Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކޯލިޝަން

ޖުޑީޝަރީ އިސްލާހު ކުރުމަށް ހުށަހަޅާ ގާނޫނުތަކުގެ ތެރޭގައި ކޯލިޝަނަށް ބާރުދޭ ގާނޫނު ހިމެނޭނެ : ރައީސް ސޯލިހު

ގާނޫނެއްގެ ތެރެއިން ކޯލިޝަނަށް ބާރުވެރިކަން ދޭނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ރައީސް ވަނީ ވިދާޅުވެފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 6 ޖުލައި 2019 | ހޮނިހިރު 09:50
ކޯލިޝަން ޕާޓީތަކުގެ ލީޑަރުންގެ ބައްދަލުވުމެއް މި މަހު ތެރޭގައި ބާއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައި

ކޯލިޝަން ޕާޓީތަކުގެ ލީޑަރުންގެ ބައްދަލުވުމެއް މި މަހު ތެރޭގައި ބާއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައި

ޖުޑީޝަރީ އިސްލާހު ކުރުމަށް ހުށަހަޅާ 201 ގާނޫނުގެ ތެރޭގައި، ކޯލިޝަނަށް ބާރު ލިބޭ ގާނޫނު ހިމަނުއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލް ޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ރާއްޖެއެމްވީން" ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Advertisement - newsAdvertisement

ކޯލިޝަނަށް ގާނޫނީ ބާރުވެރިކަން ދޭނެ ކަމަށް ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާތީ، އެ މަސައްކަތް މިހާރު އޮތީ ކިހާ ހިސާބަކުތޯ "ރާއްޖެއެމްވީން" ސުވާލު ދެންނެވުމުން ރައީސް ސޯލިހު ވިދާޅުވީ، އިސްލާހުކޮށް އަލަށް ތައާރަފް ކުރަންޖެހޭ ޖުޑީޝަލް ރިފޯރމް އާއި ގުޅޭ 201 ގާނޫނެއް އެބައޮތް ކަމަށާއި، އެ ގާނޫނުތަކުގެ ތެރޭގައި ކޯލިޝަނަށް ބާރުވެރިކަން ދޭ ގާނޫނު ހުށަހަޅުއްވާނެ ކަމަށެވެ. 201 ގާނޫނު ހުށަހަޅުއްވަން ނިންމާފައިވަނީ 5 އަހަރަށް ބަހާލައިގެން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ ޕާޓީތައް ސަރުކާރުގެ ކޯލިޝަނެއްގެ ގޮތުގައި ދެމިއޮންނާނެ ގޮތާއި ރޫޅޭނެ ގޮތް ބަޔާންކޮށް ގާނޫނެއްގެ ތެރެއިން އެ ކޯލިޝަނަށް ބާރުވެރިކަން ދޭނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. އެކަމަށް ޕާޓީތަކުން ވެސް ވަނީ އެއްބަސްވެފަ އެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިން ތެރޭގައި ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެ ނަމަ، ކޯލިޝަން ސަރުކާރަށް ގާނޫނީ ބާރުވެރިކަން ދޭން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް ވަނީ މަޖިލީހުގެ ސާފު އަޢުލަބިއްޔަތު، ލިބިފައެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނެނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އާއި، އަދާލަތު ޕާޓީ، މައުމޫން ރިފޯރމް މޫވްމެންޓް، އަދި ޖުމްހޫރީ ޕާޓީއެވެ.

އާ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށި ހިސާބުން ބޭއްވި ކޮންމެ ރިޔާސީ އިންތިޚާބެއް ކާމިޔާބުވެފައިވަނީ ކޯލިޝަނަކާއި އެކުއެވެ. ނަމަވެސް ގާނޫނީ އިމުގެ ތެރެއިން ކޯލިޝަންއެއް ހިގާނެ ގޮތް ލިޔެވިފައި ނެތުމުގެ ސަބަބުން ވެރިކަމުގެ މެދުތެރެއިން، ކޯލިޝަން އަންނަނީ ރޫޅެމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު