Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ދެ ޔުނިވަރސިޓީގެ ބިލަށް އާންމުންގެ ހިޔާލު ހޯދަނީ

27 ޖޫން 2019 | ބުރާސްފަތި 14:06

މިމަހުގެ 30ގެ ހިޔާލު ހުށަހަޅަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 27 ޖޫން 2019 | ބުރާސްފަތި 14:06
އިސްލާމިކް ޔުނިވަރސިޓީ

އިސްލާމިކް ޔުނިވަރސިޓީ

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީގައި ދިރާސާކުރަމުން ގެންދާ މިދެބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލީ ބުރާސްފަތި ދުވަހުއެވެ. މަޖިލީހުން ބުނީ މި ބިލަށް އެއްވެސް ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ މިމަހުގެ 30 ވަނަ ދުވަހުގެ މެންދުރު 02:00 އާ ހަމައަށް އެކަން ކޮމިޓީއަށް ހުށަހެޅެނޭ ކަމަށެވެ. އެގޮތުން ހިޔާލު ފޮނުއްވުމަށް ކޮމިޓީގެ މެއިލް އެޑްރެސް mv.gov.majlis@committee އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވުމަށް އެދޭ ކަމަށް މަޖިލީހުން ބުންޏެވެ.

Advertisement - newsAdvertisement

ގައުމީ ޔުނިވަރސިޓީއާ އިސްލާމިކް ޔުނިވަރސިޓީ އެއްކޮށްލާ އިސްލާމިކް ޔުނިވަރސީޓި އުވާލާ ބަހުސްއަކީ ގިނަ ބަޔަކު ހިޔާލު ތަފާތުވެފައިވާ ބޮޑު މައްސަލައެކެވެ. ސިޔާސީ ކަމަކަށް ހަދައި އެއްބަޔަކު އަނެއްބަޔަކަށް ބަހުގެ ހޫނު ހަމަލާތައް ދެމުންދަނިކޮށެވެ. ނަމަވެސް ޤާނޫނަށް ހުށަހެޅިފައިވާ އިސްލާހްތަކުގެ ތެރޭގައި ދެ ޔުނިވާސިޓީ އެެއްކޮށްލުމުގެ ވާހަކައެއް ނުހިމެނެ އެވެ.

ގައުމީ ޔުނިވަރސިޓީގެ ބިލް ހުށަހެޅުމުގެ ބޭނުމަކީ އެޔުނިވަރސިޓީގެ ވައިސް ޗާންސެލަރ އަދި ޑެޕިއުޓީ ވައިސް ޗާންސެލަރގެ މަގާމަށް މީހުން އައްޔަންކުރަނީ ޔުނިވަރސިޓީގެ ކައުންސިލުން ކަމުގައި އޮތް އޮތުން (ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ގާނޫނު) އަށް ގެނެވުނު ފުރަތަމަ އިސްލާހުގެ ދަށުން ބަދަލުކޮށް އެމަގާމުތަކަށް މީހުން އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހަމަޖެހިގެންގޮސްފައި ވީނަމަވެސް ކަމާގުޅޭގޮތުން ކައުންސިލަށް އޮތް އިހުތިޔާރުތަކާ ބެހޭ ބައެއް މާއްދާތައް އެގާނޫނުގައި އިސްލާހުކޮށްފައިނުވާތީ، އެގާނޫނުގައި ހުރި އެފަދަ ތައާރުޟުވުންތައް ނައްތާލުމަށާއި، އެގާނޫނު ތަންފީޒުކުރުމުގައި މިހާރު ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް އިސްލާހުތައް ގެނައުމަށްށެވެ.

މީގެ އިތުރުން އިސްލާމީ ޔުނިވަރސިޓީގެ ގާނޫނު ތަންފީޒުކުރުމުގައި މިހާރު ދިމާވެފައިވާ ދަތިތައް ހައްލުކުރުމާއި، ޔުނިވަރސިޓީގެ ހިންގުމުގެ އިންތިޒާމްތައް (ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ގާނޫނު)ގެ ދަށުން އުފައްދާފައިވާ ގައުމީ ޔުނިވަރސިޓީގެ ހިންގުމާ ވީ ވަރަކުން އެއްގޮތްކުރުމަށްޓަކައި އެގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްށެވެ. ނަމަވެސް ދެއިސްލާހަށް ބަހުސް ކުރައްވަމުން ބައެއް މެމްބަރުން މިދެޔުނިވަރސިޓީ އެއްކޮށްލުމަށް ގޮވާލައި ވަނީ ވާހަކަދައްކަވާފައެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ހިންގުން މެދު ކަނޑާނުލައި ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން މިމަހުގެ 26 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ދެއްވާފައެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
07 ފެބުރުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

07 ފެބުރުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ
03 ފެބުރުއަރީ 2017

ފިނޭންސާއި ފޮރިންގ މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީން ހޯދަނީ

03 ފެބުރުއަރީ 2017
ފިނޭންސާއި ފޮރިންގ މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީން ހޯދަނީ
01 ފެބުރުއަރީ 2017

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ
01 ފެބުރުއަރީ 2017

ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ

01 ފެބުރުއަރީ 2017
ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް