Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ

އެމްއެމްޕީއާރްސީ ހިޔާނަތުގައި ހިމެނޭ މީހުންގެ އަތުން ފަނޑިޔާރު ދީދީ ފައިސާ ނެންގެވި: ފުލުހުން

20 ޖޫން 2019 | ބުރާސްފަތި 07:23

އެކަން ބަޔާންކޮށްފައިވަނީ ތަހުޤީޤުގައި ފުލުހުން ޖޭއެސްސީއަށް ހުށައެޅި ސިޓީއެއްގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ޖޫން 2019 | ބުރާސްފަތި 07:23
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ

އެމްއެމްޕީއާރްސީ ހިޔާނަތުގައި ހިމެނޭ މީހުންގެ އަތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ފައިސާ ނެންގެވި ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ބުނެފިއެވެ.

ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލަތަކެއްގެ ތަހުޤީޤު އާންމުންނަށް ހުޅުވާލައިގެން ދަރުބާރުގޭގައި ކުރިއަށްދާއިރު، ތަހުޤީޤުގައި ފުލުހުން ޖޭއެސްސީ އަށް ހުށައެޅި ސިޓީއެއްގައި ބުނެފައި ވަނީ އެއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލޯންޑަކުރުމުގެ ތުހުމަތުކުރެވޭ މީހުންގެ އަތުން އަބްދުﷲ ދީދީ އެކި ފަހަރުމަތިން ފައިސާ ނެންގެވި ކަމަށާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދަން އުޅުއްވި ކަމަށް ބެލެވޭ ހެކި އެމްއެމްޕީއާރްސީގެ ތަހުގީގުން ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެއްވެސް ހުއްދަ ސަބަބެއް ނެތި އެކިފަހަރުމަތިން ފައިސާ ހަވާލުކުރި ފަރާތްތަކުގެ ތެރޭގައި ފަނޑިޔާރު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ކަމަށް އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނަތްތެރި ވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި "ސަސްޕެކްޓް 1" ތަހުޤީޤަށް ދިން އިންޓަރވިއުއެއްގައި ބުނެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، ތަހުޤީޤުން ފާހަގަވި ކަންކަމުގެ ތެރޭގައި ސަސްޕެކްޓް 1 ގެ ކާރުގައި އެކި ފަހަރުމަތިން ފަނޑިޔާރު އަބްދުﷲ ދީދީ ބައްދަލުކުރައްވާފައިވާ ކަމަށާއި، އޭނާގެ އިރުޝާދަށް ފަނޑިޔާރު އަބްދުﷲ ދީދީއަށް ދިވެހި ފައިސާއާއި ޑޮލަރު ޖަމާކޮށްފައިވާ ކަމަށް "ވިޓްނަސް 1"ގެ ބަޔާނުން އެނގޭ ކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާގެ 2 ފޯނުގައި ހުރި އެ މުއާމަލާތްތަކުގެ ތަފްސީލީ މައުލޫމާތު ފުލުހުންނާ ވަނީ ހިއްސާކޮށްފައެވެ. އެއަށްފަހު ފުލުހުންގެ ފޮރެންސިކް ތަހުލީލުން މުއާމަލާތްތަކާ ގުޅޭ ތަފްސީލުތައް އެކްސްޓްރެކްޓް ކުރެވިފައިވާ ކަމަށާއި، އެގޮތުން ވިޓްނަސް 1 ގެ އެ މެސެޖްތައް ސަސްޕެކްޓް 1 އަށް ރިސީވް ވެފައިވާ ކަން ފުލުހުންނަށް އެނގިފައިވާ ކަމަށް ފުލުހުންގެ ސިޓީގައި ބުނެފައި ވެއެވެ.

އޭގެ އިތުރުން، ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ސިޔާސީ ފަރާތްތަކަށް ވަކި ގޮތަކަށް ހުކުމް ކުރުމަށް "ސަސްޕެކްޓް 1" އަބްދުﷲ ދީދީ އަށް ފައިސާ ދީފައިވާކަން އެނގިފައިވާ ކަމަށާއި، އެކި ފަހަރުމަތިން ބައްދަލުކޮށް ފައިސާ ދިން ކަމަށް ފޯނުގެ މެސެޖުތަކުންނާއި ހެކި ބަހުން އެނގިފައިވާ ކަމަށް ފުލުހުންގެ ސިޓީގައި ބުނެފައި ވެއެވެ.

އޭގެ އިތުރުން، "ރާއްޖެއިން ބޭރަށް ދާން އުޅޭ ކަމަށާއި، ޑޮލަރުކޮޅެއް ބޭނުންވާ" ކަމަށް ވިދާޅުވެ އަބްދުﷲ ދީދީގެ ނަމުގައި ރަޖިސްޓަރ ކޮށްފައި އޮތް ނަންބަރަކުން 12 ޖުލައި 2017 ވަނަ ދުވަހު "ސަސްޕެކްޓް 1" އަށް މެސެޖުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެކި ފަރާތްތަކަށް ފައިސާ ދިނުމަށާއި، ދޭންވާ ފައިސާގެ އަދަދާއި ފައިސާ ދޭންވީ މީހުންގެ ނަންބަރު "ސަސްޕެކްޓް 1" ގެ ފޯނުން ފޮނުވާފައިވާއިރު، އޭގެ ތެރޭގައި ފަނޑިޔާރު ދީދީގެ ނަންބަރު ވެސް ހިމެނޭ ކަމަށް ފޮރެންސިކް އެކްސްޓްރެކްޝަން ރިޕޯރޓުން ފާހަގަވާ ކަމަށް ފުލުހުން ބުނެއެވެ.

އެންމެ ހިނގާ

1

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ
06 ފެބުރުއަރީ 2017

އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި

06 ފެބުރުއަރީ 2017
އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި
01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް