Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖޭސީއެމް

އިޔާދަކުރަނިވި ވަސީލަތްތަކަށް އާންމުން ހޭލުންތެރި ކުރުވުމަށްޓަކާ ބާއްވާ މަސައްކަތު ބައްދަލުވުމެއް ފަށައިފި

މަސައްކަތު ބައްދަލުވުން ކުރިއަށް ދާނީ އެއްދުވަހުގެ މުއްދަތަށް ޖުމްލަ އަށް ސެޝަނަކަށް ބަހާލެވިގެން

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 11 ޖުލައި 2019 | ބުރާސްފަތި 06:43
ރާއްޖޭގެ އެންވަޔަރަމެންޓް މިނިސްޓަރ ޑރ ހުސެއިން ރަޝީދް ހަސަން

ރާއްޖޭގެ އެންވަޔަރަމެންޓް މިނިސްޓަރ ޑރ ހުސެއިން ރަޝީދް ހަސަން

އިޔާދަކުރަނިވި ވަސީލަތްތަކަށް އާންމުން ހޭލުންތެރި ކުރުވުމަށްޓަކާ ބާއްވާ ސެޝަން އެއް ފަށައިފިއެވެ.

ޗަމްޕާ ސެންޓަރްލް ހޮޓެލްގައި ފެއްޓި ޖޮއިންޓް ކްރެޑިޓިންގް މެކޭނިޒްމް (ޖޭސީއެމް) މަސައްކަތު ބައްދަލުވުން ކުރިއަށް ދާނީ އެއްދުވަހުގެ މުއްދަތަށް ޖުމްލަ އަށް ސެޝަނަކަށް ބަހާލެވިގެންނެވެ.

Advertisement - newsAdvertisement

މި މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވީ ރާއްޖޭގެ އެންވަޔަރަމެންޓް މިނިސްޓަރ ޑރ ހުސެއިން ރަޝީދް ހަސަނެވެ. ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން ޗައިނާގެ އެންވަޔަރަމެންޓް މިނިސްޓްރީގެ ބޭފުޅުން ވެސް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެލައްވާފައެވެ.

ސެޝަންތައް ނަގާދިނުމަށް ހަމަޖެހިފައިވަނީ އޭޝިއަން ޑިވެލޮޕްމެންޓް (އޭޑީބީ) ގެ ބޭފުޅުންނާއި ޖަޕާނާއި ރާއްޖޭގެ އެންވަޔަރަމެންޓް މިނިސްޓްރީގެ ފަންނީ އިސްވެރިންނެވެ.

މި ސެމިނާގައި 50 ފަރާތަކުން ބައިވެރިވެފައިވާއިރު އިޔާދަކުރަނިވި ހަކަތައާއި ގުޅިގެން ހިންގާފައިވާ މަޝްރޫއުތަކާއި މި ދާއިރާއިން ރާއްޖެއަށް ލިބިފައިވާ ކާމިޔާބީތަކާއި ގުޅިގެން މަޝްވަރާ ކުރެވޭނެއެވެ.

މި މަސައްކަތު ބައްދަލުވުމަކީ ޖަޕާނު ސަރުކާރާއި މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް އާއި ގުޅިގެން ހިންގޭ ސެމިނާ އެކެވެ.

ޖޭސީއެމް އަކީ ތެލަށް ވުރެ އަގު ހެޔޮ، އަދި ފަސޭހައިން ލިބެން ހުންނަ އިޔާދަކުރަނިވި ވަސީލަތްތައް ހެޔޮއަގުގައި ފަސޭހައިން ރާއްޖޭގައި ބޭނުން ކުރުމަށް މަގުފަހިވާ ގޮތަށް ތައްޔާރުކުރެވިފައިވާ މެކޭނިޒްމް އެކެވެ. މި ނިޒާމުގެ ސަބަބުން ރާއްޖެއަށް ކާބަން މަދު ކުރުމަށް ބޭނުންކުރެވޭ ވަސީލަތްތައް ރާއްޖެއަށް ތައާރަފްކުރެވި، ތެޔޮ ބޭނުން ކުރެވޭ މިންވަރު މަދު ކުރެވޭނެއެވެ.

މި ފަދަ ބައްދަލުވުމެއް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ޖެސީއެމް ޕްރޮޖެކްޓް ހިންގުމަށް ހަދާފައިވާ ނިޒާމުތަކާއި ބެހެގޮތުން ހޭލުންތެރި ކުރުވުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާސީ އިންތިހާބަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ފްލޭނެއް އެކުލަވާލައިފި

ރިޔާސީ އިންތިހާބަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ފްލޭނެއް އެކުލަވާލައިފި

16 އެޕްރީލު 2018
ކޯޓުގެ ގާޒީންނާ ގުޅޭ ގޮތުން އާންމުންގެ ހިތްތަކުގައި ނަފުރަތު އުފެދޭ ވާހަކަ ދައްކާނަމަ ފިޔަވަޅު އަޅާނަން: ކްރިމިނަލް ކޯޓުް

ކޯޓުގެ ގާޒީންނާ ގުޅޭ ގޮތުން އާންމުންގެ ހިތްތަކުގައި ނަފުރަތު އުފެދޭ ވާހަކަ ދައްކާނަމަ ފިޔަވަޅު އަޅާނަން: ކްރިމިނަލް ކޯޓުް

20 މާރިޗު 2018
ބަލިމީހުންގެ ރައްކާތެރިކަމާއި ހޭލުންތެރިކަމުގެ ހަފުތާ އޭޑީކޭ އިން ފާހަގަކުރަނީ

ބަލިމީހުންގެ ރައްކާތެރިކަމާއި ހޭލުންތެރިކަމުގެ ހަފުތާ އޭޑީކޭ އިން ފާހަގަކުރަނީ

12 މާރިޗު 2018
ފުލުހުން ރޭ ބަންދު ކުރި މަގުތައް އާންމުންނަށް ބޭނުން ކުރެވޭ ގޮތަށް ހުޅުވައިލައިފި

ފުލުހުން ރޭ ބަންދު ކުރި މަގުތައް އާންމުންނަށް ބޭނުން ކުރެވޭ ގޮތަށް ހުޅުވައިލައިފި

02 ފެބުރުއަރީ 2018
ކޭލަކުނާއި މެދު އާއްމުން ހޭލުންތެރިކުރުމުގެ މަސައްކަތް ރާއްޖެ ޓީވީއިން ފަށައިފި

ކޭލަކުނާއި މެދު އާއްމުން ހޭލުންތެރިކުރުމުގެ މަސައްކަތް ރާއްޖެ ޓީވީއިން ފަށައިފި

03 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު