Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަނޑިޔާރު އަބްދުﷲ ދީދީ

ލިއުމުން ޖަވާބުދާރީވާން ދީދީއަށް 5 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އަޑުއެހުން ނިންމާލައިފި

އަޑުއެހުމެއް ބާއްވާ ތާރީޚަކާ މެދު ގޮތެއް ނިންމަވާނީ އޭގެ ފަހުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ޖޫން 2019 | ބުރާސްފަތި 08:22
ޖޭއެސްސީގެ މެމްބަރުން

ޖޭއެސްސީގެ މެމްބަރުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައިގައި ތަހުޤީޤުން ފާހަގަކޮށްފައިވާ ކަންކަމަށް ލިއުމުން ޖަވާބުދާރީވުމަށް ފަސް ދުވަހުގެ މުއްދަތެއް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ދީފިއެވެ.

ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލަތަކުގެ ތަހުޤީޤު ބުރާސްފަތި ދުވަހު ދަރުބާރުގޭގައި ކުރިއަށް ގެންގޮސްފައިވާއިރު، ފަނޑިޔާރު ދީދީގެ ފަރާތުން ވަނީ ތަހުޤީޤުގައި ހުށައަޅާފައިވާ ލިއެކިއުންތަކަށް ޖަވާބުދާރީ ވުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނެފައެވެ. އެގޮތުން އިތުރު ވަގުތު ބޭނުންވާ ކަމަށް ފަނޑިޔާރު ދީދީގެ ވަކީލުން އެދިވަޑައިގަތުމުން ލިޔުމުން ޖަވާބުދާރީވުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް ރިޔާސަތުން ވަނީ ނިންމާފައެވެ.

ފަނޑިޔާރު ދީދީގެ ޤާނޫނީ ޓީމުގެ ފަރާތުން ފުރަތަމަ އެދިވަޑައިގަތީ ޖަވާބުދާރީ ވުމަށް 1 ދުވަސް ދެއްވުމަށެވެ. އެއާއެކު ދީދީއަށް 5 ދުވަހުގެ މުއްދަތެއް ދެއްވަމުން ރިޔާސަތުން ބުނީ، މި މައްސަލައިގައި ލިއުމުން ޖަވާބުދާރީވާން ފުރުސަތު ދިނީ ވަކީލުންނަށް ފަސޭހައަކަށް ކަމަށާއި އިތުރު އަޑުއެހުމަކަށް ދާން ޖެހިއްޖެ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށެވެ. އަދި ދީދީގެ ޤާނޫނީ ޓީމަށް ލިބިފައިވާ ކަރުދާސްތަކުގައި އޮޅުންއަރާ ކަމެއް ހުރި ނަމަ ސާފު ކޮޕީ ދެއްވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލޯންޑަކުރުމުގެ ތުހުމަތުކުރެވޭ މީހުންގެ އަތުން އަބްދުﷲ ދީދީ އެކި ފަހަރުމަތިން ފައިސާ ނެންގެވި ކަމަށާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދަން އުޅުއްވި ކަމަށް ބެލެވޭ ހެކި ފުލުހުންނަށް ލިބިފައިވާ ކަމަށް ފުލުހުން ޖޭއެސްސީ އަށް ހުށައެޅި ސިޓީއެއްގައި ބުނެފައިވާއިރު، ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ސިޔާސީ ފަރާތްތަކަށް ވަކި ގޮތަކަށް ހުކުމް ކުރުމަށް "ސަސްޕެކްޓް 1" އަބްދުﷲ ދީދީ އަށް ފައިސާ ދީފައިވާކަން އެނގިފައިވާ ކަމަށާއި، އެކި ފަހަރުމަތިން ބައްދަލުކޮށް ފައިސާ ދިން ކަމަށް ފޯނުގެ މެސެޖުތަކުންނާއި ހެކި ބަހުން އެނގިފައިވާ ކަމަށް ފުލުހުންގެ ސިޓީގައި ބުނެފައި ވެއެވެ.

އޭގެ އިތުރުން، 12 ޖުލައި 2017 ވަނަ ދުވަހު އަބްދުﷲ ދީދީގެ ނަމުގައި ރަޖިސްޓަރ ކޮށްފައި އޮތް ނަންބަރަކުން "ރާއްޖޭން ބޭރަށް ދާން އުޅޭ ކަމަށާއި، ޑޮލަރުކޮޅެއް ބޭނުންފުޅުވާ" ކަމަށް ވިދާޅުވެ ސަސްޕެކްޓް 1 އަށް މެސެޖުކޮށްފައިވާ ކަމަށާއި، އެކި ފަރާތްތަކަށް ފައިސާ ދިނުމަށާއި، ފައިސާ ދޭންވީ މީހުންގެ ނަންބަރު ސަސްޕެކްޓް 1 ގެ ފޯނުން ފޮނުވާފައިވާއިރު، އޭގެ ތެރޭގައި ފަނޑިޔާރު ދީދީގެ ނަންބަރުވެސް ހިމެނޭ ކަމަށް ފޮރެންސިކް އެކްސްޓްރެކްޝަން ރިޕޯރޓުން ފާހަގަވާ ކަމަށް ފުލުހުން ބުނެއެވެ.

ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވާއިރު، މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލާފައިވާ މައްސަލާގެ ތަހުޤީޤަށް ފުލުހުން ހައްޔަރުކޮށްފަ ހުރި ސ. ހުޅުދޫ އަތިރީއާގެ މުހައްމަދު ސުއައިދު ބަންދުން ދޫކޮށްލެއްވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމުގެ ތުހުމަތުވެސް ފުލުހުން ވަނީ ކޮށްފައެވެ.

ފުލުހުން ބުނީ، އެ މައްސަލައިގެ ތަހުޤީޤަށް ފުލުހުން ހައްޔަރުކޮށްފައި ހުރި ސ. ހުޅުދޫ އަތިރީއާގޭ މުހައްމަދު ސުވެއިދާއި، ސ. މީދޫ އަބްދުﷲ ހައިޝަމް ބަންދުން ދޫކުރެވޭނެ އިންތިޒާމް ހަމަޖައްސަން މާލޭގެ ކުށުގެ މާހައުލުގައި އުޅޭ ކަމަށް ފާހަގަކުރެވިފައިވާ މީހަކު ފަނޑިޔާރު ދީދީއާ މުއާމަލާތް ކުރަމުން އައިސްފައިވާ ކަމަށާއި، ފަނޑިޔާރު ދީދީ އެ މައްސަލާގައި ހިމެނޭ ސުވެއިދު ދޫކޮށްލާފައިވަނީ އެ ދެ މީހުންގެ މައުލޫމާތު އެ މީހާ ފަނޑިޔާރާ ހިއްސާކޮށްފައި ވަނިކޮށް ކަމަށެވެ.

ލިއުމުން ޖަވާބުދާރީވުމަށް ފަނޑިޔާރު ދީދީއަށް 5 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، މިއަދު އޮތް އަޑުއެހުމުގައި ތަކުރާރުކޮށް ފުރުސަތު ދެއްވުމުން ވެސް ދީދީގެ ވަކީލުންގެ ޓީމުން ވަނީ މައްސަލަ އޮޅުން ނުފިލާ ކަމަށާއި، އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނެ އަޑުއުފުލާފައެވެ. އެގޮތުން ރިޔާސަތުން އިންޒާރު ދިނުމުންވެސް ތަހުޤީޤުގައި ހުށައަޅާފައިވާ ލިއެކިއުންތައް ސާފުނުވާ ކަމަށް ބުނެ ދީދީގެ ޓީމުން ވަނީ ތަހުޤީޤުގައި އަޑުގަދަކޮށްފައެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

އެއްމަސްދުވަހުގެ ކާޑު ގަންނާނެ ވަރުވެސް ދައުލަތުގެ ޚަޒާނާއަކު ނެތް:އަމީރު

13 މާރިޗު 2017
އެއްމަސްދުވަހުގެ ކާޑު ގަންނާނެ ވަރުވެސް ދައުލަތުގެ ޚަޒާނާއަކު ނެތް:އަމީރު
27 ފެބުރުއަރީ 2017

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ތާވަލްކުރި ޝުމްބާގެ ޝަރީޢަތް ކެންސަލް ކޮށްފި

27 ފެބުރުއަރީ 2017
އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ތާވަލްކުރި ޝުމްބާގެ ޝަރީޢަތް ކެންސަލް ކޮށްފި
26 ފެބުރުއަރީ 2017

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!

26 ފެބުރުއަރީ 2017
އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!
23 ފެބުރުއަރީ 2017

އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ

23 ފެބުރުއަރީ 2017
އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ
14 ފެބުރުއަރީ 2017

ޕީޕީއެމްގެ "ހޭވައްލާ" ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ!

14 ފެބުރުއަރީ 2017
ޕީޕީއެމްގެ "ހޭވައްލާ" ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު