Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

މިއަދުގެ ވަގުތެއްގައި އަދީބް ރާއްޖެއަށް ވަޑައިގަންނަވާނެ

6 ޖުލައި 2019 | ހޮނިހިރު 06:13

ފުރަތަމަ ދިން މުއްދަތަށް ދިހަ ދުވަސް އިތުރުކޮށްދީފައިވޭ

އަމަން ހަލީމް
އަމަން ހަލީމް | 6 ޖުލައި 2019 | ހޮނިހިރު 06:13
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް އަނބިކަނބަލުންނާ އެކު އިންޑިއާއަށް ފުރާވަޑައިގެންނެވި ދުވަހުގެ ފޮޓޯއެއް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް އަނބިކަނބަލުންނާ އެކު އިންޑިއާއަށް ފުރާވަޑައިގެންނެވި ދުވަހުގެ ފޮޓޯއެއް

ބޭސްފަރުވާއަށް މިހާރު އިންޑިއާއަށް ވަޑައިގެން އުޅުއްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޮނިހިރު ދުވަހުގެ ވަގުތެއްގައި ރާއްޖެއަށް ވަޑައިގަންނަވާނެއެވެ.

ޖޫން މަހުގެ 14 ވަނަ ދުވަހު އިންޑިއާއަށް ފުރާވަޑައިގެންނެވި އަދީބަށް ފުރަތަމަ ދެވުނު ދިހަ ދުވަހުގެ މުއްދަތަށް، ކަރެކްޝަންސްއިން ދިހަ ދުވަސް އިތުރު ކޮށްދީފައިވެއެވެ. ދުވަސް އިތުރު ކޮށްދެއްވި ސަބަބު ބަޔާންކުރަމުން ކަރެކްޝަންސްއިން އޭރު ބުނެފައިވަނީ، އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނީ ފުރަތަމަ ދެވުނު މުއްދަތުގެ ތެރޭގައި އަދީބުގެ ބޭސްފަރުވާގެ ކަންކަން ފުރިހަމަވެފައި ނުވާތީ ކަމަށެވެ.

Advertisement - newsAdvertisement

އަދީބު އަރިހުގައި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ އޮފިސަރުން ވެސް އިންޑިއާއަށް ދަތުރު ކޮށްފައިވެއެވެ. އަދީބަށް ފުރަން ހުއްދަ ދިނުމުން ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ އިރު، އޭގެ ރައްދުގައި ހޯމް މިނިސްޓަރު ޝޭހް އިމްރާން އަބްދުﷲ ވިދާޅުވީ އަދީބަށް ފިއްލަވަން ފުރުސަތު ނުދެއްވާނެ ކަމަށާއި، ފިއްލަވައިފި ނަމަ އެކަމުގެ ފުރިހަމަ ޒިންމާ ނަންގަވާނެ ކަމަށެވެ.

އަދީބުގެ ދަތުރާ ބެހޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ކަރެކްޝަނަލް ސާވިސްއިން ބުނެފައިވަނީ ކުރިން ވެސް ރޭވިފައި އޮތް ގޮތަށް އަދީބު ހޮނިހިރު ދުވަހުގެ ވަގުތެއްގައި މާލެ ވަޑައިގަންނަވާނެ ކަމަށެވެ. ފުލުހުން ވެސް ބުނެފައިވަނީ އަދީބު މާލެއަށް ވަޑައިގަންނަވާނެ ކަމަށާއި، މާލެ އައިހާ އަވަހަކަށް އެ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.

ބޭސްފަރުވާއަށް ވަޑައިގެން އުޅުއްވަނިކޮށް، ސުޕްރީމް ކޯޓުން ވަނީ އަދީބުގެ ޕާސްޕޯޓް ހިފަހައްޓަން ވަގުތީ އަމުރެއް ވެސް ނެރެފައެވެ. ސުޕްރީމް ކޯޓުން އެ އަމުރު ނެރުނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އިއްވި އަށް އަހަރު ދުވަހުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލް ކުރުމުން، ދައުލަތުން އިސްތިއުނާފުކުރަން ސުޕްރީމް ކޯޓަށް ހުށައެޅުމާއި ގުޅިގެންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

އިތުރަށް ކިޔާލަން

08 މާރިޗު 2017

ދިވެހިރާއްޖެއަށް ދިރުންދޭ ބަޔަކީ ދިވެހި އަންހެނުން: ރައީސް ނަޝީދު

08 މާރިޗު 2017
ދިވެހިރާއްޖެއަށް ދިރުންދޭ ބަޔަކީ ދިވެހި އަންހެނުން: ރައީސް ނަޝީދު
03 މާރިޗު 2017

މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް

03 މާރިޗު 2017
މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް
25 ފެބުރުއަރީ 2017

އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!

25 ފެބުރުއަރީ 2017
އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!
21 ފެބުރުއަރީ 2017

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
21 ފެބުރުއަރީ 2017

އަތޮޅުތައް "ވިއްކާލުމަށްފަހު"، ރައީސް ޔާމީން ފިއްލަވާ ވަޑައިގަންނަވާނެ: ޑރ. ޑީޑީ

21 ފެބުރުއަރީ 2017
އަތޮޅުތައް "ވިއްކާލުމަށްފަހު"، ރައީސް ޔާމީން ފިއްލަވާ ވަޑައިގަންނަވާނެ: ޑރ. ޑީޑީ
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް