Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޓީސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އެމްޓީސީސީން ކުރިއަށް ގެންދިޔަ 13 މަޝްރޫއެއްގެ މަސައްކަތް ނިންމާލައިފި

23 ޖޫން 2019 | އާދީއްތަ 08:01

މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ހަ ރަށެއްގެ ބަނދަރުގެ މަޝްރޫއު ހިމެނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ޖޫން 2019 | އާދީއްތަ 08:01
އެމްޓީސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އެމްޓީސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އެކި ރަށްރަށުގައި ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ތެރެއިން 13 ރަށެއްގައި ހިންގި މަޝްރޫއުތައް އެއްކޮށް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އާދިއްތަ ދުވަހު ނޫސްވެރިންނާ ބައްދަލުކުުރައްވައި އެމްޓީސީސީގެ ކޮންސްްޓްރަކްޝަން އެންޑް ޕްރޮޖްކްޓް މެނޭޖްމަންޓްގެ ހެޑް އޮފް ޑިޕާޓްމަންޓް އަހުމަދު ލަތީފް ވިދާޅުވީ، އެ ކުންފުނިން މި ވަގުތު 24 މަޝްރޫއެއް ކުރިއަށްގެންދާ ކަމަށާއި، 13 ރަށެއްގައި ހިންގަމުންދިޔަ މަޝްރޫއުތައް އެއްކޮށް ނިމިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ފަސް ރަށެއްގެ ބަނދަރުގެ މަސައްކަތާއި، އެއް އެއާޕޯރޓުގެ މަސައްކަތް ހިމެނޭ ކަމަށް ލަތީފް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ލަތީފް އިތުރަށް ވިދާޅުވީ، ފާއިތުވި ހަ މަސް ތެރޭގައި ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާ ކަމަށާއި، އެ ބަދަލުތަކާ އެކު އިތުރު މަސައްކަތްތައް ކުންފުންޏަށް ލިބެމުންދާ ކަމަށެވެ. އެގޮތުން ހަތް ރަށެއްގެ މަގު ހެދުމުގެ މަސައްކަތް މުޅިން އަލަށް ލިބިފައިވާ ކަމަށާއި، ކުންފުނީގެ އަމާޒަކީ ގިނަ މަސައްކަތްތައް ހޯދުން ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ގޮތުން ޕީއެސްއައިޕީ ބަޖެޓުގައި ހިމަނާފައިވާ ޕްރޮޖެކްޓްތަކަށް އެމްޓީސީސީން ބިޑަށް ލާނެ ކަމަށް ވެސް ލަތީފް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވެސް ބައިވެރިވެ ވަޑައިގެންފައިވާއިރު، ޝާހު ވިދާޅުވީ، މިހާރު ކުރިއަށްދާ ބައެއް މަސައްކަތްތަކުގެ ތެރޭގައި ހަ ރަށެއްގެ ބަނދަރުގެ މަޝްރޫ އާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ތިން މަޝްރޫއާއި، ދެ ރަށެއްގެ އެއާޕޯރޓުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

ޝާހު އެހެން ވިދާޅުވެފައިވާއިރު، ހއ. ހޯރަފުށީ އެއާޕޯރޓުގެ ބިން ހިއްކުމުގެ މަސައްކަތުގެ 60 އިންސައްތަ ނިމިފައިވާ ކަމަށާއި، މި އަހަރު ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އޭގެ އިތުރުން ވެސް ގދ. ފަރެސްމާތޮޑާގައި އަޅާ އެއާޕޯރޓުގެ ބިން ހިއްކުމުގެ މަސައްކަތުގެ 80 އިންސައްތަ ނިމިފައިވާ ކަމަށާއި، ޖުލައިގެ ނިޔަލަށް އެ ޕްރޮޖެކްޓުގެ ދަށުން އެމްޓީސީސީއާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް