Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފ އަތޮޅުގެ ޑީލް

ފ އަތޮޅު ޑީލާއެކު ގިނަ ރައްޔިތުންތަކެއް އެއްފަސްކުރާނެ ކަމުގެ އިޝާރާތެއް

4 މާރިޗު 2017 | ހޮނިހިރު 18:26

އެއްފަސްކުރާ މީހުންނަށް ދިރިއުޅޭ ވަޞީލަތްތައް ހިލޭ ފޯރުކޮށްދޭނެ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 4 މާރިޗު 2017 | ހޮނިހިރު 18:26
ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު

ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު

ސައުދީ އަރަބިއާ އާއެކު ފ އަތޮޅާއި ގުޅޭގޮތުން ހަދާ ޑީލްގެ ދަށުން، ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރައްތަކެއްގެ މީހުން އެހެން ރަށްތަކަށް ބަދަލުކުރާނެ ކަމުގެ އިޝާރާތެއް ސަރުކާރުން ކޮށްފިއެވެ.

މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. މުޙައްމަދު މުއިއްޒު އާ ހަވާލާދީ އިނގެރޭސި ވިލާތުގެ ދި ގާޑިއަން ނޫހުން ބުނެފައިވަނީ، ފ އަތޮޅު ތަރައްޤީ ކުރުމަކީ މިނިވަންކަމާއި ސިޔާދަތު ގެއްލުވާލުން ނޫން ކަމަށާއި، މި މަޝްރޫޢުގެ ތެރެއިން ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ގެނެވޭނެ ކަމަށް ސަރުކާރުން އުއްމީދު ކުރާ ކަމަށެވެ.

Advertisement - newsAdvertisement

"(ފ އަތޮޅު ތަރައްޤީ ކުރުމަކީ) މިނިވަންކަމާއި ސިޔާދަތު ވިއްކާލުމެއް ނޫން. އަޅުގަނޑުމެން މި އުއްމީދު ކުރަނީ މީއީ ބޮޑު އިންވެސްޓްމަންޓަކަށް ވާނެ ކަމަށް. އަޅުގަނޑުމެން ބޭނުމެއްނޫން މަޑު ދުވެއްޔެއް. އަޅުގަނޑުމެން ބޭނުންވަނީ ވަރަށް ބޮޑެތި ބަދަލު. އަޅުގަނޑުމެން ބޭނުންވަނީ ހުރިހާ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ވެސް ކުރު މުއްދަތެއްގެ ތެރޭގައި ރަންގަޅު ކުރަން"، ޑރ. މުޢިއްޒު ވިދާޅުވެފައިވެއެވެ.

މިނިސްޓަރ ވިދާޅުވީ ފ އަތޮޅު ޑީލާއެކު، ރާއްޖޭގެ މީހުން ދިރިއުޅޭ 185 ރަށުގެ ތެރެއިން ތިންބައިކުޅަ އެއްބައި ރަށުގެ މީހުން ބޮޑެތި ރަށްތަކަށް ބަދަލުކުރާނެ ކަމަށެވެ. މިގޮތަށް މީހުން ބަދަލުކުރެވޭ ރަށްތަކުގައި އެކި ދާއިރާތަކުން ޒަމާނީ ޚިދުމަތްތައް ޤާއިމު ކުރެވޭނެ ކަމަށް ވެސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

"ބަދަލުކުރެވޭ ރައްޔިތުންނަށް ބޮޑެތި ރަށްތަކުން ހިލޭ ގެދޮރު ފޯރުކޮށްދެވޭނެ. ހުރިހާ ރަށަކަށް ހުރިހާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަ އިންވެސްޓްމަންޓްތަކެއް ބޭނުންވޭ. މިއީ ވާވަރަށްވުރެ ބޮޑު ކަމެއް. ބައެއް ރަށްތަކުގައި ތިބީ ދެތިން ސަތޭކަ މީހުން. އެ ރައްޔިތުން އެ ރަށްތަކުގަ ބޭތިއްބުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން. ގިނަ ރަށްތަކަށް ވަނީ ރަށްގިރުމާއި، ފެންފަށަލަ ތަގައްޔަރުވުމުގެ މައްސަލަ ދިމާވެފަ. ނަރުދަމާ އާއި ބަނދަރުތައް އެބަ ބޭނުންވޭ. އިސްކަން ދެވޭނީ އަތޮޅުވެރިކަން ކުރާ ރަށްރަށަށް"، ޑރ. މުޢިއްޒު ވިދާޅުވެފައިވެއެވެ.

ޑރ. މުޢިއްޒު ވިދާޅުވީ، ފަޅު ކުރެވޭ ރަށްތައް ފަތުރުވެރިކަމުގައި ބޭނުން ކުރުމަށް ބޭނުން ނުކުރަންވީ ސަބަބެއް ވެސް ނެތް ކަމަށެވެ.

ފ އަތޮޅު ސައުދީ އަށް ދީގެން ތަރައްޤީ ކުރާ މަޝްރޫޢަކީ މަދުވެގެން 10 ބިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫޢުއެއް ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވި ނަމަވެސް، އެ އަތޮޅަށް ހަދަން އުޅޭ ގޮތުގެ ތަފްޞީލެއް އަދިވެސް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް