Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމީޑިއާގެ މިނިވަންކަމުގެ އަހުދު

މީޑިއާގެ މިނިވަންކަމުގެ ބައިނަލްއަގްވާމީ އަހުދުގައި ރާއްޖެއިން ސޮއިކޮށްފި

12 ޖުލައި 2019 | ހުކުރު 14:52

ރާއްޖޭގެ ފަރާތުން ސޮއިކުރީ، ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް

އަމަން ހަލީމް
އަމަން ހަލީމް | 12 ޖުލައި 2019 | ހުކުރު 14:52
ޑރ. ފަރަހަނާޒް އަހުދުގައި ސޮއިކުރައްވަނީ

ޑރ. ފަރަހަނާޒް އަހުދުގައި ސޮއިކުރައްވަނީ

މީޑިއާގެ މިނިވަންކަމުގެ ބައިނަލްއަގްވާމީ އަހުދުނާމާގައި ރާއްޖެއިން ސޮއިކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ލަންޑަނުގައި މިހާރު ކުރިޔަށްދާ މީޑިއާ ފްރީޑަމް ކޮންފަރެންސްގައި މި އަހުދުނާމާގައި ރާއްޖޭގެ ފަރާތުން ސޮއިކުރީ، ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލްއެވެ.

Advertisement - newsAdvertisement

މީޑީއާގެ މިނަވަންކަމުގެ އަހުދުގެ ތެރޭގައި ހަތްކަމެއް ހިމެނެއެވެ. އެގޮތުން މީޑިއާގެ މިނިވަންކަމުގެ ކޯލިޝަނެއްގެ ތެރެއިން މުޖުތަމައުގެ ރައްކާތެރިކަމާއި ތަނަވަސްކަމާއި ދުޅަހެޔޮކަމަށްޓަކައި މީޑިއާގެ މިނިވަންކަމުގެ މުހިންމުކަމަށް އަޑު އުފުލުމާއި، މީޑިއާ ފްރީޑަމް ކޮންޓެކްޓް ގްރޫޕެއްގެ ތެރެއިން މީޑިއާގެ ގުޅުން ވަރުގަދަ ކުރުން ހިމެނެއެވެ.

އޭގެ އިތުރުން މީޑިއާގެ ހުރިހާ މަސްއޫލުވެރިން ގުޅިގެން ގައުމުތަކަށް ބާރުއަޅައިގެން ގައުމީ ފެންވަރުގެ ފްރޭމްވަރކެއްގެ ދަށުން މީޑިއާ ވަރުގަދާ ކުރަން ސަރުކާރާއެކު ގުޅިގެން މަސައްކަތް ކުރުމަށް ވަނީ އަހުދުވެފައެވެ. އަދި މިކަމުގައި އދ. އާއި އެހެނިހެން ޖަމިއްޔާތަކަށް ބާރުއަޅައިގެން ހާއްސަ ޓާސްކް ފޯސްއެއް އުފެއްދުން ހިމެނެއެވެ.

އިތުރު އަހުދުތަކުގެ ތެރޭގައި މީޑިއާއަށް ހުރި ގޮންޖެހުންތައް ނައްތާލަން އދ. އަދި އެހެނިހެން ޖަމިއްޔާތަކުން ގުޅިގެން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދީ، ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ ނޫސްވެރިންނަށް އެހީތެރިވުމުގެ ގޮތުން ގްލޯބަލް މީޑިއާ ޑިފެންސް ފަންޑެއް އުފެއްދުމަށް އެ ޖަމިއްޔާތަކަށް ގޮވާލުން އަދި މިނިވަން، ރައްޔިތުންގެ މަސްލަހަތު ފައިދާ ކުރަނިވި މީޑިއާތައް ތަރައްގީކުރުމަށް އެހީވެދިނުން ހިމެނެއެވެ.

މި އަހުދުނާމާގައި ހިމެނިފައިވާ އުސޫލުތައް ދިފާއުކުރަން ހުށިޔާރުކަމާއި އެކު މަސައްކަތް ކުރުމާއި، މި އަހުދުތައް އާކުރުމުގެ ގޮތުން އަހަރަކު އެއް ފަހަރު ބައްދަލުކޮށް ފެންމަތިވާ މައްސަލަތަކާއި ފުރުސަތުތަކާއި ގުޅޭ ގޮތުން މަޝްވަރާކުރަން ވެސް ހަމަޖެހިފައިވެއެވެ.

ގްލޯބަލް މީޑިއާ ފްރީޑަމް ކޮންފަރެންސަކީ އިނގިރޭސިވިލާތާއި ކެނެޑާ ގުޅިގެން ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގެ މަގުސަދަކީ މީޑިއާގެ މިނިވަންކަން ދިފާއުކޮށް ނޫސްވެރިންގެ މިނިވަންކަން ރައްކާތެރިކުރުމަށް ބައިނަލްއަގްވާމީ ފެންވަރެއްގައި މަސައްކަތް ކުރުމެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

އަބުރުގެ ގާނޫނު ބޭނުން ކޮށްގެން މަސައްކަތް ކުރަނީ މީޑިއާގެ މިނިވަންކަން ނެތިކޮށްލަން: އަމީތު

06 އެޕްރީލު 2017
އަބުރުގެ ގާނޫނު ބޭނުން ކޮށްގެން މަސައްކަތް ކުރަނީ މީޑިއާގެ މިނިވަންކަން ނެތިކޮށްލަން: އަމީތު
02 އެޕްރީލު 2017

އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ބައިނަލްއަގްވާމީ މީޑިޔާތަކުގެ ސަމާލުކަން ހޯދަން: ރައީސް އޮފީސް

02 އެޕްރީލު 2017
އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ބައިނަލްއަގްވާމީ މީޑިޔާތަކުގެ ސަމާލުކަން ހޯދަން: ރައީސް އޮފީސް
30 މާރިޗު 2017

ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން

30 މާރިޗު 2017
ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން
03 މާރިޗު 2017

ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ

03 މާރިޗު 2017
ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ
28 ފެބުރުއަރީ 2017

އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި

28 ފެބުރުއަރީ 2017
އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި
26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް