Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެމްއޭ

އެފްއައިޔޫގެ ކުރީގެ ވެރިޔާގެ މަގާމު ބަދަލުކުރީ ގާނޫނާ އެއްގޮތަށް: އެމްއެމްއޭ

އަބްދުﷲ އަޝްރަފް އެފްއައިޔޫގެ ވެރިޔާގެ މަގާމަށް ހަމަޖެއްސެވީ އާޒިމާ އާދަމް

އަތޫފް އާތިފް
އަތޫފް އާތިފް | 12 ޖުލައި 2019 | ހުކުރު 01:14
އެމްއެމްއޭ

އެމްއެމްއޭ

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފްގެ މަގާމު ބަދަލުކުރީ ގާނޫނާ އެއްގޮތައް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އަޝްރަފް އެފްއައިޔޫގެ ވެރިޔާގެ މަގާމަށް ހަމަޖެއްސެވީ އެމްއެމްއޭގެ ކުރީގެ ގަވަރނަރކަމުގައި ހުންނެވި އާޒިމާ އާދަމް ކަމަށާއި، އެ މަގާމަކީ މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭގެ ގަވަރުނަރު އައްޔަންކުރާ މަގާމެއް ކަމަށެވެ.

Advertisement - newsAdvertisement

އަޝްރަފުގެ މަގާމު ބަދަލުކުރީ ރިޔާސީ އިންތިޚާބު ކައިރިވެފައި ވަނިކޮށް ރައީސް އަބްދުﷲ ޔާމީންގެ އެކައުންތަށް ދެ ފަހަރެއްގެ މަތިން 22.5 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ މައްސަލަ ޕޮލިހަށް ހުށަހެޅި ފަހުންނެވެ.

އެމްއެމްއޭގެ ބަޔާނުގައި ބުނެފައިވާ ގޮތުން މިހާރުގެ ގަވަރުނަރު އަހްމަދު ނަސީރު، އަޝްރަފުގެ މަގާމު ބަދަލުކުރެއްވީ މަގާމުގެ ގިންތިއަށް ބަދަލު ނާންނަ ގޮތަށެވެ. އެ ބަދަލު އެގޮތަށް ގެނައީ "މަގާމުގެ މަސްއޫލިއްޔަތު އެކަށީގެންވާ ގޮތެއްގައި އަދާކުރުމަށް ނުކުޅެދިފައިވާތީ ގާނޫނުގައިވާ ގޮތުގެ މަތިން" ކަމަށް ބަޔާނުގައިވެ އެވެ.

އަޝްރަފް އެފްއައިޔޫގެ އިސްވެރިޔަކަށް ހުރި ދުވަސްވަރު އެފްއައިޔޫއަށް ލިބިފައި ހުރި ބައެއް ރިޕޯޓްތަކާ ގުޅޭ ގޮތުން އަމަލުކޮށްފައިވަނީ، އެފަދަ މައުލޫމާތު ލިބުމުން އަމަލުކުރަން އޮންނަ ގޮތާއި ހިލާފަށް ކަމަށާއި އެގޮތުން 2018 ވަނަ އަހަރު ސިޔާސީ އިސްފަރާތެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ގިނަ އަދަދެއްގެ ފައިސާއާއި ގުޅިގެން އެކަން ތަހުގީގީ އިދާރާއަށް ނުފޮނުވައި ގިނަ ދުވަސް ކޮށްފައިވާ ކަމަށް ބަޔާނުގައިވެ އެވެ. މީގެއިތުރުން އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅޭ ގޮތުގެ މައުލޫމާތު އެންމެ ފުރަތަމަ އެފްއައިޔޫއަށް ލިބިފައި ވަނީ އަޝްރަފު އަތަށް ކަމަށާއި އެ ރިޕޯޓާއި ހަވާލުވެ ސޮއިކޮށް، އެކަމުގެ ހުރިހާ އެނަލިސިސްތަކެއް ހަދައިފައިވަނީ އޭނާ ކަމަށާއި އެފްއައިޔޫގެ އެންމެ އިސްވެރިއަކަށް ހުންނަވައި އެމްއެމްޕީއާރުސީގެ ރިޕޯޓްތަކާއި ބެހޭ ގޮތުން ފިޔަވަޅުއަޅަން ފުރުސަތު ލިބުނު ނަމަވެސް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

އެމްއެމްއޭއިން ބުނީ އެ އޮތޯރިޓީގެ ގަވަރުނަރު މަސައްކަތްކޮށްފައި ވަނީ ގާނޫނުގައިވާ ގޮތުގެ މަތިން އެފްއައިޔޫއަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާއި ވަސީލަތްތައް ފޯރިކޮށްދިނުމަށް ކަމަށެވެ.

އެމްއެމްއޭއިން މި ބަޔާން ނެރުނީ ގަވަރުނަރު ނަސީރުގެ މައްޗަށް ބޮޑެތި ތުހްމަތުތަކެއް ފެންމަތިވެފައި ވަނިކޮށެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން އޭޑީކޭގައި

28 ފެބުރުއަރީ 2017
ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން އޭޑީކޭގައި
25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
24 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް
20 ފެބުރުއަރީ 2017

ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި

20 ފެބުރުއަރީ 2017
ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި
14 ފެބުރުއަރީ 2017

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު