Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބާ ކައުންސިލް އިންތިހާބު

ބާ ކައުންސިލް އިންތިހާބަށް މިހާތަނަށް 13 ފަރާތަކުން ފޯމު ހުށައަޅައިފި

ރައީސް ކަމަށް 2 ބޭފުޅުން ކުރިމަތިލައްވާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ޖުލައި 2019 | ހުކުރު 11:43
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަމްޖަދު މުސްތަފާ

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަމްޖަދު މުސްތަފާ

މި ހިނގާ ޖުލައި މަހުގެ 13 ވަނަ ދުވަހު އޮންނަ ބާރ ކައުންސިލް އިންތިހާބަށް މިހާތަނަށް 13 ފަރާތަކުން ފޯމު ހުށައަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

އިންތިހާބަށް ފޯމު ހުށައެޅުމުގެ މުއްދަތު ހުކުރު ދުވަހުގެ ހަވީރު 5 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން އަމްޖަދު ވިދާޅުވީ، ހުކުރު ދުވަހުގެ ހަވީރު 4 ގެ ނިޔަލަށް 13 ފަރާތަކުން ފޯމު ހުށައަޅާފައިވާ ކަމަށާއި، މިހާތަނަށް ރައީސް ކަމުގެ މަޤާމަށް ކުރިމަތިލައްވާފައިވަނީ 2 ފަރާތަކުން ކަމަށެވެ. އޭގެ އިތުރުން، ނައިބް ރައީސް ކަމުގެ މަޤާމަށް 1 ފަރާތަކުން ކުރިމަތިލައްވާފައިވާ ކަމަށާއި، މުއްދަތު ހަމަވާއިރު މި އަދަދަށް ބަދަލުތަކެއް އައުން އެކަށީގެންވާ ކަަމަށްވެސް އަމްޖަދު ވިދާޅުވިއެވެ.

އަމްޖަދު އިތުރަށް ވިދާޅުވީ، ސުލްހަވެރިކަމާއެކު ދެފުށް ފެންނަ ގޮތަށް އިންތިހާބު ކުރިއަށްގެންދިއުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އިންތިހާބާ ގުޅޭ އުސޫލު އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި އެ އުސޫލު ގެޒެޓްވެސް ކޮށްފައިވާނެ ކަމަށެވެ.

އަމްޖަދު އިތުރަށް ވިދާޅުވީ، އުސޫލުގައި ބަޔާންކޮށްފައި ނުވާ ކަމެއް އިންތިހާބުގައި ދިމާވެއްޖެނަމަ އެކަމާމެދު ގޮތެއް ނިންމާނީ ކޮމިޝަނުން ކަމަށެވެ.

އިންތިހާބުގައި ވޯޓު ލުމުގެ ހުއްދަ ލިބިފައިވަނީ ވަކީލުންނަށް ކަން ފާހަގަކުރައްވައި އަމްޖަދު ވިދާޅުވީ، 1490 ވަކީލުން ވޯޓުލުމަށް ހިމެނޭ ކަމަށާއި، ވޯޓު ލުމަށް ރީ ރެޖިސްޓްރޭޝަނަށް ހުޅުވާލުމުން މާލޭގެ އިތުރުން އައްޑޫ ސިޓީންވެސް 11 ފަރާތަކުން ރަޖިސްޓްރީ ވެފައިވާ ކަމަށެވެ. އަދި 13 ވަނަ ދުވަހު ވޯޓުލާއިރު، މާލެއާއި އައްޑޫ ސިޓީގައި ވޯޓު ފޮށި ބެހެއްޓުމަށް ކޮމިޝަނުން ނިންމަވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބާ ކައުންސިލުގެ ރައީސް ކަމުގެ މަޤާމަށް ޤާނޫނީ ވަކީލު ހުސްނުއްސުއޫދާއި، ގާނޫނީ ވަކީލް މައުމޫނު ހަމީދު ކުރިމަތިލައްވާފައިވާއިރު، ނައިބް ރައީސް ކަމުގެ މަޤާމަށް ޤާނޫނީ ވަކީލު އަބްދުﷲ މުއިޒު ވަނީ ކުރިމަތިލައްވާފައެވެ.

ބާ ކައުންސިލުގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށް ފޯމު ހުށައަޅުއްވާފައި ނުކުމެވަޑައިގެން "ރާއްޖެއެމްވީ"އަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ޤާނޫނީ ވަކީލް އަދި ކުރީގެ ބަންޑާރަ ނައިބް ހުސްނުއްސުއޫދު ވިދާޅުވީ، އިންތިހާބަށް ކެމްޕެއިން ކުރުމުގެ މަސައްކަތް ޤާނޫނީ އިމުގެ ތެރެއިން ކުރިއަށްގެންދަވާނެ ކަމަށާއި، ވަކީލުންގެ ހުރި ދަތިތަކަށް ހައްލެއް ގެނައުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން މިހާތަނަށް ބެލި ބެލުމުން ވަކީލުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެއް ކަމަށް ފާހަގަ ކުރެވެނީ

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 12 ވަނަ ޖަލްސާގައި ފާސްކުރި ގާނޫނީ ފަންނުގެ ބިލްގައިވާ ގޮތުން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން އިތުރު ހަ މެމްބަރެކެވެ. އިންތިހާބު ކުރެވޭ މަގާމުތަކަށް ބޭފުޅުން ހޮއްވަވާނީ ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ މެދުގައި ނެގޭ ވޯޓަކުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބާ ކައުންސިލްގެ އިންތިހާބު ބާއްވަން ނިންމީ، ގާނޫނީ ފަންނުގެ ބިލުގެ އެގާރަ ވާނަ މާއްދާގެ (ށ) ގައި ބުނާ ގޮތުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް އިންތިޚާބުކުރެވޭ ރައީސާއި، ނައިބު ރައީސާއި، ޤާނޫނީ ވަކީލުން އިންތިޚާބުކުރުމަށް ބާއްވާ ފުރަތަމަ އިންތިޚާބު ބާއްވަން ޖެހޭނީ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އުޞޫލަކުން، އެ ކޮމިޝަނުގެ ފަރާތުން ކަމަށް ބަޔާންކޮށްފައި އޮތުމުންނެވެ. އެ ގާނޫނަށް އަމަލުކުރަން ފަށާތާ 21 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ލާޒިމްކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު