Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާފުށީ ޖަލުގައި ގައިދީންތަކަކަށް އަނިޔާކުރުން

ހާލަތު ގޯސްވީ އޮފިސަރުން އަމަލުކުރި ގޮތުން: ޕްރިޒަންސް ކޮމިޝަނަރު މުނާޒް

22 ޖޫން 2019 | ހޮނިހިރު 16:51

އުސޫލުގެ ތެރެއިން ކަންކުރި ނަމަ ހާލަތު އިތުރަށް ގޯސްވެގެން ނުދިޔައީސް

އަމަން ހަލީމް
އަމަން ހަލީމް | 22 ޖޫން 2019 | ހޮނިހިރު 16:51
ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް މަޖިލީހުގެ ކޮމިޓީގައި

ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް މަޖިލީހުގެ ކޮމިޓީގައި

މާފުށީ ޖަލުގައި އޮފިސަރުންނާއި ގައިދީންނާއި ދެމެދު ހިނގި ހަމަނުޖެހުމުގައި، ހާލަތު ގޯސްވާން މެދުވެރިވީ ޖަލު ބަލަހައްޓަން ތިބި އޮފިސަރުން ކަންތައް ކުރެއްވި ގޮތުން ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އަދި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ހާޒިރުކޮށްގެން ބޭއްވި ބައްދަލުވުމުގައި މުނާޒް ވިދާޅުވީ، އުސޫލުގެ ތެރެއިން ކަންކުރިނަމަ އެއްވެސް ގައިދީއަކަށް ވެސް އެއްވެސް އޮފިސަރަކަށް ވެސް އަނިޔާ ނުލިބުނީސް ކަމަށެވެ.

Advertisement - newsAdvertisement

މުނާޒް ވިދާޅުވީ ޖަލާ ހަވާލުވެވަޑައިގެންނެވި ފަހުން ގަވައިދުތަކަށް ބަދަލު ގެނެސްފައިވާނެ ކަމަށާއި މައްސަލައަކީ ގަވައިދުތައް ހެދިފައި ވިޔަސް އެ ގަވައިދުތަކަށް އަމަލުނުކުރުން ކަމަށެވެ. މުނާޒް ވަނީ މި މައްސަލައާއި ބެހޭގޮތުން ތަފްސީލީ މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން، ކޮމިޓީ ސިއްރުކޮށްގެން ކުރިޔަށް ގެންދިޔުމަށް އެދިވަޑައިގެންފައެވެ.

މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ނަން ހާމަކުރަން ބޭނުންނުވަނީ، މައްސަލައާއި ގުޅިގެން ކުރިޔަށް ގެންދާ ތަހުގީގަށް ހުރަސް ނޭޅުމުގެ ގޮތުން ކަމަށް މުނާޒް ވިދާޅުވިއެވެ. މުނާޒް ވެސް ވަނީ މި މައްސަލައިގައި ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްފައިވާ ކަން ގަބޫލުކުރައްވާ ކަމަށާއި، އެ މީހުންނާ ދެކޮޅަށް މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ފަހު ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

ހަމަލާގެ ތަފްސީލީ މައުލޫމާތު ދެއްވަމުން މުނާޒް ވިދާޅުވީ މި ހަމަނުޖެހުން ހިނގައި ދިޔައީ މާފުށީ ޖަލުގެ ޔުނިޓް 4 ގައި މަސައްކަތް ކުރާ އޮފިސަރެއް ގާތު، އެތަނުގައި ހުރި ގައިދީއަކު ޖަލަށް ވެއްދުން މަނާ އެއްޗެއް ގެނެސްދޭން ބުނުމުން އޮފިސަރު އެކަމަށް އިންކާރުކޮށް ދެކެވުނު ވާހަކަތަކަކާއި ގުޅިގެން ކަމަށެވެ. އަދި އެތަނުގައި އުޅޭ އެހެން އޮފިސަރުން ވެސް އެ ޒާތުގެ ތަކެތި ގެނެސްދޭ ކަމަށް ބުނެ އޮފިސަރާ މެދު ނުރުހުން ފާޅުކުރުމުން، އޮފިސަރުގެ ބަސްމަގު ހުރިގޮތުން ރުޅި އައިސްގެން ހަމަލާދިނީ ކަމަށް ގައިދީ ބުނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގައިދީންގެ ބޯބޭލި ކަމަށް މީޑިއާގައި ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން މުނާޒް ވިދާޅުވީ އެއީ 2015 ވަނަ އަހަރުގެ ތެރޭގައި ހެދިފައިވާ ގަވައިދެއްގެ ދަށުން ކޮށްފައިވާ ކަމަކަށް ވުމުން، އެކަމާއި މެދު ފިޔަވަޅެއް އެޅެން ނެތް ކަމަށެވެ. އެގޮތުން އެ ގަވައިދުގައި މާފުށީ ޖަލަށް ވައްދާ ގައިދީންގެ އިސްތަށިގަނޑާއި ތުނބުޅި ވެސް ހުންނަން ޖެހޭނީ އެއް އިންޗި ދިގުމިނުގައި ކަމަށް ބަޔާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ޖަލުގައި ތިބި ގައިދީންގެ ފުރަގަސް ފަރާތަށާއި ކުރިމަތީ ފަރާތަށް ޕެޕަރ ސްޕްރޭ ޖެހި ވާހަކަވެސް ގައިދީންނާ ހަވަލާދީ މުނާޒް ދޮގުކުރެއްވިއެވެ. އެގޮތުން މުނާޒް ވިދާޅުވީ ގައިދީން ކުރެން އެހުމުން އެހެން ކަންތައް ނުކުރާ ކަމަށް މައުލޫމާތު ދީފައިވާ ކަމަށެވެ. ނަމަވެސް ވަނުމުގެ ކުރިން ޕެޕަރ ސްޕްރޭ ޖެހިކަމަށް ގައިދީން ވެސް އަދި ކަރެކްޝަންސް އޮފިސަރުން ވެސް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

3

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

4

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

5

މާލޭގެ ގެއަކަށް ވަދެ ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު މައްސަލަ: ހައްޔަރު ކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދަށް!

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް