Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިލެކްޝަންސް ކަމިޝަން

އިންފޮމޭޝަން ކަމިޝަނަރުގެ އޮފީހަށް އީސީ ހާޒިރު ކުރަނީ މާދަމާ ހެނދުނު 10:00އަށް

7 ޖުލައި 2019 | އާދީއްތަ 13:09

އާންމު އަޑުއެހުން ބޭއްވުމަށް ނިންމާފައިވަނީ އިންފޮމޭޝަން ކަމިޝަންގެ އޮފީހުގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 7 ޖުލައި 2019 | އާދީއްތަ 13:09
އިލެކްޝަންސް ކަމިޝަންގެ މެމްބަރު އަހުމަދު އަކްރަމް

އިލެކްޝަންސް ކަމިޝަންގެ މެމްބަރު އަހުމަދު އަކްރަމް

މުންޑޫ ޕެޓިޝަނުގެ މައްސަލައިގައި އިންފޮމޭޝަން ކަމިޝަނަރުގެ އޮފީހަށް އިލެކްޝަންސް ކަމިޝަން(އީސީ)ހާޒިރު ވާން އެދިފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 10:00އަށް ކަމަށް އެކަމިޝަނުން ބުނެފިއެވެ.

އެކަމިޝަންގެ ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ އާންމު އަޑުއެހުމެއް ބޭއްވުމަށް ކަނޑައަޅައި އިންފޮމޭޝަން ކަމިޝަންގެ އޮފީހުން އީސީ ހާޒިރުވާން އެދިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ދިމާކޮށް އީސީއިން ދާއިރާތައް ކަނޑައެޅުމުގެ ކުރިން ގަމު ދާއިރާގައި ހިމެނޭ މުންޑޫ، އިސްދޫ ދާއިރާއަށް ބަދަލު ކޮށްދިނުމަށް އެރަށު ކައުންސިލުން އިލެކްޝަންސް ކަމިޝަނަށް ސިޓީއެއް ފޮނުވިއެވެ. އީސީއިން ނިންމީ އެކަމަށް ގޮތް ކަނޑައެޅުމަށް އެކަމިޝަންގެ މެމްބަރުންގެ ލަފައެއް ހޯދުމަށެވެ.

މުންޑޫ ކައުންސިލުން އެދިފައި ވަނިކޮށް ކައުންސިލުން އެދުނު ގޮތާއި ޚިލާފަށް އިސްދޫ ދާއިރާއަށް ބަދަލުވާން ރައްޔިތުން ބޭނުން ނުވާ ކަމަށް އެދި އީސީއަށް ޕެޓިޝަނެއް ހުށައެޅިއެވެ. އީސީއިން ވެސް ނިންމީ ރައްޔިތުން އެދުނު ގޮތަށް ގަމު ދާއިރާގައި މުންޑޫ ހިމެނޭ ގޮތަށް ބޭއްވުމަށެވެ.

މުންޑޫ ރައްޔިތުން ޕެޓިޝަން ހުށައެޅުމުން އެރަށުގެ ކައުންސިލުން ޕެޓިޝަން ހުށައެޅި މީހުންގެ މައުލޫމާތު ހޯދުމަށް އީސީއަށް އެދުނެވެ. ނަމަވެސް އީސީއިން އެރަށު ކައުންސިލަށް ދިން ޖަވާބުގައި ބުނެފައި ވަނީ އެއީ ސިއްރު ޕެޓިޝަނެއް ކަމަށާއި ޕެޓިޝަންގެ މައުލޫމާތު ދެވެން ނެތް ކަމަށެވެ. އީސީއިން ބުނީ ޕެޓިޝަން ހުށައެޅި ރައްޔިތުންގެ މައުލޫމާތު ދެވެން ނެތް ކަމަށް މުންޑޫ ކައުންސިލްގައި ބުނުމުން އެމީހުންނާއި މެދު ފިޔަވަޅު އަޅާނެ ކަމަށް އެ ކައުންސިލުން ބުނެފައި ވާކަމަށެވެ.

އަކްރަމް ވިދާޅުވީ ޕެޓިޝަން ހުށައެޅި ފަރާތްތަކުން ވެސް އެކަމިޝަނަށް ގުޅާ ޕެޓިޝަނަށް ސިއްރު ކުރުމަށް އެދިފައިވާ ކަމަށާއި ޕެޓިޝަން ހުށައެޅިކަމަށް ޝައްކު ކުރެވޭ މީހުންނަށް ކައުންސިލުން ބިރު ދައްކާ ކަމުގެ ޝަކުވާ އައިސްފައިވާ ކަމަށެވެ. އަދި އެކަމުގައި ތިންވަނަ ފަރާތެއްގެ މަސްލަހަތު އޮތުމުން ހާމަ ކުރެވެން ނެތް ކަމަށް ބުނެފައިވާނެ ކަމަށެވެ.

މި މައްސަލާގައި އީސީއިން ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ ލަފައެއް ވެސް ހޯދިއެވެ. އެކޮމިޓީއިން ލަފާ ދީފައިވަނީ މުންޑޫ ކައުންސިލުން ހޯދަން އެދިފައިވަނީ ތިން ވަނަ ފަރާތެއްގެ މަސްލަހަތު ހިމެނޭ މައުލޫމާތުތަކެއް ކަމަށް ވާތީ މައުލޫމާތު ނުދިނުމަށެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ދައުލަތުގެ އިދާރާއަކުން ދޫކުރަން ޖެހޭ މައުލޫމާތަކީ، ތިންވަނަ މީހެއްގެ ޒާތީ މައުލޫމާތު ކަމުގައިވާނަމަ، އެ މައުލޫމާތެއް އެ ތިންވަނަ ފަރާތުގެ ރުހުމާއެކުގައި މެނުވީ ދައުލަތުގެ އެ އިދާރާއެއްގެ އިންފޮމޭޝަން އޮފިސަރު ދޫކޮށްގެންނުވާނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
30 ޖެނުއަރީ 2017

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި

10 ޖެނުއަރީ 2017
ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް