Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިއްހީ މަރުކަޒު

5 ސިއްހީ މަރުކަޒެއް ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ޑިޒައިނިންގ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

އެ ރަށްރަށުގައި ދަރަޖަ 1 ގެ ހޮސްޕިޓަލުތައް ޤާއިމުކުރެވޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 ޖޫން 2019 | ބުދަ 08:54
5 ސިއްހީ މަރުކަޒެއް ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ޑިޒައިނިންގ މަސައްކަތް އެގްރީމަންޓް ކުރުން

5 ސިއްހީ މަރުކަޒެއް ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ޑިޒައިނިންގ މަސައްކަތް އެގްރީމަންޓް ކުރުން

ފަސް ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަޅަންޖެހޭ އިމާރަތް ޑިޒައިންކޮށް ބިލް އޮފް ކުއެންޓިޓީ (ބީއޯކިއު) ތައްޔާރުކޮށްދިނުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

ބުދަ ދުވަހު މިނިސްޓްރީ އޮފް ހެލްތުގައި އޮތް ރަސްމިއްުޔާތެއްގައި ހއ އިހަވަންދޫ އައިމިނާ ދިޔޯ ސިއްހީ މަރުކަޒާއި، ޅ. ހިންނަވަރު ސިއްހީ މަރުކަޒާއި، ގދ. ގައްދޫ ސިއްހީ މަރުކަޒާއި، އދ. މާމިގިލީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަޅަންޖެހޭ އިމާރަތް ޑިޒައިންކުރުމާއި، އެ އިމާރާތްތަކުގެ އާކިޓެކްޗަރަލް އަދި ސްޓްރަކްޗަރަލް ސާރވިސަސް ކުރެހުންތަކާއި ބީއޯކިއު ތައްޔާރު ކުރުމަށް ހަވާލުކޮށްފައިވަނީ އާކްއެންޖް ސްޓޫޑިއޯ ޕްރައިވެޓް ލިމިޓެޑާއާއެވެ. މި މަޝްރޫއުގައި ހެލްތު މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީނެވެ.

Advertisement - newsAdvertisement

އޭގެތެރެއިން މާމިގިލީ ސިއްހީ މަރުކަޒުގެ މަސައްކަތަށް 63 ދުވަސް ދީފައިވާއިރު، ދެން ސޮއިކުރި 3 ސިއްހީމަރުކަޒުގެ މަސައްކަތް ނިންމުމަށް ވަނީ 66 ދުވަސް ދީފައެވެ.

އޭގެ އިތުރުން، ތ ތިމަރަފުށީ ސިއްހީމަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރުމަށް ޑިޒައިން ކުރުމާއި ބީއޯކިއު ހެދުން އިޕޮކް އެސޯސިއޭޓްސްއާ ހަވާލުކޮށްފައިވާއިރު، އެ މަސައްކަތް ކުރުމަށް ވަނީ 60 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި މަސައްކަތުގެ އަގަކީ 147،953.19 ރުފިޔާ އެވެ.

މި ރަސްމިއްޔާތުގައި އެދައިރާތަކުގެ މަޖިލިސް މެމްބަރުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ހެލްތު ސެންޓަރުތައް ހޮސްޕިޓަލުތަކަށް ބަދަލުކުރެވުމުން އެ ރަށްރަށުގައި ދަރަޖަ 1 ގެ ހޮސްޕިޓަލުތައް ޤާއިމުކުރެވި، އަންހެނުންގެ ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތާއި، ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ ޚިދުމަތްތަކާއި، ހޭނައްތާ ޑޮކްޓަރުންނާއި، އެތެރެހަށި އަދި އޮޕަރޭޝަން ޑޮކްޓަރުންގެ ޚިދުމަތްވެސް އެ ހޮސްޕިޓަލުތަކުން ލިބިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.

އޭގެ އިތުރުން، ދަތުގެ ޚާއްސަ ފަރުވާ އާއި، 4 އެނދުގެ ޑަޔަލިސިސް ޚިދުމަތާއި، އެކްސްރޭ، ލޭބަރ ރޫމް އަދި އަލްޓްރާ ސައުންޑް ސްކޭން ފަދަ ޚިދުމަތްތައްވެސް ފެށިގެންދާއިރު، ހޮސްޕިޓަލުގައި 5 ވާރޑާއި، 6 ޕްރައިވެޓް ރޫމް ހިމެނޭނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

22 މެއި 2017

އަދީބަށް ސީރިއަސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާތީ ފަރުވާއަށް ބޭރަށް ފޮނުވައިދިނުމަށް އެދިއްޖެ

22 މެއި 2017
އަދީބަށް ސީރިއަސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާތީ ފަރުވާއަށް ބޭރަށް ފޮނުވައިދިނުމަށް އެދިއްޖެ
09 މެއި 2017

އާސަންދަ ހިދުމަތުގެ ބޭރުގެ ސިއްހީ ފަރުވާ އަށް 89 މިލިއަން ރުފިޔާ

09 މެއި 2017
އާސަންދަ ހިދުމަތުގެ ބޭރުގެ ސިއްހީ ފަރުވާ އަށް 89 މިލިއަން ރުފިޔާ
12 އެޕްރީލު 2017

މަޑަވެލީ ސިއްހީ މަރުކަޒުގެ ސީނިއަ އެޑްމިނިސްޓްރޭޓަރ ވަކިކޮށްފި

12 އެޕްރީލު 2017
މަޑަވެލީ ސިއްހީ މަރުކަޒުގެ ސީނިއަ އެޑްމިނިސްޓްރޭޓަރ ވަކިކޮށްފި
15 މާރިޗު 2017

ރައްޔިތުންގެ އިތުބާރާ އެކު އޭޑީކޭ ހޮސްޕިޓަލަށް 30 އަހަރު: ވަރަށް އަވަސް މުސްތަޤުބަލެއްގައި ބައިނަލްއަޤުވާމީ ހޮސްޕިޓަލަކަށް ހަދަނީ

15 މާރިޗު 2017
ރައްޔިތުންގެ އިތުބާރާ އެކު އޭޑީކޭ ހޮސްޕިޓަލަށް 30 އަހަރު: ވަރަށް އަވަސް މުސްތަޤުބަލެއްގައި ބައިނަލްއަޤުވާމީ ހޮސްޕިޓަލަކަށް ހަދަނީ
06 މާރިޗު 2017

ސައުދީން ބޭނުންވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރަން: ރައީސް ނަޝީދު

06 މާރިޗު 2017
ސައުދީން ބޭނުންވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރަން: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު