Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރަށު މާރުކެޓް

ރަށު މާރުކެޓް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެއްބަސްވުމުގައި ސޮއިކުރާތާ 15 ދުވަސް ތެރޭގައި ރަށު މާރުކޭޓުގެ ގޮޅިތަކުން ހިދުމަތްދޭން ކުއްޔަށް ނަގާ ފަރާތާއެކު އެއްބަސްވެފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 7 ޖުލައި 2019 | އާދީއްތަ 13:20
ރަށު މާރުކެޓް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރަށު މާރުކެޓް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރަށު މާރުކެޓް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހުޅުމާލެ ފެރީ ޓަރމިނަލްގެ ހުޅަނގު ފަރާތުގައި ތަރައްޤީކޮށްފައިވާ ރަށު މާރުކޭޓު ކުއްޔަށް ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އެޗްޑީސީ ބިލްޑިންގގައި އާދިއްތަ ދުވަހުއެވެ. މި ރަސްމިއްޔާތުގައި 28 ފަރާތަކާއެކު ރަށު މާރުކޭޓުން ގޮޅި ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު ބާކީ 25 ފަރާތްތަކާއެކު ހޯމަ ދުވަހު ސޮއިކުރެވިގެންދާނެ ކަމަށް އެޗްޑީސީ އިން ބުނެއެވެ.

އެއްބަސްވުމުގައި ސޮއިކުރާތާ 15 ދުވަސް ތެރޭގައި ރަށު މާރުކޭޓުގެ ގޮޅިތަކުން ހިދުމަތްދޭން ކުއްޔަށް ނަގާ ފަރާތާއެކު އެއްބަސްވެފައިވާ ކަމަށާއި މި ގޮޅިތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ދިވެހި ރައްޔިތުންނަށް އެކަނި ކަމަށް އެޗްޑީސީ އިން ބުންޏެވެ.

ރަށު މާރުކޭޓަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި، ހުޅުމާލެއަށް ޒިޔާރަތްކުރާ އެންމެހާ ފަރާތްތަކަށް ރާއްޖޭގައި ހައްދާ މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ކާބޯތަކެތީގެ ދިވެހި އުފެއްދުންތަކާއި، ރޯމަހުގެ ބާވަތްތައް ފަސޭހަކަމާ އެކު ހެޔޮއަގުގައި އެއް ތަނަކުން ލިބޭނެ މަގުފަހިކޮށްދިނުމަށް ގާއިމްކޮށްފައިވާ ތަނެކެވެ.

މޭވާ އާއި ތަރުކާރީ އަދި ކާބޯތަކެތީގެ ދިވެހި އުފެއްދުންތައް (ޑްރައި ސްޓޯލް)ތަކަށް ބޮޑުމިނުގައި 69.45 އަކަފޫޓުގެ 37 ގޮޅި ދޫކޮށްފައިވެއެވެ. އަދި 69.45 އަކަފޫޓުގެ 20 ގޮޅި ޚާއްސަކޮށްފައިވަނީ ރޯމަހުގެ ބާވަތްތައް (ވެޓް ސްޓޯލް) ތަކަށެވެ.

އެޗްޑީސީ އިން އިތުރަށް ބުނީ އާދިއްތަ ދުވަހު ސޮއިކުރެވިގެން ދިޔައީ 53 ގޮޅީގެ ވެރިފަރާތާއެކު ކަމަށެވެ. އެގޮތަށް ދިމާވީ ވިޔަފާރީ ކެޓަގަރީގެ ދަށުން ކުރިމަތިލި ފަރާތްތަކުގެ އަދަދު މަދުވުމުން ކަމަށާއި ބާކީ 4 ސްޓޯލް ކުއްޔަށް ދިނުމަށް އަލުން އިއުލާން ކުރެވިގެންދާނެ ކަމަށް އެޗްޑީސީ އިން ބުނެއެވެ.

މި މަޝްރުއޫ 2017 ވަނަ އަހަރު ތައާރަފު ކުރެވިފައިވާއިރު މި މަޝްރޫއަށް ގާތްގަނޑަކަށް 30 މިލިއަން ރުފިޔާ ވަނީ ހަރަދު ކުރެވިފައެވެ.

އިތުރަށް ކިޔާލަން

29 އެޕްރީލު 2019

ރަށު މާރުކޭޓް ގޮޅިތައް ލިބުނު މީހުންގެ ނަންތައް އެޗްޑީސީން އާންމުކޮށްފި

29 އެޕްރީލު 2019
ރަށު މާރުކޭޓް ގޮޅިތައް ލިބުނު މީހުންގެ ނަންތައް އެޗްޑީސީން އާންމުކޮށްފި
26 އެޕްރީލު 2019

''ރަށު މާރުކޭޓް''ގެ ގޮޅިތަކަށް 871 ފަރާތަކުން ކުރިމަތިލާފައިވޭ: އެޗްޑީސީ

26 އެޕްރީލު 2019
''ރަށު މާރުކޭޓް''ގެ ގޮޅިތަކަށް 871 ފަރާތަކުން ކުރިމަތިލާފައިވޭ: އެޗްޑީސީ
16 އެޕްރީލު 2019

ރަށު މާރުކޭޓުގެ ހިދުމަތް ކުރިއަތް އޮތް މަހެއްހާ ދުވަސްތެރޭގައި ފެށޭނެ: އެޗްޑީސީ

16 އެޕްރީލު 2019
ރަށު މާރުކޭޓުގެ ހިދުމަތް ކުރިއަތް އޮތް މަހެއްހާ ދުވަސްތެރޭގައި ފެށޭނެ: އެޗްޑީސީ
15 އެޕްރީލު 2019

''ރަށު މާރުކޭޓު'' ކުއްޔަށް ދޫކުރުމަށް އިއުލާން ކޮށްފި

15 އެޕްރީލު 2019
''ރަށު މާރުކޭޓު'' ކުއްޔަށް ދޫކުރުމަށް އިއުލާން ކޮށްފި
09 އެޕްރީލު 2018

އޫބަރ މެދުވެރިކޮށް ބައިސްކަލު ވެސް ވަރަށް އަވަހަށް ކުއްޔަށް ނެގޭނެ

09 އެޕްރީލު 2018
އޫބަރ މެދުވެރިކޮށް ބައިސްކަލު ވެސް ވަރަށް އަވަހަށް ކުއްޔަށް ނެގޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު