Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބާޜ ކައުންސިލް އިންތިޚާބު

ބާރ ކައުންސިލް އިންތިޚާބަށް ކުރިމަތިލީ 23 ފަރާތަކުން

އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 1490 ގާނޫނީ ވަކީލުން އެބަތިބި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 6 ޖުލައި 2019 | ހޮނިހިރު 07:53
ވަކީޅުން ގާނޫނީ ވަކީލު ކަމުގެ ހުވާ ކުރައްވަނީ

ވަކީޅުން ގާނޫނީ ވަކީލު ކަމުގެ ހުވާ ކުރައްވަނީ

މި ހިނގާ ޖުލައި މަހުގެ 13 ވަނަ ދުވަހު އޮންނަ ބާރ ކައުންސިލް އިންތިހާބަށް މިހާތަނަށް 23 ފަރާތަކުން ފޯމު ހުށައަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ބާރ ކައުންސިލްގެ އިންތިޚާބަށް ފޯމު ހުށައެޅުމުގެ މުއްދަތު ހުކުރު ދުވަހުގެ ހަވީރު 5 ޖެހިއިރު ވަނީ ހަމަވެފައެވެ. މުއްދަތު ހަމަވިއިރު ރައީސް ކަމުގެ މަޤާމަށް 2 ފަރާތަކުން ކުރިމަތިލައްވާފައިވާއިރު، ނައިބް ރައީސް ކަމުގެ މަޤާމަށް 2 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. މެމްބަރު ކަމަށް 19 ބޭފުޅުން ވަނީ ކުރިމަތިލައްވާފައެވެ.

Advertisement - newsAdvertisement

އިލެކްޝަންސް ކޮމިޝަނުގެ ނައިބް ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ ސުލްހަވެރިކަމާއެކު ދެފުށް ފެންނަ ގޮތަށް އިންތިހާބު ކުރިއަށް ގެންދިއުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އިންތިހާބާ ގުޅޭ އުސޫލު އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި އެ އުސޫލު ގެޒެޓް ވެސް ކޮށްފައިވާ ކަމަށެވެ.

އަމްޖަދު ވިދާޅުވީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ 1490 ވަކީލުންނަށް ކަމަށާއި، ވޯޓު ލުމަށް ރީ ރެޖިސްޓްރޭޝަނަށް ހުޅުވާލުމުން މާލޭގެ އިތުރުން އައްޑޫ ސިޓީން 11 ފަރާތަކުން ރަޖިސްޓްރީ ވެފައިވާ ކަމަށެވެ. އެހެންކަމުން މާލެއާއި އައްޑޫ ސިޓީގައި ވޯޓު ފޮށި ބެހެއްޓުމަށް ކޮމިޝަނުން ނިންމަވާފައިވާ ކަމަށް އަމްޖަދު ވަނީ ވިދާޅުވެފައެވެ.

ބާރ ކައުންސިލުގެ ރައީސް ކަމުގެ މަޤާމަށް ކުރީގެ ބަންޑާރަނައިބް ހުސްނުއްސުއޫދާއި، ގާނޫނީ ވަކީލް މައުމޫނު ހަމީދު ކުރިމަތިލައްވާފައިވާއިރު، ނައިބް ރައީސް ކަމުގެ މަޤާމަށް ޤާނޫނީ ވަކީލު އަބްދުﷲ މުއިއްޒު އަދި ކުރީގެ ސިވިލް ކޯޓް ފަނޑިޔާރު މުހައްމަދު ހަލީމް ކުރިމަތިލައްވައިފައިވެއެވެ.

ގާނޫނީ ފަންނުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލް ޖުމްހޫރިއްޔާ ގެޒެޓްކުރެއްވުމާއެކު އެ ގާނޫނުގެ އެގާރަ ވަނަ މާއްދާގެ (ށ) ގައި ބުނާ ގޮތުން ބާރ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ރައީސާއި ނައިބް ރައީސްގެ އިތުރުން، ހަ ގާނޫނީ ވަކީލަކު އިންތިހާބު ކުރަންޖެހެއެވެ.

ގާނޫނުގައިވާ ގޮތުން ބާރ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް އިންތިޚާބު ކުރެވޭ މަގާމްތައް ހޮވުމަށް ބާއްވާ ފުރަތަމަ އިންތިޚާބު ބާއްވަންޖެހޭނީ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އުސޫލަކުންނެވެ. ގާނޫނަށް އަމަލުކުރަން ފަށާތާ 21 ދުވަހުގެ ތެރޭގައި، އިލެކްޝަންސް ކޮމިޝަނުން އިންތިޚާބު ބާއްވަން ޖެހެއެވެ.

އިންތިހާބު ކުރެވޭ މަގާމުތަކަށް ބޭފުޅުން ހޮއްވަވަނީ ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ މެދުގައި ނެގޭ ވޯޓަކުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު