Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކާށިދޫގައި އަލަށް އިމާރަތް ކުރާ ސުކޫލު

ކާށިދޫގައި އަލަށް އިމާރަތް ކުރާ ސުކޫލު އިމާރާތާއި މަލްޓި ޕާރޕޯސް ހޯލުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

މިއީ 2019 ވަނަ އަހަރު މިނިސްޓްރީން ޕީއެސްއައިޕީގެ ދަށުން ކުރިއަށްގެންދާ ފުރަތަމަ މަޝްރޫއު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ޖުލައި 2019 | ހޯމަ 09:18
ކާށިދޫގައި އަލަށް އިމާރަތް ކުރާ ސުކޫލު ޕްރޮޖެކްޓް ބަޔަކާ ހަވާލުކުރުން

ކާށިދޫގައި އަލަށް އިމާރަތް ކުރާ ސުކޫލު ޕްރޮޖެކްޓް ބަޔަކާ ހަވާލުކުރުން

ކ އަތޮޅު ކާށިދޫގައި އަލަށް އިމާރާތް ކުރާ ސުކޫލު އިމާރާތާއި މަލްޓި ޕާރޕޯސް ހޯލުގެ މަސައްކަތް ބަޔަކާ ހަވާލު ކޮށްފިއެވެ.

ހޯމަ ދުވަހު މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މި ޕްރޮޖެކްޓުގައި ސޮއި ކުރެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީއެވެ.

ސޯޅަ ކްލާސް ރޫމުގެ ހަތަރު ބުރީގެ އިމާރާތަކާއި މަލްޓި ޕާރޕޯސް ހޯލްއެއް މި ސުކޫލުގައި ހިމެނޭއިރު، މިއީ 2019 ވަނަ އަހަރު މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދާ ފުރަތަމަ މަޝްރޫއު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަކިން އެކްސެސިބަލް ފާޚާނާއަކާއި، 8 ސްޓޯރ ރޫމް އަދި ނުކުޅެދުންތެރިކަން ހުުންނަ ފަރާތްތަކަށް ވެސް ފަސޭހަވާނެހެން ރޭމްޕެއް ހިމެނޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން މި މަސައްކަތް ހަވާލު ކުރެވިފައިވަނީ ޑަބްލިއު އެންޑް އޭ އޯވަރސީސް ޕްރައިވެޓް ލިމިޓެޑްއާއެވެ.

މި ޕްރޮޖެކްޓުގެ ޖުމުލަ އަގަކީ 35،087،814.58 (ތިރީސް ފަސް މިލިއަން އައްޑިހަ ހަތް ހާސް އައްސަތޭކަ ސާދަ ރުުފިޔާ) ރުފިޔާ ކަމަށާއި، މި މަޝްރޫއު ނިންމުމަށް 1 އަހަރުގެ މުއްދަތެއް ކޮންޓްރެކްޓަރަށް ދެވިފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

2019 ވަނަ އަހަރުގެ ޕީއެސްއައިޕީ ޕްރޮޖެކްޓު ތަކަށް ބަލާއިރު، މިނިސްޓްރީއަށް 246،374،075 (ދުއިސައްތަ ސާޅީސް ހަ މިލިއަަން ތިން ލައްކަ ހަތްދިހަ ހަތަރުހާސް ހަތްދިހަ ފަސް ރުފިޔާ) ރުފިޔާ ލިބިފައިވާ ކަމަށާއި، ޖުމުލަ 20 ޕްރޮޖެކްޓެއް އިއުލާނުކޮށް އެވާރޑް ކުރުން ކުރިއަށް އޮތް 2 މަސް ތެރޭގައި ކުރިއަށްދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

30 ޖޫން 2017

އަލަށް ކެނޑި ނެރަށް އަނެއްކާ ދޯންޏެއް އުރިއްޖެ

30 ޖޫން 2017
އަލަށް ކެނޑި ނެރަށް އަނެއްކާ ދޯންޏެއް އުރިއްޖެ
02 ޖޫން 2017

އަލަށް އިންތިހާބްވި ކައުންސިލަރުން ހުވާކުރުން މާދަމާ ރޭ

02 ޖޫން 2017
އަލަށް އިންތިހާބްވި ކައުންސިލަރުން ހުވާކުރުން މާދަމާ ރޭ
28 މެއި 2017

ހޮނިހިރު ދުވަހުގެ ރޭ މާލެއިން ކަރަންޓް ކެނޑުނީ އަލަށް ބެހެއްޓި ޖަނަރޭޓަރު ނިވިގެން: ސްޓެލްކޯ

28 މެއި 2017
ހޮނިހިރު ދުވަހުގެ ރޭ މާލެއިން ކަރަންޓް ކެނޑުނީ އަލަށް ބެހެއްޓި ޖަނަރޭޓަރު ނިވިގެން: ސްޓެލްކޯ
25 މެއި 2017

އަލަށް ގެނައި ޖަނަރޭޓަރުގެ ބޭނުން އަންނަ ހަފްތާގައި ފެށޭނެ: ސްޓެލްކޯ

25 މެއި 2017
އަލަށް ގެނައި ޖަނަރޭޓަރުގެ ބޭނުން އަންނަ ހަފްތާގައި ފެށޭނެ: ސްޓެލްކޯ
23 މާރިޗު 2017

އަލަށް ޓެކްސީ ހުއްދަ ހޯދުމުގެ ފުރުސަތު މުއްދަތެއް ނެތްގޮތަށް އިތުރުކޮށްފި

23 މާރިޗު 2017
އަލަށް ޓެކްސީ ހުއްދަ ހޯދުމުގެ ފުރުސަތު މުއްދަތެއް ނެތްގޮތަށް އިތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު