Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުހީ

ސުޕްރީމް ކޯޓުގެ ފަސް ފަޑިޔާރުންގެ ބެންޗާ އެކު އަދުލްއިންސާފު ގާއިމްނުކުރޭވެނެ: މެމްބަރު ނިޔާޒު

20 ޖޫން 2019 | ބުރާސްފަތި 03:11

ރައްޔިތުން ސްޕްރިމްކޯޓަށް އިތުބާރު ނުކުރޭ

އަމްނާ އިމާދު
އަމްނާ އިމާދު | 20 ޖޫން 2019 | ބުރާސްފަތި 03:11
ރައްޔިތުން މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު

ރައްޔިތުން މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު

ސުޕްރީމް ކޯޓުގެ ފަސް ފަޑިޔާރުންގެ ބެންޗާ އެކު އަދުލްއިންސާފު ގާއިމްނުކުރޭވެނެ ކަމަށް އެމްޑީޕީގެ ޑެފިއުޓީ ޗެއަރޕާސަން އަދި ރައްޔިތުން މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި މެމްބަރު ނިޔާޒު ވިދާޅުވީ މިސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ފަޑިޔާރުގެ އިސްލާހުކޮށް ރައްޔިތުންނަށް އަދުލްއިންސާފު ގާއިމްކޮށްދިނުން ކަމަށެވެ. ނަމެވެސް މިއަދު ރާއްޖޭގެ ރައްޔިތުން ސްޕްރިމްކޯޓަށް އިތުބާރު ނުކުރާ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ނިޔާޒު ވިދާޅުވީ ފަޑިޔާރުގެ އިސްލާހުކުރުން ސްޕްރީމް ކޯޓުގެ މި ވަގުތު އޮތް ބެންޗާ އެކު އަދުލްއިންސާފު ގާއިމް ނުވާނެކަން ރައްޔިތުންގެ ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށެވެ.

ސަރުކާރުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ދެފުށް ފެންނަ ގޮތަށް ކަން ފާހަގަކުރައްވައި ނިޔާޒު ވިދާޅުވީ ފަހު ބަސް ބުނާނީ ރައްޔިތުން ކަމަށާއި، ދައުލަތުގައި ހިނގަނީ ގާނޫނުގެ ވެރިކަން ކަމަށެވެ. އަދި ގާނޫނުތަކުގަ ބުނެފައި ހުރީ، ހުރިހާ އެންމެން ވެސް ކަންކުރަންވީ ގޮތް ކަމަށާއި، އެއް ބަޔަކު އަނެއް ބައެއްގެ މައްޗަށް ނުފޫޒު ފޯރުވާ، ބާރު ފޯރުވުމަކީ ގާނޫނު އަސާސީ ބުނާ ގޮތުން ކުށެއް ކަމަށް ނިޔާޒު ވިދާޅުވިއެވެ.

އިސްލާހަށް ކުރާ މަސައްކަތްތަކުގައި ސްޕްރީމް ކޯޓުން ރައްޔިތުން މަޖިލިސްގެ ބާރުތައް ހަނިކުރުމަށް އަދި ކޮމެޓީތަކުގެ މަސައްކަތްތަކަށް އަރައިގަތުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި، އެކަމަށް އަޅަންޖެހުނު ފިޔަވަޅެއް އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލްތަކަށް އިޝާރަތް ކުރައްވާ ނިޔާޒު ވިދާޅުވީ ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ލިބިގެންދާއިރު ކައުންސިލްތައް ވެސް މަސައްކަތް ކުރަންޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

ނިޔާޒު ވިދާޅުވީ ކައުންސިލްތައް ޖަވާބުދާރީ ކުރުވުމަށް ވަކިކަން ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން މާލީ ހިސާބުތައް ގަވާއިދުން ބެލެހެއްޓުމާއި، އަހަރަކު އެއްފަހަރު އޮޑިޓްކޮށް އޮޑިޓް ހިސާބުތައް އާންމުކުރަން ޖެހޭ އުސޫލު ވެސް ހިމެނޭނެ ކަމަށެވެ. އަދި ރަށު ކައުންސިލެއް ޖަވާބުދާރީ ކުރުވުމަށް އެ މެންޑޭޓް އަތޮޅު ކައުންސިލަށް އޮންނާނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ކޮންޕޮޒިޝަންއަކީ ރަނގަޅު ކޮންޕޮޒިޝަނެއް ނޫން ކަމަށެވެ. އަދި އެއް ގޮތަކީ ލޯކަލް ގަވަރމެންޓް އޮތޯރިޓީ ނެތުން ނުވަތަ ކޮންޕޮޒިޝަން ބަދަލުވެގެންދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް