Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލުތުފީ

ލުތުފީ ރާއްޖެ ނުގެނެވިގެން އުޅެނީ ލަންކާގެ ބަންޑާރަ ނައިބްގެ އޮފީހުން ހުއްދަ ނުދީގެން!

26 ޖޫން 2019 | ބުދަ 10:56

އޭނާ ރާއްޖެ ގެނައުމުގައި ގޮންޖެހުންތައް އެބަހުރި

އަމްނާ އިމާދު
އަމްނާ އިމާދު | 26 ޖޫން 2019 | ބުދަ 10:56
އުދުވާނީ ހަމާލާގެ މޭސްތިރިޔާ ހ. ހާޖަރާގެ އަބްދުﷲ ލުތުފީ

އުދުވާނީ ހަމާލާގެ މޭސްތިރިޔާ ހ. ހާޖަރާގެ އަބްދުﷲ ލުތުފީ

ރާއްޖެއަށް ދިން އުދުވާނީ ހަމާލާގެ މޭސްތިރިޔާ ހ. ހާޖަރާގެ އަބްދުﷲ ލުތުފީ އަނބުރާ ރާއްޖެ ނުގެނެވިގެން އުޅެނީ ލަންކާގެ ބަންޑާރަ ނައިބްގެ އޮފީހުން ހުއްދަ ނުދީގެންކަން ރާއްޖެއެމްވީއަށް ކަށަވަރުވެއްޖެއެވެ.

އިތުބާރުހުރި މަސްދަރަކުން ރާއްޖެއެމްވީއަށް ބުނީ ލުތުފީ ރާއްޖެ ގެނައުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، އޭނާ ގެނައުމުގައި ގިނަ ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި ލަންކާގެ ގާނޫނުގެ ތެރެއިން ލުތުފީ ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު، އޭނާ ރާއްޖެ މިހާރު ނުގެނެވިގެން އުޅެނީ ލަންކާގެ ބަންޑާރަ ނައިބްގެ އޮފީހުން ހުއްދަ ނުދީގެން ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ފޮރިން މިނިސްޓްރީން ވެސް ވަނީ ލުތުފީ ރާއްޖެ ގެނައުމުގައި ގިނަގުނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ބުނެފައެވެ.

ފާއިތުވި ސަރުކާރުން ރާއްޖެ ކޮމަންވެލްތުން ވަކިވުމަށް ނިންމުމާ ގުޅިގެން، ރާއްޖެއާއި ލަންކާ ސަރުކާރާ ދެމެދު ވެފައިވާ ކުށްވެރިން އަނބުރާ ފޮނުވާލުމުގެ އެއްބަސްވުމުގެ ސައްހަކަމާމެދު ވަނީ ސުވާލު އުފެދިފައިވާކަން ފާހަގަކޮށް ފޮރިން މިނިސްޓްރީން ބުނީ ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއާ ޙަވާލުވި ދުވަސްވަރަކީ އީސްޓަރ ބޮމިންގގެ ހިތާމަވެރި ހާދިސާއާ ދާދި އެއްދުވަސްވަރެއް ކަމަށް ވުމީ، މިކަމުގައި ދިމާވި އިތުރު ހުރަހެއް ކަމަށެވެ. އަދި އާއްމު ފަރުދަކު އަމިއްލަ އިޚްތިޔާރުގައި އެނބުރި ރާއްޖެ އައުމުގައި އާއްމުގޮތެއްގައި އަމަލުކުރާ އުޞޫލާއި ޚިލާފަށް، ލުތުފީ އަނބުރާ ގެނައުމުގައި ގިނަގުނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭރުގެ ކުލީ ސިފައިން ރާއްޖެ ގެނެސްގެން ދިން ރަހުމްކުޑަ އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދު ކޮށްލިއެވެ. ލުތުފީ އިސްކޮށް ހުރެ މިހަމަލާއާ ގުޅިގެން ލުތުފީ މަރަން ހުކުމްކުރި އެވެ. ނަމަވެސް އޭރުގެ ސަރުކާރުން އޭނާގެ އަދަބު ލުއިކޮށްދެއްވައި އުމުރު ދުވަހުގެ ޖަލުހުކުމަކަށް ބަދަލުކުރިއެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގެ ބޭސްފަރުވާއަށް ފޮނުވުމުން އޭނާ ފިލިއެވެ. އެގޮތުން ނިމިދިޔަ ސަރުކާރުން ވެސް އޭނާ ހޯދުމުގެ މާބޮޑު މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމް ކަމަށް ބަލަނީ 25 އަހަރު ކަމަށް ވާތީ ލުތުފީއާ އެކު މިރަހުމްކުޑަ ހަމަލާގައި ދެން އެންމެ އިސްކޮށް އުޅުނު ސަގަރު އަހުމަދު ނާސިރު ވަނީ ޖަލު ހުކުމުގެ މުއްދަތު ހަމަވެގެން މިނިވަން ކޮށްފައެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް