގްރާމްތަކާ ބެހޭ މައުލުމާތު މީޑިއާނެޓްގެ ސޯޝަލް މީޑިއާ އަދި އީމެއިލް މެދުވެރިކޮށް ލިބިގެންދާނެ ކަމުގައެވެ.

ކިއުރިއޯސިޓީ ސްޓްރީމްއަކީ ޑިސްކަވަރީ ޗެނަލް އުފެއްދި ފަރާތްތަކުން އިތުރު އާ ކޮންޓެންޓް ގެނަސް ދިނުމަށްޓަކައި ސްޓްރީމިން ޗެނަލްއެއްގެ ގޮތުގައި 2015 ވަނަ އަހަރު ތައާރަފް ކޮށްފައިވާ ޗެނަލްއެކެވެ.

އިތުރަށް ކިޔާލަން

20 ޖޫން 2017

މިފަހަރުގެ ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން ސްޓޭޑިއަމްގައި

20 ޖޫން 2017
މިފަހަރުގެ ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން ސްޓޭޑިއަމްގައި
07 ޖޫން 2017

ގަތަރު ރައްޔަތުންނަށް ރާއްޖެ އައުމަށް ހުރަހެއް ނެތް: ފޮރިން މިނިސްޓްރީ

07 ޖޫން 2017
ގަތަރު ރައްޔަތުންނަށް ރާއްޖެ އައުމަށް ހުރަހެއް ނެތް: ފޮރިން މިނިސްޓްރީ
30 މެއި 2017

ހީލަމާ ޕްރޮގްރާމް މިފަހަރު ވެސް ހުށަހަޅައިދޭނީ މަހްލޫފު!

30 މެއި 2017
ހީލަމާ ޕްރޮގްރާމް މިފަހަރު ވެސް ހުށަހަޅައިދޭނީ މަހްލޫފު!
17 މެއި 2017

ރައީސް ނަޝީދުގެ 50 ވަނަ އުފަންދުވަހުގެ ހަދިޔާ މިފަހަރު ކުރިމިނަލް ކޯޓުން!

17 މެއި 2017
ރައީސް ނަޝީދުގެ 50 ވަނަ އުފަންދުވަހުގެ ހަދިޔާ މިފަހަރު ކުރިމިނަލް ކޯޓުން!
15 މެއި 2017

އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި

15 މެއި 2017
އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި
14 އެޕްރީލު 2017

ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި

14 އެޕްރީލު 2017
ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި
10 އެޕްރީލު 2017

ޒައިދުގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި، މިފަހަރު ހަތް ދުވަސް!

10 އެޕްރީލު 2017
ޒައިދުގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި، މިފަހަރު ހަތް ދުވަސް!
30 މާރިޗު 2017

ކެރެންޏާ މަޝްވަރާތަކަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި

30 މާރިޗު 2017
ކެރެންޏާ މަޝްވަރާތަކަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި
01 މާރިޗު 2017

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު