Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖާބިރު ޑީއަރްޕީއަށް

ޖާބިރު ޑީއާރްޕީއާ ގުޅިވަޑައިގަންނަވަން ޝައުގުވެރިކަން ފާޅުކުރައްވައިފި

12 ޖުލައި 2019 | ހުކުރު 13:57

ޖާބިރުއާއި އެކު އިތުރު ދެ މެމްބަރަކު ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވޭ

އަމަން ހަލީމް
އަމަން ހަލީމް | 12 ޖުލައި 2019 | ހުކުރު 13:57
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ޑީއާރްޕީއާ ގުޅިވަޑައިގްނަވަން ޝައުގުވެރިކަން ފާޅުކުރައްވައިފި ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޑީއާރްޕީއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ހުކުރު ދުވަހުގެ ވަގުތެއްގައި އެ ޕާޓީގެ ކައުންސިލާ ޖާބިރު ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ އިތުރު ދެ މެމްބަރަކު ވެސް އެ ޕާޓީއާ ގުޅިވަޑައިގަންނަވަން ޝައުގުވެރިކަން ފާޅުކުރައްވާ ބައްދަލުކުރެއްވިކަމަށް ވެސް ޑީއާރްޕީއިން ބުނެފައިވެއެވެ. ނަމަވެސް އެއީ ކޮން ދެ މެމްބަރުން ކަމެއް ބުނެފައެއް ނުވެއެވެ.

Advertisement - newsAdvertisement

ޑީއާރްޕީ އުފެއްދުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ޖާބިރު ވަނީ މީގެ ކުރިންވެސް އެ ޕާޓީއާ ގުޅިވަޑައިގަންނަވަން ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

މިނިވަން މެމްބަރެއްގެ ހައިސިއްޔަތުން މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ޖާބިރު އެންމެ ފުރަތަމަ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވާދަކުރައްވަން މަސައްކަތް ކުރެއްވީ އެމްޑީޕީގެ ޓިކެޓުގައެވެ. ނަމަވެސް އެމްޑީޕީ ޕްރައިމަރީން ނާކާމިޔާބު ވުމާއި އެކު، މިނިވަން މެމްބަރެއްގެ ގޮތުގައި ވާދަކުރައްވަން ޖާބިރު ނިންމެވީއެވެ.

ޖާބިރުއަށް މިނިވަން މެމްބަރެއްގެ ގޮތުގައި މަޖިލީހަށް ވާދަކުރެއްވުނީ، ޕްރައިމަރީން ބަލިވާ ކެނޑިޑޭޓުންނަށް އިންތިހާބުގައި ބައިވެރިނުވެވޭ ގޮތަށް އޮތް އޮތުމަކީ، ގާނޫނާ ހިލާފު ކަމެއް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާއި ގުޅިގެންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީއެއްގެ ގޮތުގައި ހުންނެވި ޖާބިރު މި ފަހުން ރައްޔިތުންގެ މަޖިލީހުގައި ކޯފާ އިސްކުރައްވާ އަޑު އުފުލި އިރު ރައީސް ސޯލިހަށް ވެސް ނިސްބަތްކޮށް ބަހުގެ ހަމަލާތަކެއް ދެއްވާފައިވެއެވެ. އަދި މަޖިލީހުގެ ތަޅުމުގައި އަޑު ގަދަކުރުމުގެ ސަބަބުން، 19 ވަނަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ނަން އިއްވާ ތަޅުމުން ބޭރުކޮށްލެވުނު ފުރަތަމަ މެމްބަރަކަށް ޖާބިރު ވެވަޑައިގެންނެވިއެވެ.

ޖާބިރު ޑީއާރްޕީއާ ގުޅިވަޑައިގެންފި ނަމަ އެމަނިކުފާނު ވެވަޑައިގަންނަވާނީ މަޖިލީހުގެ މި ދައުރުގައި ޑީއާރްޕީ ތަމްސީލުކުރައްވާ ފުރުތަމަ މެމްބަރަށެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

3

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

4

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

5

މާލޭގެ ގެއަކަށް ވަދެ ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު މައްސަލަ: ހައްޔަރު ކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދަށް!

އިތުރަށް ކިޔާލަން

01 ޖުލައި 2017

ޝެއިޚް އިމްރާން ބޮޑެތި ކުށްވެރިންނާ އެއްގޮޅިއެއްގައި ބަހައްޓަވާތީ މަހްލޫފް ކަންބޮޑުވުން ފާޅުކުރައްވައިފި

01 ޖުލައި 2017
ޝެއިޚް އިމްރާން ބޮޑެތި ކުށްވެރިންނާ އެއްގޮޅިއެއްގައި ބަހައްޓަވާތީ މަހްލޫފް ކަންބޮޑުވުން ފާޅުކުރައްވައިފި
22 ޖޫން 2017

15 ގަޑި އިރަށްފަހު ޖާބިރު ލަންޑަން އެތެރެވެއްޖެ

22 ޖޫން 2017
15 ގަޑި އިރަށްފަހު ޖާބިރު ލަންޑަން އެތެރެވެއްޖެ
21 ޖޫން 2017

ޕާސްޕޯޓް ކެންސަލްކޮށްފައި އޮތުމުން އިނގިރޭސި ވިލާތުގެ އެއާޕޯޓްގައި ޖާބިރު "ބަންދުކޮށްފި"

21 ޖޫން 2017
ޕާސްޕޯޓް ކެންސަލްކޮށްފައި އޮތުމުން އިނގިރޭސި ވިލާތުގެ އެއާޕޯޓްގައި ޖާބިރު "ބަންދުކޮށްފި"
27 އެޕްރީލު 2017

ފުލުހުން ޖާބިރު ހޯދަނީ

27 އެޕްރީލު 2017
ފުލުހުން ޖާބިރު ހޯދަނީ
26 އެޕްރީލު 2017

ޖާބިރު އަތުން ނަގާފައިވާ ދެ މިލިއަން ރުފިޔާ ހޯދަން މެމްބަރު ޔާމިނަށް އަންގައިފި

26 އެޕްރީލު 2017
ޖާބިރު އަތުން ނަގާފައިވާ ދެ މިލިއަން ރުފިޔާ ހޯދަން މެމްބަރު ޔާމިނަށް އަންގައިފި
20 އެޕްރީލު 2017

ރައްޔިތުންނަށް ކިރިޔާވެސް ނޭވާއެއް ލެވޭނެ ފުރުސަތެއް އޮތީ ރައީސް ޔާމީން ބޭރުކޮށްގެން: ޖާބިރު

20 އެޕްރީލު 2017
ރައްޔިތުންނަށް ކިރިޔާވެސް ނޭވާއެއް ލެވޭނެ ފުރުސަތެއް އޮތީ ރައީސް ޔާމީން ބޭރުކޮށްގެން: ޖާބިރު
19 އެޕްރީލު 2017

ރައީސް ނަޝީދުގެ އެޑްވައިޒަރަކަށް ޖާބިރު ހަމަޖައްސައިފި

19 އެޕްރީލު 2017
ރައީސް ނަޝީދުގެ އެޑްވައިޒަރަކަށް ޖާބިރު ހަމަޖައްސައިފި
19 އެޕްރީލު 2017

ރާއްޖެޓީވީ އަބުރުފުޅު ފަންޑަށް 50 ހާސް ރުފިޔާ ޖާބިރު ހަދިޔާކޮށްފި

19 އެޕްރީލު 2017
ރާއްޖެޓީވީ އަބުރުފުޅު ފަންޑަށް 50 ހާސް ރުފިޔާ ޖާބިރު ހަދިޔާކޮށްފި
13 އެޕްރީލު 2017

އެލްޖީއޭ ބޯޑު ރައީސް ޔާމީންގެ ބާރުގެ ދަށަށް ގެންދިއުމުން ރައީސް މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި

13 އެޕްރީލު 2017
އެލްޖީއޭ ބޯޑު ރައީސް ޔާމީންގެ ބާރުގެ ދަށަށް ގެންދިއުމުން ރައީސް މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި
22 މާރިޗު 2017

ޖާބިރުގެ ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒް ކޮށްފި

22 މާރިޗު 2017
ޖާބިރުގެ ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް