Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް 2019

މަޖިލީހުން ފާސްކޮށްފައިވާ ތިން ހުށަހެޅުމަށް ގޮތެއް ނިންމައިދިނުމަށް ޖޭއެސްސީގައި އެދިއްޖެ

20 ޖޫން 2019 | ބުރާސްފަތި 12:56

މަޖިލީހުގެ ރިޔާސަތުން ހުށަހެޅުއްވި މައްސަލަ އަށް ވަނީ ތިން ހުށަހެޅުމެއް ހުށަހަޅުއްވާފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 20 ޖޫން 2019 | ބުރާސްފަތި 12:56
ރައްޔިތުންގެ މަޖިލީހުގެ އަމިންއާންމު ފާތިމަތު ނިއުޝާ ފާތިމަތު ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ

ރައްޔިތުންގެ މަޖިލީހުގެ އަމިންއާންމު ފާތިމަތު ނިއުޝާ ފާތިމަތު ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ

ސުޕްރީމް ކޯޓާއި ގުޅޭގޮތުން މަޖިލީހުން ފާސްކޮށްފައިވާ، ތިން ހުށަހެޅުމަށް ގޮތެއް ނިންމައި ދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މަޖިލީހުގެ ރިޔާސަތުން ވަނީ މައްސަލައެއް ހުށަހަޅުއްވާފައެވެ. މަޖިލީހުގެ ރިޔާސަތުން މައްސަލައެއް ހުށަހެޅުއްވީ ސުޕްރީމް ކޯޓްއިން ނެރެފައިވާ އަމުރަކާއި ގުޅިގެންނެވެ.

Advertisement - newsAdvertisement

ސުޕްރީމް ކޯޓްއިން އަމުރެއް ނެރެފައިވަނީ ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން މަޑުޖައްސާލުމަށް، އެ ކޯޓުން ނެރުނު އަމުރާ ޚިލާފަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ނިންމާ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ބުނެއެވެ. އަދި އެ އަމުރަކީ ޤާނޫނު އަސާސީއާ ޚިލާފް އަމުރެއް ކަމަށް އަންގާރަ ދުވަހު އޮތް މަޖިލީގެ ޖަލްސާގައި ވަނީ ކަނޑައަޅާފައެވެ.

ބުދަ ދުވަހުގެ ޖަލްސާއަށް ސުޕްރީމް ކޯޓްގެ ނިންމުމާއި ގުޅިގެން މަޖިލީހުގެ ރިޔާސަތުން ހުށަހެޅުއްވި މައްސަލަ އަށް ވަނީ ތިން ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ. އަދި އެތިން ހުށަހެޅުންވެސް ވަނީ ފާސްކޮށްފައެވެ. މި ހުށަހެޅުންތައް ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ.

އާޒިމްގެ ފުރަތަމަ ހުށަހެޅުއްވުމަކީ ސުޕްރީމް ކޯޓްގެ ހުރިހާ ފަނޑިޔާރުންގެ ޝަރުތު ފުރިހަމަވޭތޯ ބެލުމަށެވެ. އާޒިމްގެ އެ ހުށަހެޅުން ފާސްކޮށްފައިވަނީ 66 މެމްބަރުންގެ ވޯޓުންނެވެ. މެމްބަރު އާޒިމް ހުށަހެޅުއްވި ދެވަނަ ހުށަހެޅުއްވުމަކީ ސުޕްރީމް ކޯޓުން މަޖިލީހާ ގުޅޭގޮތުން މިދިޔަ ހޯމަ ދުވަހާއި އަންގާރަ ދުވަހު، މަޖިލީހުގެ ބާރު ކަނޑުވާލުމަށް މަސައްކަތް ކުރި މައްސަލަ ބެލުމަށެވެ. އާޒިމްގެ އެ ހުށަހެޅުން ފާސްކޮށްފައިވަނީ 69 މެންބަރުންގެ ވޯޓުންނެވެ.އާޒިމް ހުށަހެޅުއްވި ތިންވަނަ ހުށަހެޅުމަކީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އެއްވެސް ކޮރަޕްޝަނުގެ އަމަލެއްވޭތޯ، ޖޭއެސްސީން ބަލައިދެއްވުމަށެވެ. އެ އިސްލާހު ފާސްކޮށްފައިވަނީ 69 މެމްބަރުންގެ ވޯޓުންނެވެ.

މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ, ސުޕްރީމް ކޯޓާ ގުޅޭގޮތުން ބުދަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާއިން ނިންމާފައިވާ ނިންމުންތަކާއި ގުޅޭގޮތުން ގޮތެއް ނިންމަވައިދެއްވުމަށް ޖޭއެސްސީގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފައިވާ ކަމަށެވެ. އަމީންއާންމު ވިދާޅުވީ އެ ހުށަހެޅުންތަކުގައި އަލިއަޅުވާލާފައިވާ ކަންތައް ޖޭއެސްސީގެ ސަމާލުކަމަށް، މަޖިލީހުގެ ރައީސް ގެންނަވާފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް