Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކަޅުއޮށްފުންމި ގެއްލުން

ކަޅުއޮށްފުންމިއަށް ވީނުވީއެއް ނޭނގޭ!

ކަޅުއޮށްފުންމި ބަނުމުގެ އެއްވެސް ހިސާބެއްގައި މިނިސްޓްރީގެ ދަށުގައި ހުރި މުއައްސަސާއެއްގެ ބައިވެރިވުމެއް ނެތް

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 4 ޖުލައި 2019 | ބުރާސްފަތި 08:18
ކަޅުއޮށްފުންމި މާލެއަށް ގެންނަން ކުރި ދަތުރުގެ ތެރެއިން

ކަޅުއޮށްފުންމި މާލެއަށް ގެންނަން ކުރި ދަތުރުގެ ތެރެއިން | ސަން އޮންލައިން

މިނިވަން 50 ފާހަގަކުރުމުގެ ގޮތުން ބަން ނަމޫނާ "ކަޅުއޮށްފުންމި" ވީތަނެއް ނޭނގޭ ކަމަށާއި، ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯރ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މުހައްމަދު ތޯރިގް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ތޯރިގް ވިދާޅުވީ ހެރިޓޭޖް މިނިސްޓްރީ ވުޖޫދަށް އައިސްގެން އެ ދާއިރާގައި ހުރި އެކި މުއައްސަސާތައް އެ މިނިސްޓްރީގެ ދަށަށް އައިއިރު، އެއިން އެއްވެސް ތަނެއްގެ ލިޔެކިޔުމަކުން "ކަޅުއޮށްފުންމި" ބަނުމުގެ މަރުހަލާގެ އެއްވެސް ހިސާބެއްގައި އެއިން ތަނެއްގެ ބައިވެރިވުމެއް ފެންނާކަށް ނެތް ކަމަށެވެ.

Advertisement - newsAdvertisement

ތޯރިގް ވިދާޅުވީ, މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ރައީސް ޔާމިންގެ ސަރުކާރުގައި އޭރުގެ ހޯމް މިނިސްޓްރީގެ ފަރާޓުން ހިންގި ހަރަކާތައް ކަމަށާއި، އެއީ ވަރަށް ބައިވަރު ފައިސާ ހަރަދުކޮށްގެން އެ މިނިސްޓްރީން ހިންގި މަޝްރޫއެއް ކަމަށެވެ.

މިނިވަން 50 ފާހަގަކުރުމުގެ ގޮތުން ބަން "ކަޅުއޮށްފުންމި" އަށް އެއް މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. ސަރުކާރުން އޭރު ބުނެފައިވަނީ މިނިވަން 50 ގެ ހަރަކާތްތަކަށް ފަހު އޭތި އާންމުންނަށް ދައްކާލުމަށް ބާއްވާނީ ދާރުލް އާސާރުގެ ގޯތި ތެރޭގައި ކަމަށެވެ.

"ކަޅުއޮށްފުންމި" ގެ ސުވާލަކީ އުފައްދާ ސުވާލެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ ތޯރިގް ވިދާޅުވީ، ކަޅިއޮށްފުންމިއޭ ބުނާތީވެސް އެ ސުވާލު އުފައްދަން ޖެހޭ ކަމަށެވެ. އަދި އެއީ މިނިސްޓްރީން ހޯދަން ޖެހިފައިވާ އެއްޗެއް ކަމަށް އެއްބަސްވެވަޑައިގެން، ތޯރިގް ވަނީ ހޯމް މިނިސްޓްރީއަށް ސިޓީއަކުން ދަންނަވައިގެން "ކަޅުއޮށްފުންމި" ގެ މައުލޫމާތު ހޯދަން މިނިސްޓްރީގެ ކަމާއި ބެހޭ ސެކްޝަނަށް އަންގާފައިވާ ކަމަށް ވިދާޅުވެފައެވެ.

"ކަޅުއޮށްފުންމި" އެއް ބަނުމުގެ ވިސްނުމަކީ، ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ މަރުކަޒުގެ ޒަމާނުން ފެށިގެން ވެސް ގެންގުޅުނު ވިސްނުމެއް ކަމަށް ތޯރިގް ވިދާޅުވިއެވެ. ނަމަވެސް އޭރުގެ ވިސްނުމަކީ، މޫދަށް ބާލައިގެން "ކަޅުއޮށްފުންމި" ދުއްވުމުގެ ބަދަލުގައި، ބާރަށުގައި "ކަޅުއޮށްފުންމި" ބަން ސަރަހައްދުގައި އެ އޮޑި ބަނދެފައި ހަމަ އެ އޮޑިހަރުގޭގައި ބެހެއްޓުމުގެ ވިސްނުން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭރު ވިސްނާފައި އޮތީ އެ ސަރަހައްދަށް އަންނަ މީހުންނަށް ދައްކާލެވޭ ގޮތަށް، އެތަނުގައި ކަޅުއޮށް ފުންމިއާއި ބެހޭ މައުލޫމާތާއި ބޮޑުތަކުރުފާނާ ބެހޭ މައުލޫމާތާ ލިބޭ ތަނެއްގެ ގޮތުގައި ތަރައްގީ ކުރުމަށެވެ. މިނިސްޓަރ ތޯރިގް ވިދާޅުވީ އިރާދަކުރެއްވިއްޔާމުން "ކަޅުއޮށްފުންމި" އާންމުންނަށް ދައްކާލެވޭ ގޮތަށް ބާރަށުގައި ބެހެއްޓުމުގެ ހުވަފެން ހަގީގަތަކަށް ހަދާނެ ކަމަށެވެ.

މިނިވަން 50 އާ ދިމާކޮށް ބަން ނަމޫނާ "ކަޅުއޮށްފުންމި" ބަނދެފައިވަނީ ހދ.ނޭކުރެންދޫގައެވެ. މެރިޓައިމް އަންޑަ ވޯޓަރ ހެރިޓޭޖް ސޮސައިޓީއާ ހަވާލުކޮށްގެން ކުރި މަސައްކަތަށް ސަރުކާރުން އެއް މިލިއަން ރުފިޔާ ޙަރަދުކޮށްފައިވެއެވެ.

ރައީސް ޔާމިންގެ ސަރުކާރުން "ކަޅުއޮށްފުންމި" ސައުދީ ރަސްގެފާނަށް ވެދުންކުރަން އުޅޭކަމަށް އޭރުގެ ސަރުކާރުގެ އޮފިޝަލަކު ރާއްޖެއެމްވީއަށް ކަށަވަރުކޮށްދީފައިވީ ނަމަވެސް، އެ ދަތުރުފުޅު ކެންސަލްވުމާއި ގުޅިގެން އެޔަށް ފަހުން ވީނުވީއެއް ނޭނގެއެވެ. އޭރު ލިބެން ހުރި އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، "ކަޅުއޮށްފުންމި" މަރާމާތަށް ގެންދެވުނީ މާލެ ކައިރީގައި އޮންނަ ފޮނަދޫއަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިލްވާނަށް ވީ ގޮތް ފުލުހުންނަށް ނޭނގޭތީ މައުމޫނު ކަންބޮޑުވުން ފާޅުކުރައްވައިފި

ރިލްވާނަށް ވީ ގޮތް ފުލުހުންނަށް ނޭނގޭތީ މައުމޫނު ކަންބޮޑުވުން ފާޅުކުރައްވައިފި

09 އޯގަސްޓު 2017
ދީނީކަންކަން ކުރިއަރުވާ ފަންޑުގެ އެއް މިލިއަން ރުފިޔާއަށް ވީނުވީއެއް ނޭނގޭ!

ދީނީކަންކަން ކުރިއަރުވާ ފަންޑުގެ އެއް މިލިއަން ރުފިޔާއަށް ވީނުވީއެއް ނޭނގޭ!

22 ޖޫން 2017
އަދީބުގެ ލޮލަށް ދަނީ ގޮތް ނޭނގޭ ބޭހެއް އަޅަމުން:ވަކީލު

އަދީބުގެ ލޮލަށް ދަނީ ގޮތް ނޭނގޭ ބޭހެއް އަޅަމުން:ވަކީލު

17 ޖޫން 2017
ފިޔޯރީ ކަނު އަނދިރީގައި، ކަރަންޓް ލިބޭނޭ އިރެއް ނޭނގޭ!

ފިޔޯރީ ކަނު އަނދިރީގައި، ކަރަންޓް ލިބޭނޭ އިރެއް ނޭނގޭ!

10 ޖޫން 2017
ފޯންގެ ޕިންކޯޑް ނޭނގޭތީ ރިޔާޒްގެ ފޯނުން އެއްވެސް މައުލޫމާތެއް ނުލިބުނު: ފޮރިންސިކް

ފޯންގެ ޕިންކޯޑް ނޭނގޭތީ ރިޔާޒްގެ ފޯނުން އެއްވެސް މައުލޫމާތެއް ނުލިބުނު: ފޮރިންސިކް

03 މެއި 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު